ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.
30 މެއި 2019 - 23:19
ރައްޔިތުންގެ މަޖިލީސް މިހާރަށް ވުރެން ހިންގުންތެރި ތަނަކަށް ހެދުމަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ފަށައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހެދި ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިރޭ ވިދާޅުވީ ގަވާއިދަށް އާއްމުން ބޭނުންވާ ހިޔާލުތައް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ. އެ ފުރުސަތު ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާތަކަށް ވެސް އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
Rayyithun ge Majlis ge gawaaidhu islaahu kurumuge masakkaiy mihaaru vanee feshifa. Ammu rayyithun ge khiyaalu husha elhumuge furusathu 10 june ge niyalah vanee hulhuvaalevifa. Siyaasee party thakah ves NGO thakah ves khiyaalu husha elheyne
— Ibrahim Shareef (@AdduShareef) May 30, 2019
ޝަރީފް ކުރެއްވި ޓުވީޓް.
މަޖިލިސް ހިންގަން އާ ގަވާއިދެއް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެމްބަރުންގެ މައްޗަށް އެކުލަވާލި ވަގުތީ ކޮމިޓީގައި 11 މެމްބަރުން ތިއްބަވަ އެވެ.
އެ ކޮމިޓީން ގަވާއިދަށް އެންމެ ފުރަތަމަ ގަވާއިދަށް ގެނައި އިސްލާހަކީ ބަހުސްކުރުމުގެ ވަގުތު ހަތަރު ގަޑިއިރަށް އިތުރު ކުރުމެވެ.
ގަވައިދުގައިި ކުރިން އޮންނަ ގޮތުން މަޖިލިހަށް ހުށަހަޅާ ގަރާރުތަކާއި ބިލްތަކަށް ބަހުސް ކުރަން މެމްބަރުންނަށް ލިބިވަޑައިގަންނަވަނީ ތިން ގަޑިއިރެވެ. އަދި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަންނަވަނީ ޕާޓީތަކަށް މެމްބަރުން ތަމްސީލް ކުރައްވާ ނިސްބަތަކަށް ބަލައިފަ އެވެ.
ކޮމިޓީން މިއަދު ނިންމާފައި ވަނީ މަޖިލިސް ކުރާ މާލަމުގައި ކުރިއަށް ގެންދާ ބަހުސްތަކަށް ހަތަރު ގަޑިއިރު ދިނުމަށެވެ. އެހެންކަމުން ކޮންމެ މެމްބަރަކަށް ދެ މިނިޓެއްހާ އިރު، ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވަ އެވެ. އަދި ބާކީ އެއް ގަޑިއިރު، ސިޔާސީ ހަ ޕާޓީގެ މެދުގައި ބަހާލަން ވަނީ ކޮމިޓީން ނިންމައިފަ އެވެ.
އެހެންކަމުން ކޮންމެ ޕާޓީއަކަށް 10 މިނިޓު ބަހުސް ކުރަން ލިބޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައ މިހާރު އަމަލުކުރަމުން އަންނަ ބައެއް ކަންކަމަށް އިސްލާހު ގެނައުމަށް ގަވާއިދު އަލުން އެކުލަވާލަން ޖެހޭ ކަން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ފާހަގަކުރައްވައިފަ އެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާ ކޮމެޓީގައި ޝަރީފްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އުމަރާއި ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާއި ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިނާއި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމާއި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބާއި ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖްގެ އިތުރުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަފޫރު މުސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯމަނޯ
04 June 2019
މަޖުލިސް ޖަލްސާ ތަކަަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރަ އާއި އަދި އިނާޔަށް ކެނޑުން. ޖަލްސާ އިން ބޭރަށް ނިކުންނަވާ އިރު މަޖުލިހުގެ ރައީސް އަށް އެނގިގެން ބޭރަށް ދިއުން. ޓީވީން ދުރަށް ލައިވް ކޮށް ދައްކާ ޖަލްސާ އެއްގަ މެމްބަރުން ގެ އަޙްލާގީ ފެންވަރު އަދި ބަސް މަގު ދެމެހެއްޓުން.
ބޮޑުމީހާ
01 June 2019
ހަފްތާއަކު 3 ދުވަސް ޖަލްސާ އަނެއް 2 ދުވަސް ކޮމިޓީ ބައްދަލުވުން. މަޖްލީހަށް ހާޒިރުނުވާނަމަ މުސާރައިން ކަޑަންވީ. ކޮމިޓީ އެލަވަންސް ކަޑަންވީ. ޕާޓީ ބަދަލުކުރާނަމަ ނުވަތަ ދާއިރާގެ 2000 މީހުންގެ ސޮޔާއިއެކު ހުށަހެޅީމަ ބައިއިލެކްޝަން ބޭއްވުން. ޗުއްޓީ އަހަރަކު 2 މަސް. ބޭސްފަރުވާ އާސަންދައިން. ދުންފަތުގެ އިސްތިއުމާލުކުރުން މަޖްލިސް ގޯތިތެރޭގައި މަނާކުރަންވީ
ސިލޭ
31 May 2019
ބައެއް މެމްބަރުން ދުވަސްތަކެއްވީމަ އަމަލުތައް ބަހައްޓާގޮތުން ރައްޔިތުން ނުރުހޭނަމަ ދައުރުގެ މެދުތެރެއިން ނަަމަވެސް އެމެމްބަރަށް އެދާއިރާގެ މީހުންގެ އިތުބާރު އޮތްވަރު ބެލުމަށްޓަކައި ދާއިރާގެ ރައްޔިތުން ޝަކުވާ ހުށަހެޅޭނެ ގޮތެއް ހަމަޖައްސައި އެމެމްބަރެއްގެ އަމަލުތައް މާ ހައްދުންނައްޓާނަމަ ދާއިރާގެ ވޯޓެއް މެދުތެރެއިން ނަގައިގެން ނަމވެސް މެމްބަރުކަމުން ވަކިކުރެވޭނެ ގޮތެއް އޮންނަންޖހޭ. ހިތުހުރި އެއްޗެއް މަޖްލިހުގައި ކިއީމަވެސް އިއްޒަތްތެރިވެފަ އޮންނނީ
ތެދުވެރިޔާ
31 May 2019
މަޖިލީހު ގަވައިދައް ނޫސްވެރިން ވާނެ ކޮމަންޓްތައް ހުށައަޅަން އެގޮތުން މަޖިލިސް މެންބަރުން މުސާރަޔަކީ 30.000 ރުފިޔާ ކަމައް ކަނޑައަޅާ ހާޒިރު ނުވާދުވަހައް މުސާރައިން އުނިކޮއް ބަލިނަމަ ސިކުލީވް ގެނެސް ޕާޓީ ބަދަލުކުރާނަމަ ގޮނޑިގެއްލެން ޖެހޭނެ ޗުއްޓީމަހު ބޮޑެތި ކަންތައް ރާވަން ޖެހޭނީ މިސާލަކައް އަނބިމީހާ ދައްކަން ބޭރައްދިޔުންކަލަހަ މީގެ ކުރިން ނާޖާއިޒްފައިދާ ނަގާ ހިޔާނާތުގެ އިދާރާއެއްތީ މިކަން މިބުނި ގޮތައް ބަލަދުކުރަންޖެހޭ ރައްޔިތެއް މަށަކީވެސް
ޕްރޮމޯޓްކުރަންވީއޭ
31 May 2019
މަޖްލީހުގެ ގަވާއިދަށް ގެންނަ ބަދަލުގައި އެބަޖެހޭ މަޖްލީހުގެ އިދާރާގެ ތަރައްގީ އާއި ކުރިއެރުމަށް ޓަކައި ރާއްޖެއިންނާއި އަދި ރާއްޖޭން ބޭރުން ފަންޑް ހޯދަން މަޖްލީހުގެ މެމްބަރުން ހިމެނޭ ކޮމެޓީ އެއް އެކުލަވާލަން އެގޮތުން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މަޖްލީހުގެ އިދާރާ ބަލަހައްޓާ ކޮމެޓީ އެއް އުފައްދާ އެކޮމެޓީގެ މުގަައްރިރަކަށް މަޖްލީހުގެ ރައީސް އޮޓޮމެޓިކް އިން ވާ ގޮތް ހަދާ އަދި މަޖްލީހުން ސްކޫލް ތަކުގައި ވެސް މަޖްލީހުގެ މަސައްކަތް ދާ ގޮތް
ރައްޔިތު މީހާގެ ބަސް
31 May 2019
މެމްބަރުންގެ މުސާރަ ކުޑަކޮށް، މެންބަރަކު ރިޝްވަރުގައި ޖެހިއްޖެކަން ސާބިތުވާ ހިސާބުން ގޮނޑިގެއްލުން، މަޖްލީހްގެ ޖަލްސާތަކަށް ހަޟިރުނުވާ މެމްބަރުންގެ މުސާރައިން ކެނޑުން، މަދުވެގެން މަހަކު އެއްފަހަރު އެދާއިރާއެއްގެ ރައްޔިތުންނަށް ޒިޔާރަަށްކޮށް ދާއިރާގެ ރައްޔިތުންގެ އަޑު އެހުމަށްފަހު އެކަން މަޖްލީހްގައި ހާމަކުރަން ޖެހޭނެކަމަށް ޤަވައިދުގައި ހިމެނުން، އަދި މިގޮތަށް ޢަމަލު ނުކުރާ މެމްބަރުންނާއި މެދު ފިޔަވަޅުު އެޅޭނެ ގޮތަށް ޤަވައިދު އިސްލާޙް ކުރުން
ޟެމބރރ
31 May 2019
މެމްބަރުންގެމުސާރަ 65،000ރ އަށް ކުޑަކުރަން އަޅުގަނޑު ހުށަހަޅަން...
ބަޔަކަށްހަދާށޭ
31 May 2019
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހިޔާލަށް ހުޅުވާލައިފި ނަމަ މަޖްލީސް ވެސް އެބަޖެހޭ ސަރުކާރުގެ އޮފީސް ތައް ހުޅުވޭ ގަޑީގައި ހުޅުވަން އަދި މަޖްލީހުގެ މެމްބަރުންގެ ތެރޭން މަޖްލީހަށް ހާޒިރު ނުވާ މެމްބަރުންނަށް ހާޒިރު ނުވާ ދުވަސް ތަކަށް މުސާރަ ކެނޑޭ ގޮތަށް ހަމަ ޖައްސަން އެބަޖެހޭ ބަލިވެގެން ނަމަވެސް މަޖްލީހަށް ހާޒިރު ނުވާނަމަ ނުޖެހޭނެއޭ މަޖްލީހުގެ މެމްބަރުންނަށް މުސާރަ ދޭން މަޖްލީހުގެ މެމްބަރުންނަކީ އެއީ މެޝިންސް ތަކެއް ގޮތަށް މަސައްކަތް ކުރާ
ސަކީނާ
31 May 2019
ރައްޔިތުން އިންތިޙާބުކުރި ޕާޓީނޫން އެހެން ޕާޓީއަކަށް ބަދަލުވާނަމަ ފިޔަވަޅުއެޅުން
ރައްޔިތުމީހާ
31 May 2019
މަޖިލީހުގައި ބުނާ އެއްޗަކާމެދު ފިޔަވަޅު ނޭޅިނަމަވެސް، މެމްބަރުން ގަޔަށް ކޯދޮވެލުންފަދަ ކަންކަމާމެދު ފިޔަވަޅު އެޅޭނެ އުސޫލެއް ހަދަންޖެހޭ. ދެން އިއްޒަތްތެރި މެމްބަރު ކިއުން ހުއްޓާލަން ވެއްޖެއެއްނުދޯ.
ގުޅިގެން
31 May 2019
ކޯދޮވެވެން ޖާގަ ލިބުނީ އެ މެމްބަރުވެސް އަނެއް މެމްބަރުގެ މޭޒުކުރިމައްޗަށް އަރާ ހުރެ ކޯދޮވެވޭކަހަލަ އެއްޗެހި ކިއީމަ ކަމަށްވާތީ އެގޮތަށް އެހެން މެމްބަރުންނަށް ފުރައްސާރަކުރުމުގެ ގޮތުން ގޮސް އެހެން މެމްބަރުންގެ މޭޒުދޮށަށް ގޮސް ހުރެ އެއްޗެހި ކިއުމަކީވެސް ބަލައިގަނެވޭ ކަމަކަށްވެގެންނުވާނެ. އަދި މަޑުންތިބޭ އެހެން މެމްބަރުންގެ މޭޒުދޮށަށް ގޮސް ބައެއް އަންހެން ކަނބަލުން އެއްޗެހި ކިޔައި ހަދައި އުޅުނު ގޮތަށް އުޅެވިގެންނުވާނެ.