ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދިއްދޫގައި އަޅާފައިވާ ފްލެޓްތައް---
10 ޖޫން 2019 - 20:43
ހއ. ދިއްދޫގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތައް ދޭނެ މީހުން ކަނޑައަޅައި އެ ރަށު ކައުންސިލުން އިއްޔެ ކުރި އިއުލާނަށް އަމަލުކުރުން މަޑުޖައްސާލުމަށް އޭސީސީން މިއަދު އަންގައިފި އެވެ.
ދިއްދޫގައި އަޅާފައިވާ 250 ފްލެޓްގެ ތެރެއިން 135 ފްލެޓް ކުރީ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. އަދި އިތުރު 110 ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވެ އެވެ. ނަމަވެސް މިސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް އަލުން މާކްސް ދީފަ އެވެ.
އެގޮތުން ދިއްދޫ ކައުންސިލުން އިއްޔެ ވަނީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފަ އެވެ. އެ ލިސްޓުގައި ކުރީ ސަރުކާރުން އިއުލާން ކުރިއިރު ފްލެޓް ލިބުނު ކަމަށް އޮތް ބައެއް މީހުންނަށް ނުލިބެ އެވެ. އަދި އޭރު ނުލިބުނު ބައެއް މީހުންނަށް އިއްޔެ އާއްމުކުރި ލިސްޓުގައި ފްލެޓް ލިބެ އެވެ.
އެ ފްލެޓްތަކަށް އެދި 389 މީހުން ފޯމް ހުށަހަޅާފައިވާއިރު އިއްޔެ އާއްމުކުރި ވަގުތީ ލިސްޓާއެކު ގިނަ ބަޔަކު ވަނީ ފްލެޓް ދެނީ އިންސާފުން ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބަލައި ނިމެންދެން ދިއްދޫ ފްލެޓް ދިނުމުގެ ކަންކަން މަޑު ޖައްސާލަން މިއަދު އަންގާފައިވާ ކަމަށެވެ.
މިދިޔަ ސަރުކާރުން ފްލެޓް ދީފައިވަނީވެސް ބޭއިންސާފުން ކަމަށް ބުނެ އެ ރަށު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފްލެޓުގައި މިހާރު މީހުން ދިރިއުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
11 June 2019
ޔާމިން ސަރުކާރުގަ ފްލެޓްނުހައްގުން ދިނީމަ އެކަމާ ވަކާލާތުކޮށް ވޯޓް ހޯދައިގެން އައިބަޔަކު ފްލެޓް އިން މަކަރުހެދީމަ ދެން މިރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނީ ކޮން ސިޔާސީ ލީޑަރެއްގެ ވާހަކައެއް؟ ޔާމިން ފެއިލް. އިބޫވެސް ފެއިލް.
ސޮރީ
11 June 2019
އިބޫއަކަށް އަދި ނޭނގޭ.
ތިލަދުންމަތި ދިއްދޫން
11 June 2019
1439 ވަނައަހަރާއި ، 1440 ވަނަ އަހަރު ފިޠުރު ޢިދު ހަދިޔާއޭ ކިޔާ ގޮވާ ދިއްދޫ ރައްޔިތުންނަށް ރަށުކައުންސިލް ޢަލީ ހާޝިމް ދިން ހީލަތްތެރި ހަދިޔާ ދެއަހަރުވެސް ވީ ބޮޑު ފިތުނަޔަކަށް. އެހެންޏާ މި ދިއްދޫ ރައްޔިތުންނަކީ ޞުލްޙަވެރިމާއި އެކު ހަމަހިމޭންކަމުގައި އެކަކު އަނެކަކަށް އިޙްތިރާމު ކޮށްގެން ފިސާރި އުޅުމެއްއުޅެމުން އައި ބައެެކެވެ. ދުވަހަކުވެސް އަތު އަކުރެއް ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް ހުށަހަޅާ ބައެއް ނޫނެވެ.މިހާރު މިވަނީ ކިހިނެތް؟
ރަދީފް
11 June 2019
ކޮބާ އައްޑޫ ފްލެޓް؟؟؟ ލިސްޓްގަ މަގޭ ނަންވެސް އޮތް.ކޮންއިރަކުބާ ފްލެޓް ހަވާލުކުރަނީ!!!
5678
11 June 2019
ޒީރޯ ޓޮލަރަންސް ކޮރަޕްޝަނަށް.
ޒިލް
11 June 2019
މިވީ 10 ވަރަކަށް އަހަރުތެރޭ މާލެއާއި ހުޅުމާލޭގައި އެތައް ހާސް ފްލެޓެއް އަޅައިފިއެވެ. ހައްގުވެރިންނަށް ބަހާވެސް ނިންމައިފިއެވެ. މިވީ 10 ވަރަކަށް އަހަރުތެރޭ އަތޮޅުތަކުގެ ބޮޑެތި ރަށްތަކުގައިވެސް ހައުސިން ޔުނިޓް ނުވަތަ ފްލެޓް އަޅައިފިއެވެ. އެކަމަކު ހައްގުވެރިންނަށް ދުވަހަކުވެސް ލިބޭ ވަރެއް ނުވެއެވެ. މިއީ މާލެއާއި ރާއްޖެތެރޭގެ ތަފާތެވެ.
ދާބެގެ
11 June 2019
ޔާމީން އިރު ތިގޮތަށް މަޑުޖައްސާލަންވެސް ބުނެލަން ނުކެރިފަ ތިބީމަ ހައިރާންވޭ.
ލަވްޔޫ
11 June 2019
ޔާމީންގެ ވާހަކައަކީ ހާދަ ގަޔާވާ ވާހަކައެކޭދޯ؟ ހަނދާން ނައްތާލަން އުޅުނަސް ނައްތާނުލެވޭނެ. މާލެއައިސް ފްލައިޓްގައި ތިރިކޮށްލާ ގަޑީގަ، ފެންނަ ހުޅުމާލޭގެ އުސް އިމާރާތް ތަކާއި، ބުރިޖާއި، އެނބޫދޫ ފޮނުޅުގެ ހިތްގައިމު މަންޒަރު ފެނުނީމަ، ދަތްޕިލަ ވެއްޓޭވަރަށް ދަތްކުނޑި ވިކިއަސް ހަމަ ސިކުނޑީގަ ޓަކި ޖަހަނީ، ޔާމީންގެ ތަރައްޤީދޯ؟ ދެން އަންނަ ރުޅީގަ މަގޮވާނީ ވަގަށޭ ހިތަށް އަރައި، ހިންދިރުވާލައިގެން އިންނަނީ ދޯ؟
ސައްޔާހު
11 June 2019
އެސީސީން މި މައްސަލަ ވަރަށް ރަގަޅަށް ބެއްލެވުމަށް ގޮވާލަން. ދިއްދޫގެ ކަންތައްތައް ގެންދަނީ ވަކިބަޔަކަށް މަންފާވާގޮތަށް އަދި ޚާއްސަކޮށް ދައުލަތުގެ ފައިސާއާއި މުދާ ބޭނުންކުރުމުގެ ކަންކަން ކައުންސިލްގައިތިބޭ ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް ކުރަމުންދާއިރު އެކަންކަން ހުއްޓުވުމުގައި ރައްޔިތުންނަށް ކުރެވޭނެ މާބޮޑުކަމެއްނެތް. ތިފަދަ މުވައްސަސާއަކުން ގާނޫނީ އިމުގެ ތެރެއިން ހައްލުކޮށް ދިނިއްޔާ މެނުވީ.
ހުސެން
11 June 2019
މި ސަރުކާރުން އެޅި ފްލެޓް ތަކެއް ކުރީ ސަރުކާރުނ އެމީހުންގެ މީހުނަށް ބަހާލި ބަހާލުން ނުބަލާ މި ސަރުކާރުން ދިނުމުން ބަލަން ތެދުވުމަކީ އޭސީސީ ކޮރަޕްޓް ވެފައިވާ ކަން ހާމަކޮށްދެޭ,ކަމެކެވެ.
ފފފފފ
11 June 2019
މިސަރުކާރު ފިއުޗަރގޮސްތަ ފްލެޓްއެޅީ؟ މޮޔައާ އެއީވެސް ނިމުނު ސަރުކާރުން ރައްޔިތުންނަށް ހަދާދީފަ ހުރި ތަންތަން. އޭސީސީން ބެލީމަތަ ގޯސްވީ؟ ކީއްވެތަ ހައްގަށް ވަކާލާތު ކުރަން ނުކެރެނީ. ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިންސާފުން ހައްޤުތައް ލިބުން އެއީ އޮތް ހައްޤަކަށްވެސް މިހާރު ނުވަނީތަ؟
ބަބާ
11 June 2019
ކޮބާތަ ހިންނަވަރުގައި އަޅަން ބުނި ފްލެޓާއި ރޯހައުސްތައް؟ މިހާރު ވެރިކަން ލިބި މަޖިލީހުގެ ގޮނޑިވެސް ލިބުނީ ރައްޔިތުން މިތިބީ އިންތިޒާރުގައި ގޯތި ދޫނުކުރާތާ 18 އަހަރު ފުރިއްޖެ. ދެންބުނާނެ ކައުންސިލް މެޖޯރިޓީ ލިބުނީމައޭ އެކަންކަން ކުރެވޭނީ
ރީތި މޫސަ
11 June 2019
ތިފުލެޓްތަށް އަޅަމުންދިޔައިރުވެސް ބުނެފައޮންނާނަ އަމިއްލަޕާޓީގެ މީހުނަށްދީފަ ބާކީހުރިއްޔާ އެހެންމީހުން ލިބޭނެވާހަކަ އެހެންވީމަކޮބައިތަ މައްސަލައަކީ އެހެންނޫނަސް މުޅިދިއްދޫ ތިބީވެސް އެމްޑީޕީ މީހުން