ހައި ކޯޓު: ކުޑަކުއްޖަކާ ބެހިގެން މީހަކު ޖަލަށް ލާން ކުރި ހުކުމެއް ވަނީ ބާތިލްކޯށްފައި
14 ޖޫން 2019 - 11:22
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލާން މީގެ ދެ އަހަރު ކުރިން މީހެއްގެ މައްޗަށް ކުރި ހުކުމެއް ހައި ކޯޓުން ބުދަ ދުވަހު ބާތިލްކޮށްފި އެވެ.
ދެކުނުގެ އަތޮޅެއްގައި މި ހުކުމް ކޮށްފައި ވަނީ ދޮންދަރިއަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގަ އެވެ. މި މައްސަލާގައި މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައި އޮތް ހުކުމް ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ދައުވާ ލިބުނު މީހާ ދައުވާ އަށް އިންކާރު ކުރި ކަމުގައި ވިޔަސް، ކުށް ސާބިތުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ،
ކުށްވެރިވި މީހާ ހައި ކޯޓުގެ އިސްތިއުނާފުގައި ބުނެފައިވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެކަށީގެންވާ ހެކި ނެތި ކަމަށެވެ. އަދި ހުކުމް ކުރުމުގައި، މީގެ ކުރިން ހައި ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނު އަސާސީއާ ވެސް ހިލާފު ވެފައިވާ ކަމަށް އިސްތިއުނާފުކުރި މައްސަލާގައި ވަނީ ބުނެފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ކުށް ސާބިތުކުރުމުގައި ބެލެވޭނެ ކަމަށް އެ ގާނޫނުގައި ބުނާ ކަންކަމުގެ ތެރެއިން މަދުވެގެން ފަސް ކަމެއް ޝަރީއަތަށް ސާބިތުވާ ނަމަ އެއީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ، ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވުން ކަމުގައި ބެލޭނެ އެވެ. ނަމަވެސް، 15 އަހަރަށް ޖަލަށް ލި މީހާގެ މައްޗަށް ކުށް ސާބިތުކުރުމުގައި މި ހެކިތަކަށް ބަލާފައި ވަނީ ގާނޫނުގެ އެ މާއްދާ މާނަކުރުމާ ބެހޭ ގޮތުން ހައި ކޯޓުން 2016 ވަނަ އަހަރު ކޮށްފައިވާ ހުކުމަކާ ހިލާފަށް ކަމަށް ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.
މީގެ އިތުރުން، ކުށް ސާބިތުކުރަން ހުށަހެޅި މެޑިކޯ ލީގަލް ކޭސް ރިޕޯޓުން ވެސް ޖިސްމާނީ އަދި ޖިންސީ ހާނީއްކައިގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބަޔާނާކޮށްފައިވާ ކަމަށާއި ފެންނަން ހުރި ނިޝާންތަކަކީ ޖަރާސީމު އުފެދުމުގެ ސަބަބުން ވެފައި ހުރި ގޮތެއް ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން މި މައްސަލާގައި ކުރި ތަހުގީގުގައި، ދޮންބައްޕަ ޖިންސީ ގޯނާކުރާ ކަމަށް ކުއްޖާ ދިން އޯޑިއޯ އަދި ވީޑިއޯ ބަޔާން ދިން ކަމަށާއި އެކަމަކު ފަހުން ފައިލްތައް ނުހުޅުވުނު ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެން ދިމާވުމުން އެ ކުއްޖާއާ އަލުން ސުވާލުކުރުމުން، ކުރިން ދެއްވި ވާހަކަ އެ ގޮތަށް ދައްކާފައި ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ޖިންސީ ގޯނާކުރުމުގެ ގޮތުން ކުރި ކަމަށް ކުއްޖާ ބުނާ ކަންކަމާ މެދު ސުވާލު އުފެދޭ ކަމަށާއި ހެކި ބަސް ދިން އެހެން މީހުން ވެސް އެކަމާ ބެހޭ ގޮތުން ހެކި ބަސް ދިނީ ކުއްޖާ އެންމެ ކުރިން ބުނި ބުނުމުގެ މައްޗަށް ކަމަށް ވާތީ އެ ހެކިބަސްތަކަކީ މުސްތަގިއްލު، ވަކި ހެކި ކަމުގައި ބެލެވެން ނެތް ކަމަށް ފަނޑިޔާރުން ވަނީ ނިންމަފައިވެ އެވެ. މީގެ އިތުރުން، ކުއްޖާގެ މަންމަ ހެކިބަސް ދީފައިވަނީ، ހާދިސާ ހިންގި ކަމަށް ބުނާ ދުވަހު ކުއްޖާގެ ގައިގައި ދޮންބައްޕަ ފަހަތުން ބެއްދުން ފިޔަވައި އެއްވެސް ކަމެއް ކުރިކަމަށް ކުއްޖާ ނުބުނާ ކަމަށެވެ.
އެހެންވެ، މި މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އިއްތިފާގުން ނިންމެވީ 15 އަހަރުގެ ޖަލު ހުކުމް ޝައުރީ، ގާނޫނީ އުސޫލުތަކާ ހިލާފުވާތީ ބާތިލް ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލަދް
15 June 2019
މާފުކުރައްވަވާ ބޭފުޅުންނޭ. ތިޔަބޭފުޅުންނަށް ޚަބަރެއްވެސް ލިޔާކަށް ނޭނގޭ މިހާރަކު. ތިޔަކުރަނީކީ ނޫސްވެރިކަމެއްނޫން.
ހަންސަން
15 June 2019
ހާއްސަކޮށް އަންހެން ދަރިފުޅު ބޭނުންކޮށްގެން ކުރީގެ ފިރިމީހާޔަށް އޮތް ހަސަދައެއް ފިލުވާލން މަސައްކަތް ކުރުމަކީ މިހާރުއާންމުވަމުން އަންންކަމެއް. މިކަމާމެދު މުއައްސަސާތަކުން ވަރަށްބޮޑަށް ވިސްނަން އެބަޖެހޭ
ދީބު
15 June 2019
ޢޯޑިޔޯ ފައިލް ނުހުޅުވުން އެއީ ސުވާލު ނުއުފައދާ ދޫކޮށްލެވިގެން ވާނެ ކަމެއްބާ؟ މައްސަލޔަކާ ގުޅުންހުރި ލިއުމެއްގެމައްޗަށް ކޮފީތަށި ބަނޑުން ވެދާނެ. ގެއްލިދާނެ.އެކަމަކު މީ ޓެކްނޮލޮޖީގެ ޒަމާން.
ާބޮޑުމީހާ
15 June 2019
ރިޔާސީ އިންތިހާބް ބާތިލްކުރުމާއި، 01 ފެބްރުއަރީ ހުކުމާއި، އަދީބް ދޫކޮށްލަންކުރި ހުކުމާއި، ފަޑިޔާރު ޑީޑީގެ ސަސްޕެންޝަން އުވާލުމުގެ ހުކުމްފަދަ ހުކުމްތައްކޮށްފަ ތިބި ބަޔަކަށް ތިދެން މާބޮޑުކަމެއްނޫން
ކޮތަރު
15 June 2019
ފަނޑީޔާރަކު ސަސްޕެންޑްކުރިޔަސް ބާތިލް!!
ރށު ނަގޫރޯޅި
14 June 2019
ތިފަނޑިޔާރުންގެ ވެސް ނިޔާކަނޑައަޅާ ދުވަހެއް އައްނާނެ.
ނީނނޭ
14 June 2019
ޙޯރައިއްބެ ވެސް ދޫކުރީ.
ނީނނޭ
15 June 2019
މިހިރަ ރައީސް މީހާ..ދޯ. އެކަމަކު އެކަންއޯކޭ. ރައީސް އޯކޭ.. ގާޒީ ކަމަކު ނުދޭ.
ލަންބެ
14 June 2019
މިގާނޫނުން މިސް މީހުން ވިކްޓިމައިޒް ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމުގައި ދެކެމެވެ. އަދި މި ގާނޫނު ނާޖާއިޒު ގޮތުގައި ބޭނުން ހިފާ މީހުންވެސް މަދެއް ނޫނެވެ. މީހަކާއި މެދު އޮންނަ ހަސަދައެއް ފިލުވާލުމަށްވެސް މިއީ މިހާރު ބޭނުންކުރާ ޓޫލެކެވެ. ކުޑަކުދިން ލައްވާ ދޮގު ހަދުވައިގެން ބަޔާންދޭން ބުނެފައި އެބަހުއްޓެވެ. މިއީ ހިންގާކަމެކެވެ. އެއްވެސް ކުށެއް ނެތް މައުސޫމް މީހަކަށް ހުކުމެއް ކުރުމުގެ ކުރިން ގާޒީން ބަލަން އެބަޖެހެއެވެ.
އަޒްގޭޑާ
14 June 2019
މާނަ އަކީ ފަހަތުން ގޮސް ބައްދާލުން އޯކޭ އެތަ؟
އަލީޔ
14 June 2019
ފަހަތުން ބައްދާލުމަކީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވަން ޖެހޭ ކަމެއްތަ؟ ޖިންސީ އަނިޔާ އަކީ ފަހަތުން ބައްދާލުންތަ؟ އެކަހަލަ ބޭ އަދަބީ ކަންކަމަށް އެހެން އަދަބު ތަށް ހުންނާނެ ދެވެން. ދޮންދަރި އެއް ގައިގައި ހަމަ ލޯބިންވެސް ބައްދާލަފާނެ.
ސުވާލު
15 June 2019
އަލީޔ، ފުރާވަރަށް އަރާފަ ތިބޭ އަންހެން ދަރިން ގައިގަ ދޮންބަފާ ފަހަތުން ބައްދާކަށް ނުޖެހޭނެ ލޯބިން. ލޯބިވާކަން އެންގޭނެ ނުބައްދާވެސް. ބައްދަންޏާ އެއީ މައްސަލައެއް.
އެމްސީ
14 June 2019
ޝުކުރިއްޔާ ސަރުކާރަށް. އިންސާފު އެހެރެގެން ޤާއިމުވެ ނިމެނީ.