13 ޖޫން 2019 - 07:12
"ޑޮން 3" އާ ބެހޭ ގޮތުން މީޑިއާތަކުން މި ފަހުން ފަތުރާ ހުރިހާ ވާހަކައެއް ޑައިރެކްޓަރު ފަރްހާން އަހުތަރަށާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ އަށް ޖެހިފައި ވަނީ ދޮގު ކުރާށެވެ. ފަހަރުގައި މިއީ އަނެއްކާ ވެސް ހަމަ އެކަހަލަ ވާހަކައަކަށް ވެދާނެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ޝާހްރުކް ހާން ލީޑް ރޯލް ކުޅެމުން އަންނަ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބައިން އޭނާއެއް ނުފެންނާނެ އެވެ. އަދި ތިން ވަނަ ބައި ފަރުހާން ކުޅުވަން ބޭނުން ވަނީ ރަންބީރު ކަޕޫރް ލައްވައި ކަމަށް ނޫސްތަކުން ބުންޏެވެ.
މި ވާހަކަ ފެތެރުން ފަށާފައި މި ވަނީ ޝާހްރުކްގެ ފިލްމީ ކެރިއަރު ވެސް ވާނުވާގައި އޮއްވަ އެވެ. އޭނާ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ޕްލޮޕްވެފައިވާތީ އެކްޓް ކުރުމުން ބްރޭކެއް ނަގަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. މިދިޔަ އަހަރު "ޒީރޯ" އިން ފެނުނު އެކްޓަރު ބުނި ގޮތުގައި ފިލްމަކަށް ދެން އެއްބަސްވާނީ އޭނާގެ ހިތް އެކަމަށް އެދި ގޮވާ ނަމަ އެވެ. އެހެންވެ މި ވަގުތު ޝާހްރުކް ކުޅޭނެ އެއްވެސް ފިލްމެއް އަތަކު ނެތެވެ.
ސޮއިކޮށްފައި އޮތް ހަމައެކަނި ފިލްމު "ސާރޭ ޖަހާ ސެ އައްޗާ" ވެސް އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެކަމަކު އޭނާ އަށް ފިލްމުތަކުން ފުރުސަތު ލިބޭ ކަމަށް ބުނާ ވާހަކަ ވެސް މީޑިއާތަކުގެ ސުރުހީތަކަށް ނާރާ ދުވަހެއް ނާދެ އެވެ. އެގޮތުން އެންމެ ފަހުން އެރި އަޑަކީ މިދިޔަ އަހަރު ރަންބީރާ އެކު "ސަންޖޫ" ގެނެސް ދިން ރާޖްކުމާރު ހިރާނީގެ ފިލްމެއް ޝާހްރުކަށް ހުށަހެޅި ވާހަކަ އެވެ.
ކޮންމެއަކަސް "ޑޮން 3" އިން ޝާހްރުކް ނުފެންނާނެ ކަމަށް ބުނާ ވާހަކަ އަކީ އެ ފްރެންޗައިޒަށް ލޯބިކުރާ މީހުންނާއި އަދި އޭނާގެ ފޭނުން ވެސް މާޔޫސް ވާނެ ކަމަކަށް ވާނެ ކަމެވެ. އެހެންވެ ދެން އޮތީ މި ވާހަކަ އަށް ފަރުހާން ދޭނެ ރައްދަކަށް އިންތިޒާރު ކުރުމެވެ. އޭނާ ދާދި ފަހުން ބުނި ގޮތުގައި "ޑޮން 3" ގެ ސްކްރިޕްޓް ވެސް އަދި ނުނިމެ އެވެ. އެހެންވެ އެ ފިލްމު ގެނެސް ދެވޭނެ އިރެއް ނޭނގެ އެވެ.
"Don 3" aa behey vaahakathah Farhan dhogukoffi
The most trusted news source in the Maldives
Mihaaru
"ޑޮން 3" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ.
އަނެއްކޮޅުން ފިލްމު ވެސް ކުޅޭ ފަރުހާންގެ އަތުގައި މި ވަގުތު ވެސް ދެ ފިލްމެއް އެބަ އޮތެވެ. އެއީ އޮކްޓޯބަރު 11 ގައި ރިލީޒް ކުރާ ޝޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" އާއި އަންނަ އޮގަސްޓް މަހު ޝޫޓިން ފަށާ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާގެ ބޮކްސިން ފިލްމު "ތޫފާން" އެވެ. އެހެންވެ މި ފިލްމުތަކުގެ މަސައްކަތުގައި ބިޒީކޮށް އުޅެމުން "ޑޮން 3" އަށް ފަރުހާނަށް ވަގުތެއް ވެސް ހުސް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.
"Don 3" genes dheveyne ireh neygey: Ritesh Sidhwani
The most trusted news source in the Maldives
Mihaaru
"ޑޮން 3" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ.
ދެހާސް ހައެއްގައި "ޑޮން" ގެނެސް ދިނުމަށް ފަހު، "ޑޮން 2" ގެނެސް ދިނީ 2011 ގަ އެވެ. އެ ދެ ފިލްމުގައި ވެސް ޝާހްރުކްއާ އެކީ ބަތަލާގެ ރޯލް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy