ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ކުރަން ސަރުކާރުން ގެނައި ސައުތު އެފްރިކާގެ ތަޖުރިބާކާރު ޔޮހާން (ކ) އާއި ބަންޑާރަ ނައިބު ރިފްއަތު ބައްދަލުކުރައްވަނީ.---ފޮޓޯ: އޭޖީ އޮފީސް
02 ޖޫން 2019 - 18:07
ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާއާ ގުޅޭ ދިރާސާ ހެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ރާއްޖެ ގެނެސްފައިވާ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ބިރު ދައްކާފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ގެނައި ޔޮހާން ރޭ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި، ޝަރުއީ ދާއިރާގެ ހާލަތު ހުރި ގޮތާއި އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ކަންކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދިން ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކާ މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ކްރީގްލާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމާއި ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން ރަނގަޅު ވާނީ މަގާމު ދޫކޮށްލެއްވުން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެ އެވެ.
"ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެ އަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި،" ކްރީގްލާ އިންޒާރުތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ވެ އެވެ.
Sharuee dhaairaage dhiraasaa hedhumah beyryge fandiyaareh
The most trusted news source in the Maldives
Mihaaru
ޔޮހާން ރާއްޖެ ވަޑައިގަތުން---
ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާކޮށް، ކްރީގްލާ އެކުލަވައިލައްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރެކޮމެންޑް ކުރައްވާ ނެކަމަށް ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނިގޮތުގައި، ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާން ޖެހޭނީ ޕްރޮފެޝަނަލް ކަމާއި މިނިވަންކަމާ އެކު، ފަންނީ ލަފާދިނުމެވެ. ނަމަވެސް ކްރީގްލާގެ އަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެގޮތުން، އޭނާގެ ވާހަކަތައް ހުރީ ޝަރުއީ ދާއިރާއާ މެދު ނަފްރަތާއި ތައައްސުބުން ފުރިގެން ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.
Press Release of the Supreme Court (02 June 2019)
— Maldives Judiciary (@judiciarymv) June 2, 2019
ReadMore: https://t.co/lVZHPjIWsB
ސުޕްރީމް ކޯޓުގެ ނޫސްބަޔާން
"އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުއީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ޝަރުއީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ހަގީގަތްތައް ވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް ކުރިއްސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭ،" ސުޕްރީމް ކޯޓުން ބުންޏެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުން ބުނީ، ބައިނަލްއަގުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނަމަވެސް، ފަނޑިޔާރުގެ އަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާއަކަށް ވިޔަސް ބިރު ދައްކައި އިންޒާރު ދިނުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ.
"ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެ އަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި،" ސުޕްރީމް ކޯޓު
އަދި ބުނީ، ގާނޫނުއަސާސީން މިނިވަން ކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި، އެއިރެއްގެ ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ސަގާފަތެއް ރާއްޖޭގައި އުފެދިގެން ދިއުމަކީ، ގާނޫނުގެ ހުކުމް ނަގަހައްޓައި، މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުން ޝަރުއީ ދާއިރާއާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޝަރުއީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސުޕްރީމް ކޯޓު އިސްވެ މަސައްކަތްތަކެއް ފަށާފައިވަނިކޮށް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް 65 މެމްބަރުންނާ އެކު އެމްޑީޕީ އަށް ލިބިފައިވާއިރު ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ
04 June 2019
މިމީހާ ފޮނުވަންވީ މައްކާޔަށް
ސަލީމާ
03 June 2019
ތިޔަ ބޮޑު އަޤްލަބިޔަތުގައި މަގޭ ވޯޓްވެސް އިންނާނެ. ބޭރުކުރާނެ މީހުންބޭރުވެސް ކުރަންވީ. އިސްލާހުވެސް ކުރަންވީ. އެކަމަކު ހަބަރުދާރު ހީނުކުރާތި ފަރަންޖީން ގެނެސް އިންޒާރު ދެވޭނެ ކަމަށް. މީއަހަރުމެންގެ ޤައުމު އިސްލާހުވެސް ކުރާނީ އަހަރުމެން. 65 ހަވާލު ކޮށްފަ ތިއޮތީ ފަރަންޖީން ގެނެސް އަހަރުމެނަށް ބަވާކަށް ނޫން
ހެޕީ ޑޯން
03 June 2019
ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ޙުކުމް ކުރަން ކެރޭނެތަ؟ ސިންޕަތީ ހޯދުމުގެ ބޭނުމެއް ނެތް
ބޯވަ
03 June 2019
ތިޔަ ކޯޓުން ދިން އިންޒާރުތައް މަދީތޯ؟؟ ހާދަ ބިރަކުން ނޭ ތި އުޅުއްވަނީ! ސައިޒަށް ކަނޑާލަން ކޮންމެހެންވެސް ވެއްޖެއެވެ. މި ވޭތުވެ ދިޔަ ތަނުގައި އަތް ނުބާނާ އެއްކަމެއް މި ގައުމުގައި ނުހިގައެވެ.
20000
03 June 2019
އަންނި ބޭނުންވަނީ ޒާތީ ގޮތުން އޭނާ ފަޑިޔާރުގެއާ ދިމާ ކުރުން އަބަދުވެސް. އެއީ އޭނާ އުޅޭ ގޮތަށް އަދަބު ދެނީ ފަނޑިޔާރުގެއިން. އަޅުގަޑުމެންނަކަށް އަދަބެއް ނުދޭ. ފަޑިޔަރުގެއަކުން
ޖޫޑީ
03 June 2019
މިހާރު އެގިއްޖެ މިސަރުކާރުން ޖޫޑިސަރީ އިސްލާހު ކުރަންބޭނުންނުވާކަން. ޢެއީ ޝަރީއަތްްކުރަންގެނާމީހާ ބަޔާންނުނަގާ އޮގަސްޓްގަ ކުރަން ހަވާލުކުރި ހުކުމެއް ( ރިޕޯރޓް ހުށަހެޅުން އޮގަސްޓްގަ ) އެކަމު މިއަދު ހުކުމްކޮށް މައްސަލަނިންމީމަ ތި ގްރޭގުގެ ހުރިފެންވަރު އެގިގެން ހިގައްޖެ. މީނާ ރާއްޖެއިން ބޭރުކޮށްލަންޖެހޭ. އޭޖީ އަކީވެސް އެފެންވަރު ހުރި މީހެއްކަމަށް ނުފެނޭ . ފުރަތަމަ އިސްލާހު ކުރަންވީ އޭޖީ.
އައިސް
03 June 2019
އަހަރެމެން މުސްލިމުން އަތުން ވޯޓްހޯދައިގެން ފަނޑިޔާރުގެ އިސްލާޙްކުރަން މުސްލިމް ރަނގަޅުފަނޑިޔާރަކު ނުގެނެވުނީ ކީއްވެހޭ! ޕޯޗްގީޒުންގެދުވަސްވަރު މިގައުމަށް ދައްކަންގެނައިމީހެއްތަމީ
ހޮނޑައިދޫ ބޮޑުދައިތަ
03 June 2019
ކޮއްކޮމެންނޭ ކޯޓުތައް ބަހައްޓާފައި ގޮސްމަޖިލިސް ބަލައިބަލަ އެތާގެ ރައީސްއަށާއި ނައިބަށް އެތާގައި ކިޔަވައިގެން ތިބި ރަނގަޅު މީހުންތިއްބައި ކޮއްކޮޔާ ބޭބެލައިގެން ދެން ޗަކޮއެމެން ޗަކިޔަނީ ކީޔަކޭ! ފާޑުފާޑުގެމީހުން ގެނެސް ގައުމަށް ބިރުދެއްކީމައި ކަމަކުނުދާނެ
ތާރީހުބޭ
03 June 2019
ސްޕްރީމް ކޯޓް ރީނދޫ ކުލަ ގައްސަލީމަ ޑިމޮކުރެޓިކްވާނެ
ޒިލް
03 June 2019
އިސްލާމީ ގައުމެއްގެ ޖުޑިޝަރީ އިސްލާހްކުރަން އިސްލާމީ މަޝްހޫރު ގާނޫނީ ދާއިރާގެ ބޭފުޅެއް މާ ރަގަޅުވާނެ. ޖުޑިޝަރީ އިސްލާހްކުރަން ދޮން މީހުން ގެނައިމާ ހަނދާންވަނީ ރައީސް ނަޝީދުގެ ބަސްތަކެވެ. ދޮން މީހުން އުޅޭ ގޮތަށް....