ފްކައިމީން ސީ ޕްލޭން އޮޕަރޭޝަނަށް ބޭނުން ކުރާނެ ބޯޓެއްގެ ނަމޫނާއެއް.
17 ޖޫން 2019 - 11:33
ފްލައިމީ އޮޕަރޭޓްކުރާ ވިލާއެއާ އިން ސީޕްލޭންގެ ހިދުމަތަށް ނުކުންނަން ތައްޔާރުވި އިރު ބޭނުންކުރާ ބޯޓު ކަންނެއްޔެއްގެ ސިފައިގައި ދައްކާލައިފި އެވެ.
ފްލައިމީގެ ފޭސްބުކް ޕޭޖްގައި އާންމުކުރި ވީޑިއޯގައި ވަނީ ސީޕްލޭންގެ ހިދުމަތުގައި ބޭނުންކުރާ ބޯޓުތައް ސިފަވާ ގޮތް، ކަނޑުގެ ދިރުންތަކާ އެކު ގެނެސްދީފަ އެވެ. އެ މަންޒަރުތައް ނިމި، ސީޕްލޭން ފެންނަނީ ރާއްޖެ އިން އާންމުކޮށް ބާނާ ކަންނެއްޔެއްގެ ގޮތުގަ އެވެ.
ފްލައިމީގެ އޮފިޝަލަކު ވިދާޅުވީ ސީޕްލޭން ދަތުރުތައް ފެށުމަށް ބޭނުންވާ ބޯޓުތައް އަންނަ އޮކްޓޯބަރު މަހު ރާއްޖެ ގެންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ގެންނަނީ ހަތަރު ބޯޓެވެ. ފްލައިމީގެ އަމާޒަކީ ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ޓޫރިސްޓިން އުފުލުމުގައި ސީޕްލޭންގެ ހިދުމަތް ވީހާ ވެސް އަވަހަކަށް ފެށުމެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމުން ފްލައިމީގެ ސީޕްލޭން އޮޕަރޭޝަންތައް ފަށާނެ ކަމަށް ބުންޏެވެ.
ފްލައިމީގެ ޕޯސްޓެއް.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ވިއުގަ ވެސް އޮތް ރާއްޖޭގައި މި ވަގުތު ސީޕްލޭންގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަނާއި ޓްރާންސް މޯލްޑިވްސް އެއާވޭޒް (ޓީއެމްއޭ) އެވެ. އަދި ދާދި ފަހުން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ފެށީ މަންތާ އެއާއިން ވެސް އަންނަނީ ސީޕްލޭންގެ ހިދުމަތް ދޭން ތައްޔާރީތަކެއް ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖޭބީ
17 June 2019
ތިޔަ އަކަށް ކަންނެއްޔެއްގެ ވައްތަރެއް ނުޖަހާ. އެހެނެއްނޫން. ކަންނެއްޔެއްބޯ ސިފަވާގޮތަށް ކުރެހުމެއް ކުރަހާފާ އެއިނީ.
ބަބުރަންޖީ ހާޖީ
17 June 2019
ސޭޓު މިއުޅެނީ މަހައްދާންތޯއްޗެ.
ސަކީނާއްތަ
17 June 2019
ފުލައިމީ ގެ މުސްތަގްބަލް އެހާ އުޖާލާއެއްނޫން. މަންޓާ ކުރިޔަށް ދާނީ.
ބޭބެ
17 June 2019
ޕާސަނަލީ މަށަށް މީތި އެހާ ކަމަކު ނުދޭ. މި ބުނީ ޑިޒައިން ވާހަކަ. ދިވެހި ގޮތްގަނޑެއް ނެތް. އަނެއްހެން ހުންނާކަށް ބޭނުމެއްނޫން. އެކަމަކު ދިވެހިވަންތަކަން ހުރީމައި ރީތިވެފައި ފަތުރުވެރިކަމަށް ބޭނުންކުރާއިރު މާ ރަންގަޅު ވާނެކަމަށް ފެނޭ
ސިނަން
17 June 2019
ކުރިން ގެންނަން އުޅުނު ފެހުރިހި ޑިޒައިން ބޯޓުތަކަށް ކިހިނެއްވީ؟ މިޑިޒައިން މާ ކަންތައްފަލަ. އެހާ ރީއްޗެއްނޫން މަށަކަށް. ދެން އަނެއްހެން މަރުހަބާ ހަމަ.
ބުއްޅަބޭ
17 June 2019
މަޑުމަޑުން، އެބަކުރިއަށްދޭ، މިވަރު ދެން އޯކޭ އެއްނުންތޯ، މައްސަލަ މިޖެހެނީ އެއްފަހަރާ މާ ގިނައިން ހޯދަން އުޅޭތީއެވެ.
ވިދުވަރު
17 June 2019
ކޮން ތާކުން ގެންނަ އެއްޗެހި ތަކެއް؟
ހަސީނާ
17 June 2019
ތީ އަޅެ ފަހެ ސަބްމެރީނެއްތަ؟ މޫދު އަޑިން އަންނަ ކަމަށް ތިދައްކަނީ.
ގާސިމް
17 June 2019
އެ ބުނާހެން...މި މާކެޓް ކުދިން ވެސް ކުރާ ކަންތައް؟
ފާސްނުވާ ޑރ
17 June 2019
މަހަމަލިޔަން އުލުނުކޮމެންޓް ތިޔަކީ.. ނަސީބެއްނުން ސޭޓުއަންހެނުންގެ ފިރިމީހާގެ އަންހެނުންގެ ފޮޓޮއެއްނުޖެހިކަން...