07 އޮކްޓޯބަރ

October 07, 2020 6
ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސުޕްރީމް ކޯޓަށް

ގދ. ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަށް އަނބުރާ ދޭން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިި އެވެ.

01 އޮކްޓޯބަރ

October 01, 2020 1
ފްލައިމީގެ އެތެރޭގެ ދަތުރުތައް އަލުން ފަށައިފި

ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފްލައިމީ އިން ރާއްޖޭގެ އެތެރޭގެ ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2020 24
ފްލައިމީން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާގެ "ފްލައިމީ" ން ބައިނަލްއަގްވާމީ ދަތުރުތައް މިއަދު ފަށައިފި އެވެ.

01 އޯގަސްޓް

August 01, 2020 10
ސަނޫން، މުހިންމު ކެޕްޓަނެއް، ރަނގަޅު ރަހުމަތްތެރިއެއް

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓު ސަނޫން ނަސީރު 35، ރޭ ކުއްލި ގޮތަކަށް މަރުވެފައިވާއިރު، އެއީ ވަރަށް އަހުލާގު ރަނގަޅު މުވައްޒަފެއް ކަމަށާއި އޭނާގެ އެއްވެސް ބައްޔެއް ހުންނަކަން ކުރިން އެނގިފައި ނެތް ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

12 ޖުލައި

July 12, 2020 3
ޑޮމެސްޓިކް ދަތުރުތަކަށް ވިލާ އާއި މަންޓާ ވެސް ތައްޔާރު

އެތެރޭގެ އުދުހުންތައް، ކޮވިޑް-19 އާ ހެދި ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް ވިލާ އާއި މަންޓާ އެއާލައިން އިން ބުނެ އެވެ.

20 ޖޫން

June 20, 2020 37
ފްލައިމީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަނީ

ވިލާ އެއާގެ ދަށުން އޮޕަރޭޓްކުރަމުން އަންނަ ޑޮމެސްޓިކް އެއާލައިން، ފްލައިމީގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނަށް، އަންނަ މަހު އެކަކުން ފެށިގެން ނޯޓިސް ދޭ ގޮތަށް ނިންމައިފި އެވެ. އެކަމަކު ހުރިހާ މުވައްޒަފުންނަށް ވެސް ނޯ-ޕޭއަށް ދެވޭނެ ފުރުސަތު ވަނީ ދީފަ އެވެ.

06 ޖޫން

June 06, 2020 37
މާމިގިލި އެއާޕޯޓު އަނެއްކާވެސް އިންޓަނޭޝަނަލް ވަނީ

ކުރިން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމަށް ފަހު ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފައިވާ މާމިގިލީ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަަމަށް ވިދާޅުވެ، އެ އެކަން އެގޮތަށް ހަމަޖެހިދާނެކަމުގެ އިޝާރާތެއް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ކުރައްވައިފި އެވެ.

28 މާޗް

March 28, 2020 6
ކޮވިޑް-19: ފްލައިމީގެ ދަތުރުތައް މެދުކަނޑާލައިފި

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދާއި ކުންފުނީގެ މާލީ ހާލަތު ވެސް ގޯސްވެފައިވާތީ، ފްލައިމީގެ ދަތުރުތައް މެދުކަނޑައިލަން ނިންމައިފި އެވެ.

20 ފެބުރުއަރީ

February 20, 2020 54
ވިލާ އެއާއަށް ޖާގައެއް ނުދިން، ސަބަބެއް ނުބުނޭ

ސީޕްލޭން އޮޕަރޭޝަންތައް ފަށަން ހުޅުލެއިން ޖާގަ ހޯދަން 2013 އިން ފެށިގެން ވިލާ އެއާއިން ރަސްމީކޮށް އެދުނު އެދުންތަކަށް ޖަވާބެއް ނުދީ، އެކަމަކު އޭގެ މާ ފަހުން މަންޓާ އެއާއަށް ޖާގަ ދިނުމަކީ، އެމްއޭސީއެލުން ވަކި ބައެއްގެ މަސްލަހަތަށް މަސައްކަތްކުރާކަން އެނގޭ ސަބަބެއް ކަމަށް، ވިލާ އެއާއިން މިއަދު ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2019 28
ބޭރުގެ ބޯޓެއް މަރާމާތުކުރާ ފުރަތަަމަ ކުންފުންޏަކަށް ވިލާ

ވިލާ އެއާއިން މާމިގިލީގައި ހިންގާ އެ ކުންފުނީގެ "މެއިންޓެނެންސް ރިޕެއާ އެންޑް އޮވާ ހޮލްޑް" ފެސިލިޓީގައި ސްރީ ލަންކާގެ ޗާޓަރު ފްލައިޓެއް މަރާމާތު ކުރަން ފަށައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019 9
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭކަށްނޫޅޭ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށާއި އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

01 ސެޕްޓެމްބަރ

September 01, 2019 6
އިންޑިގޯ އިން ކޮޗިން އަށް ހާއްސަ އަގުތަކެއް

ސިއްހީ ފަރުވާ ހޯދަން ކޮޗިން އަށް ދާ މީހުންނަށް އިންޑިގޯ އިން ހާއްސަ އަގުތަކެއް ކަނޑައަޅައިފި އެވެ.

07 ޖުލައި

July 07, 2019 26
ސީޕްލޭން ޓާމިނަލް: ހަމައެކަނި ޓީއެމްއޭއަށް ދީފާނެތަ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން މިދިއަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް މީހުން ސީރިއަސް ސުވާލުތަކެއް އުފެއްދި އެވެ. އަދި އެ ސުވާލުތަކަށް ރައީސް އިބްރާހިމް...

17 ޖޫން

June 17, 2019 10
ފްލައިމީގެ ސީޕްލޭން ކަންނެއްޔެއްގެ ސިފާގައި!

ފްލައިމީ އޮޕަރޭޓްކުރާ ވިލާއެއާ އިން ސީޕްލޭންގެ ހިދުމަތަށް ނުކުންނަން ތައްޔާރުވި އިރު ބޭނުންކުރާ ބޯޓު ކަންނެއްޔެއްގެ ސިފައިގައި ދައްކާލައިފި އެވެ.

24 މެއި

May 24, 2019 17
ފްލައިމީން އައްޑޫ/ފުވައްމުލައް ދަތުރުތައް ހުއްޓާލަނީ

ފްލައިމީން ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.

19 މެއި

May 19, 2019 10
މާމިގިލީ އެއާޕޯޓަށް ބިން އިތުރުކޮށްދެނީ

ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ރަށުން ބޮޑު ސަރަހައްދެއް އިތުރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

25 އެޕްރީލް

April 25, 2019 15
ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭން ކުރި ހުކުމް ރަނގަޅު

ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެތަން ވިލާ ކުންފުންޏަށް އަނބުރާ ދޭން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2018 36
ލުއިތަކާ އެކު ޓިކެޓުގެ އަގު ހެޔޮކުރެވޭނެ: އައިއޭއެސް

އާ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ބައެއް ކަންތައްތަކުން ލުއިތަކެއް ލިބެން ޖެހޭ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2018 5
ފްލައިމީ، އައްޑޫ/ފުވައްމުލަކަށް އަންނަ މަހު އުދެހެނީ

ވިލާ އެއާގެ ފްލައިމީން އައްޑު އާއި ފުވައްމުލަކަށް އަންނަ މަހުގެ 15 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2018 32
ފްލައިމީ އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާގެ އެއާލައިން، ފްލައިމީގެ ދަތުރުތައް އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.