12 ޖޫން 2019 - 15:21
އއ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ނަމަވެސް މައްސަލަ ހުށައެޅިތާ ދެ ހަފުތާއެއްހާ ދުވަސް ވީ އިރު ވެސް އެކަމުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރެވޭ ގޮތެއް ނުވި އެވެ.
ހަތް އަހަރުގެ ކުއްޖާއަށް ޖިންސީ އަނިޔާކުރި އެ މައްސަލަ ފުލުހުންނަށް ހުށައެޅީ މިދިޔަ މަހު 25 ގަ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ތުހުމަތުކުރެވެނީ 55 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރެވޭވަރު ނުވަނީ އޭގެ ކުރިން ހޯދަން ޖެހޭ ޑޮކިއުމެންޓްތަކެއް ލިބުން ލަސްވާތީ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަލަން
13 June 2019
ޤައުމު މިއޮތީ އެފުށް މިފުށަށް ޖެހިފަ. އެއްވެސް ކަމެއްގަ ހަމައެއް ލަމައެއް ނެތް
ކަނޑުމޯލް
13 June 2019
ސްމިގައުމުގައި ކުއް ކުރާ މީހުން ކުއްވެރި ނުވެވެ ސަބަކީ މަނަމަ އެކުއްކުރާ މީހާ ދެނިޔެ އަށް ގެނެސް ބޮޑުކުރުން ދެން ކުއްވެރިންނަކީ ހިމާޔައްކޮއްފައި ތިބި ބަޔެއް އެއީ ވޯލްޑުރިކޯޑް (ކުށުގެ) ކޮންމެ ކަމެއް ވިޔަސް ވޯލޑުރިކޯޑް ހޯދަން މަސަށް ބަޔަކު މަސައް ކަތްކުރާކަން ވަރައް ސާފުކޮއް އެނގެނޭނެ ޓޥ ޕުރޮގްރާމް ތަކުން އަޑުއިވިއިވި މިތިބެނީ މިސާލަކަށް ކުއްވެރިއަކު އަތުލައި ގެންފިޔޭ ކިޔާފައި ހުއްޓާލާނީ މީނާ ޔަކީ ކުށުގެ ރިޚޯޑް އޮންނަމީހެކޭ ނަސީބަކުން ނުގޮވާ ގައުމ
ޭއީކިއު
13 June 2019
ކަނޑުމޯލު ތަންކޮޅެއް ކިޔަން ފަސޭހަ ގޮތަކަށް ލިޔެބަލަ.
ޢަބްދުﷲނާފިޒް
13 June 2019
ނުވާނެ ނުވާނެ ތިކަމެއް ނުވާނެ، ކޮބާތަ އެއްކަލަ އެއްބަނޑު ތިން ކުދިންނާ ޖިންސީ ގުޅުންހިންގި މީހާ.
ihaaru.
12 June 2019
އަހަރުމެން އަންނަންތަ ހައްޔަރު ކޮށްލަން، ވާގޮތްބަލާލަން!
އެޑްމުންޑޯ
12 June 2019
ކިހާމަޖާ ، މަގުމަތިން ފޮށުނު ބޭބެ ވަގުތުން ހައްޔަރުކޮށް ދެގުދެމިގެންދާ މުއްދަތު ޖަހާފައިއެވަނީ ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިމީހާ ހައްޔަރެއްނުކުރެވުނު ، މީހުންނަށް ކަންދައްކަން ކުރާކަމަކާ ވައްތަރީ
ނައިިނާން
12 June 2019
އަސްލުވެސް ހަމަ
ނަޖުދާ
12 June 2019
ރައްޔިތުން ގާނޫނު އަތަށް ނެގުމަށް މަޖުބޫރުވަނީ މިކަހަލަ ސީރިއަސް ކަންކަމާއި ގުޅިގެން، ރައްޔިތުންގެ އަމަން އަމާން ބެލެހެއްޓުމަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރާ މީހުން މަގާމުތަކުން ދުރުކޮށް، ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ ގޮތަށް ގާނޫނު ނެގެހެއްޓުމަށް ދައުލަތުގެ ބާރުތަކަށް ގޮވާލަން. މިކަހަލަ ކަންކަމަށް ފަރުވާކުޑަކޮށް، ރައްޔިތުން މާޔޫސް ކަމެއްގެ ތެރެއަށް ވައްޓާލައިފިނަމަ ނަތީޖާ ގޯސްވެދާނެ
ޙަސަން އަޙްމަދު
12 June 2019
އެއްކަލަ ކަހަލަ ނުފޫޒު ގަދަ މުސްކުޅިއެއް އުތަ؟
ކޮރަލް
12 June 2019
ކުދި ކުއްތައް ބޮޑެތި ކުއްތަކަށް ވެ ބޮޑެތި ކުއްތައް ކުދި ކުއްތަކަށް ވީއެވެ. އެކޮޅުކޮޅުން ޖެހުނީއެވެ.
ޗިޗަންޑާނަވާރަ
12 June 2019
ޑޮކިއުމެންޓު އޭ ތިކިޔަނީ ކޯޗަކަށް؟ ކޯޓު އަމުރަށް ތޯ؟ އަމުރު ނުލިބުނިއްޔާ އިސްތިއުނާފު ކުރަން ވީނު؟ ނޫނީ ކަލޭމެން އަމިއްލައަށް ހަދާ ޑޮކިއުމެންޓް ތަކެއް އަދި ކަލޭމެނަށް ވަގުތެއް ނުވެގެން ނެހެދިގެން އުޅޭ ވާހަކަ ތޯ؟