މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައި---
31 މެއި 2019 - 00:37
ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލ. މާމެންދޫގައި ފެންބޮޑުވެ 200 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ރަށުން ކަރަންޓު ވެސް ކަނޑާލަން ޖެހިއްޖެ އެވެ.
ކައުންސިލްގެ ރައީސް އަބްދުލްމުހުސިން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ މާމެންދޫގައި އެއްކޮށް ފެންބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 200 އެއްހާ ގެއަށް ފެން ވަދެފައިވާއިރު އޭގެތެރެއިން 50 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"ފަރުނީޗަރުތައް ހަލާކުވެ އެގޭގޭގައި ދިރިނޫޅެވޭވަރު ވަނީ ވެފައި،" މުހުސިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ އާންމު ހާލަތު ގޯސް ކަމަށާއި މިހާރު ކަރަންޓު ވެސް ނެތް ކަމަށެވެ. އެހެންވެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް ވިދާޅުވި އެވެ.
L.Maamendhoo gai fen boduvegen rashuge’ gina geygeah fen vadhefaivaa kamah mauloomath libifaivey adhi karantu ves kendifai vaakamah. Namaves Fuluhunnaai Council aai rayyithunnaai, ehen muassasaa thakaai adhi sifain ves gulhigen rashun fen hindhumuge masakkaiy adhives kuriah dhany pic.twitter.com/T0w4FL8SlH
— Maldives Police (@PoliceMv) May 30, 2019
ލ. މާމެންދޫގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުން މިރޭ ކުރި ޓުވީޓު
ބޮޑެތި ގެއްލުންތައް ލިބުނު ގެތަކުގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މުހްސިން ވިދާޅުވީ ކަރަންޓް ކަނޑާލަން ޖެހުނީ ފެންބޮޑުވެ އިންޖީނު ގެޔަށް ފެން ވަނުމުން މިރޭ 8:30 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އަލުން ކަރަންޓް ދެވޭނެ އިރެއް ބުނަން ނޭނގޭ ކަމަށެވެ.
އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މުހުސިން ވިދާޅުވި އެވެ.
މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން 8:30 ވީ އިރު ވެސް މާމެންދު އަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އޭރު ވަނީ މުޅި ރަށުގައި ފެން ބޮޑުވެފަ އެވެ.
ލ. އަތޮޅުގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ވެސް ފެންބޮޑުވެ އެތައް ގެޔަކަށް ވަނީ ފެންވަދެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިޔަމް
31 May 2019
ޢެންމެ އިންސާނަކު ކުރާ ފާފައަކުން އެންމެންނަށް އަޒާބު އާދޭ. ތައުބާވުން ހައްލަކީ
އާ ހަމަ
31 May 2019
ރައްޔިތުން ޙާލުގައި ޖެހިގެން އުޅޭއިރު ރައިސާ ނައިބު ރައީސުގެ ޓުވީޓު ( ތަވީދެއް ) ނުފެނޭ ވަޒީރުންވެސް ހަމަ އެފަދަ ރައްޔިތުން ހާލުގަ ޖެހުމަށްވުރެ ބޮޑު ކަމެއް ގައުމުގަ ހިނގާނެބާ؟ އެކަމަކު މިފަދަ ކަންތަކަށް ބަދަލެއް ނާދޭ ނިމި ދިޔަ އަނިޔާ ވެރިކަމުގައިވެސް ހަމަ އެގޮތް
ހައްވާފުޅު
31 May 2019
ތިއީ ޑްރަގު ހާއްޔެއް.. ބަލަބަލަ ހުއްޓާ ފެތުރިގެން ދިޔަ ރަށެއް..ޕޮލިސްޓޭޝަނެއް ވެސް ހުންނާނެ އެވެ.އެކަމަކު ޕޮލިހުން އުޅޭނީ ބަޔަކު ވެލަޔެއް ހިފާތޯ ބަލަން. އެއީ ވަރަށް ބޮޑު ކުށެކޯ؟ އެކަމަކު ޕޮލިހުން އެއްމެ ގިނައިން ވެލާ މަސް ކަނީ ވެސް..
ހަސަން ނުވަވަނަ
31 May 2019
ކޮބާތަ މާ އެހިވާ ހިތުން ލޮލަށް ނިދި ނައިސްގެން އުޅޭ ހެލޮކޮޕްޓަރު ދުއްވާ މީހުން. އޭގަ އެލުވައިގެން ގެންގޮސްބަލަ ހާލުގަ ޖެހިފަ ތިބީ މީހުން އުއްތަރ ޕްރަދޭޝަށާ ދެންވެސް ޖެހުން ޕްރަދޭޝްއަކަށް.
ހަސަން ނުވަވަނަ
31 May 2019
ކޮބާ ދޮންރިހަ ޕާޓީ އެކްޓިވިސްޓުން ނެތްތަ ކަލޭމެންގެ ވެރިކަމުގެ ހިނގާ މިކަހަލަ ކަންތައްތަކާ ބެހޭގޮތުން ޖަހާލާނެ ސްޓެޓިސްޓިކްސްއެއް.
ހަސަން ނުވަވަނަ
31 May 2019
ޖަޒީރާވަންތަ ދިރިއުޅުމަކީ ތިޔައޭ ކޮޔާމެންނޭ.. ކޮބާތަ ފުޅިބައްތި ބިގަރު ފާނުޒު. ރޯކުރޭ ރޯކުރޭ. ޗިޗަންޑާ19 ސަޅިވާނެ.
ނެޑް
31 May 2019
ތިޔަ ހުރިހައި ގެއްލުމެއްވެ އަދި އިންޖީނުގޭން ކަރަންޓު ކަނޑާލަން ޖެހުނީ ރަށުތެރޭ ކިހައި އުސްމިނަކަށް ފެން ބޮޑުވެގެން؟ މައުލޫމާތަށްޓަކައި އަހާލީ.
ކޮރަލް
31 May 2019
ސާވޭ ކޮށް ރިޕޯޓެއް ހަދާ ކުރިއަށް އޮތް އަހަރަށް ކަންކަން ރަނގަޅު ކުރަން ވީއެވެ.
ެއިބޫ
31 May 2019
ދެންބުނޭ ޔާމީން ވެރިކަމުން ފައިބާގެން ދިޔައީ ހުރިހާ ރައްތަކެއްގައި ފެންބޮޑުވާގޮތް ހަދާފައޭ. މިހާރު ސެލްފީ ކޮމިޝަން އެންޑް ކޮމެޓީ ސަރުކާރުން މިކަން ބަލަމުން ދަމޭވެސް ބުނެ ހޫނު ނޫސް ބަޔާނެއް ނެރެލާ. އޭރުން ތިކަން އޮންނާނީ ހައްލުވެފަ.
ސަންފަ
31 May 2019
މިކަމާ ޔާމީނާ ގުޅުވޭނެ ގޮތެއް ހޯދައިގެން ގުޅުވާލެވިއްޖެއްޔާ މޮޅު ސަރުކާރަކަށްވާނީ..
އަލީ!
31 May 2019
މާމެންދޫއަށް ބޯކޮށް ވާރެވެހުމަކީ ސަރުކާރުގެ މައްސަލައެއްތަ؟
އެހެންނު
31 May 2019
ކުރީގަ ރަށްރަށުގަ ފެންބޮޑުވެގެން ދިމާވާ ހުރިހާ މައްސަލައަކީ އެއިރެއްގަ އޮންނަ ސަރުކާރެއްގެ ނާގާބިލްކަމުންވާ ކަންކަންވީމަ ދެން ހިސާބު ހަދާލާ...