ގައުމީ ޔުނިވާސިޓީ އާއި ސީއެސްއީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ--
10 ޖޫން 2019 - 21:24
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީ ލަންކާގެ ސިވިލް ސްޓްރަކްޗަރިން އެންޑް އިންޖިނިއަރިން ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް (ސީއެސްއީސީ) އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ. ސީއެސްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝިރޯމަލް ފެނާންޑޯ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ފުރަތަމަ ޑިގްރީގެ ކޯސްތަކަށް ސްކޮލަޝިޕް ދިނުމާއި އިންޓާންޝިޕް ފުރިހަމަ ކުރުމަށް އެހީތެރިވުމާއި ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ފަންނީ ތަމްރީނު ދޭނެ އެވެ. އަދި ރިސާޗް ހަދާ ދަރިވަރުންނަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން ރިސާޗް އެސިސްޓެންސް ފޯރުކޮށްދިނުމާއި ދެ ޔުނިވާސިޓީގެ ދަރިވަރުން ގުޅިގެން އެކަޑަމިކް ލިޔުންތައް ޕަބްލިޝް ކުރުމުގެ ފުރުސަތު ފަހިކުރުން ވެސް ހިމެނެ އެވެ.
ގައުމީ ޔުނިވާސިޓީ އާއި ސީއެސްއީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ--
މީގެ އިތުރުން ގެސްޓް ލެކްޗަރާއިންގެ ޓްރެއިނިންތަކުގައި ބައިވެރިވުމުމުގެ ފުރުސަތާއި ބައިނަލްއަގުވާމީ ކޮންފަރެންސްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިކުރުމަށް މަސައްކަތްކުރުމަކީ ވެސް މި އެއްބަސްވުމުގައި ހިމަނާފައިވާ ކަމެކެވެ. އަދި ސްރީ ލަންކާގެ އޯޕަން ޔުނިވާސިޓީއާ ގުޅިގެން ޑިސްޓަންސް ލާނިން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ހަފުލާގައި ސީއެސްއީސީގެ މެނޭޖިން ޑިރެކްޓަ ޝިރޮމާލް ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގައި މިހާރު ވެސް އިންޖިނިއަރިން މަސައްކަތްތައް ކުރަމުން އަންނަ ބަޔަކަށްވާއިރު ރާއްޖޭގެ ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޮޑު އުފަލެއް ކަމަށެވެ.
ބ. ވައްކަރު ލަގްޒަރީ ރިސޯޓާއި ނަސަންދުރަ ރެޒިޑެންސްގެ މަސައްކަތް ކުރާ ސީއެސްއީސީ އަކީ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ކޮންސަލްޓެންސީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ކުންފުންޏެކެވެ. އެ ކުންފުނިން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސްރީ ލަންކާގެ ކޮލޮމްބޯ ލޮޓަސް ޓަވާ އާއި ކޮލޮމްބޯ ސިޓީ ސެންޓާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކެކުރި ބޮޑު ކެކުރި
11 June 2019
މިސަރުކާރު އައި ފަހުން އޮންނަނީ ހާލުގަޖެހި އެހީއައް ގޮވަގޮވާ ތަންމަތީގަ އިންނަ ބަލިމީހެކޭ މިސަރުކާރުގަ ކޮބާ ތަފާތަކީ
މަންޖު
10 June 2019
ހުސްހޮޅި ވާހަކަ! ވާކަމެއް ޙަރާން