ކުރީގެ މެމްބަރު ނާޒިމް: ފޮޓޯ/މަޖިލިސް
28 މެއި 2016 - 18:37
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް އިނގިރޭސި ވިލާތަށް "ފިއްލެވުމަށް" ބޭރުގެ ގައުމަކުން އެހީތެރިވެ ދިން ކަމަށާއި އޭނާ ރާއްޖެ ގެނެވޭނެ މަގެއް އަދި ނުފެންނަ ކަމަށް ހޯމް މިނިސްޓަރު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
މަކަރާއި ހީލަތުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށެވެ. އެކަމަކު އޭނާ މިހާރު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
އުމަރު ވިދާޅުވީ ނާޒިމްގެ މައްޗަށް "ފިއްލެވުމުގެ" ދައުވާ ކުރައްވާނެ ކަމަށެވެ.
ތިން ވަނަ ގައުމަކުން އޭނަ އަށް ޑޮކިއުމެންޓެއް ދިން ކަމަށް ވަނީ އޭނަ ދަތުރުކުރަން. އުމަރު
ނާޒިމް އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ސަރުކާރުގެ ހުއްދައާ އެކު ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމަކު އެ ތުހުމަތު ހޯމް މިނިސްޓަރު ދޮގުކުރައްވަ އެވެ.
އުމަރު ވިދާޅުވީ ނާޒިމަށް އިމިގްރޭޝަނުން ނުވަތަ އެހެން ވެސް ތަނަކުން އިތުރު ލިއުމެއް ދިންތޯ ސާފުކުރެއްވި ކަމަށެވެ. ކަރެކްޝަނަލް ސާވިސް އިން ދޫކުރި ލިއުން ފިޔަވައި އިތުރު އެއްވެސް ލިއުމެއް ނާޒިމަށް ދީފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދީފައި އޮންނާނީ ޓްރެވަލް ޑޮކިއުމެންޓެއް އެކަނި. އެހެންވީމަ އިތުރު ލިއުމެއް އޭނާ އަށް ނެތް އިމިގްރޭޝަނުން ދޫކޮށްފައި،" އުމަރު ވިދާޅުވި އެވެ.
އޭނަ ގެނެވޭނެ ގޮތެއް ނޯންނާނެ، އެ ސަރުކާރުން އެއްބާރުލުން ނުދެންޏާ. އަދިއެއް އިނގިރޭސި ވިލާތުގެ ސަރުކާރަކުން އޮތީ އެކަމަކަށް އިޖާބަ ދޭ ގޮތަކަށް ނޫން. --އުމަރު
ނާޒިމް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް އެހީތެރިވެދިނީ، ކޮން ގައުމަކުން ކަމެއް އުމަރު ވިދާޅެއް ނުވެ އެވެ.
"ތިން ވަނަ ގައުމަކުން އޭނަ އަށް ޑޮކިއުމަންޓެއް ދިން ކަމަށް ވަނީ އޭނަ ދަތުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އޭނަ ގެނެވޭނެ ގޮތެއް ނޯންނާނެ، އެ ސަރުކާރުން އެއްބާރުލުން ނުދެންޏާ. އަދިއެއް އިނގިރޭސި ވިލާތުގެ ސަރުކާރަކުން އޮތީ އެކަމަކަށް އިޖާބަ ދޭ ގޮތަކަށް ނޫން، އިޖާބަ ނުދޭ ގޮތަކަށް ވެސް ނޫން." އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނާ
29 May 2016
ތިޔަ ހުރިހާ ކަމެއްގައި އަޑީގައި ހުންނެވީ ވެރިމީހާކަމަށް ތުންތުން މަތިން އިވޭ..
މިފަހަރު
29 May 2016
އުމަރު އެކަންވީގޮތް ސާފުނުވަނީތަ ނޫނީ ކޮންމެވެސް އެއްޗެކޭ ވިދާޅުވަނީތަ ، ތިހުރިހާ ކަމެއްގެ މައުލޫމާތު އެގޭބޭފުޅަކު ތިސަރުކާރުގެ މަތީފަޑީގައި އުޅުއްވާނެކަން ޔަގީން... އަދި އެކަންވެސް ކޮންމެވެސް ދުވަހަކުން އެގޭނެ ކޮންމެވެސް މީހަކު ބަންދުކުރާ ހިސާބުން... އެކަހަލަ ސިއްރުކަންތައް ފަޅާއެރުމުން އެހެންމީހުންބޮލުގައި އެކަން އަޅުވާ އެކަން އެގޭމީހަކު ތިސަރުކާރަކު ނުހުންނާނެ... ބޭރުގައުމެއްގެ ބޮލުގައި މިހާރުތިއަޅުވަން އުޅެނީ..
ނާނު
29 May 2016
ރިޔާޒް އެކަމަށް ފިޔަވަޅުއަޅަންވީނު ؟
ބުމަރު
29 May 2016
އުމަރު ފުއްޕާފަ ސައިޒުވެއްޖެއްނު، ފުއްޕާއިރު ހީވަނީ މީނާއަކީ މާވަރުގަދަ މީހެއްހެން
އަލިދީ
29 May 2016
"އުމަރު ވިދާޅުވީ ނާޒިމަށް އިމިގްރޭޝަނުން ނުވަތަ އެހެން ވެސް ތަނަކުން އިތުރު ލިއުމެއް ދިންތޯ ސާފުކުރެއްވި ކަމަށެވެ. ކަރެކްޝަނަލް ސާވިސް އިން ދޫކުރި ލިއުން ފިޔަވައި އިތުރު އެއްވެސް ލިއުމެއް ނާޒިމަށް ދީފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ." އިތުރު ލިޔުމެއްގެ ވާހަކަ ނުދައްކަވާ އެހްނ ކަމެއް ސާފު ކޮށްލުން ރަގަޅެވެ. އެއީ ކޮންމެ މަޖިލީސް މެންބަރެއްގެ އަތުގަ އޮންނަ ދެ ޕާސްޕޯޓުގެ ވާހަކައެވެ. އާދައިގެ ޕާސްޕޯޓަކާ ޑިޕްލޮމަޓިކް ޕާސްޕޯޓެކެވެ. މިދެ ޕާސްޕޯޓް އޮތީ ސަރުކާރުގެ އިދާރާއެއްގަ ތޯ ނުވަތަ ނާޒިމް އަތުގައިތޯއެވެ؟ ރާއްޖޭގައި މިހާރު ފުރުން ހުއްޓުވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ ބަދަލު ގައި އިމިގްރޭޝަން އަށް އަންގައިގެން ސިސްޓަމުން ބަންދު ކޮށްގެންނެވެ. މިގޮތައް ބަންދު ކުރުމަކުން އެޕާސްޕޯޓް އެހްނގައުމު ތަކަކަުން އަދި ހިފަހައްޓާނެ ސަބަބެއް ނެތެވެ.
ދޮގެއްތަ؟
29 May 2016
އަލިދީ އަށް މީގެ ފަހުން އަހަރެން ކިޔާނީ އަނދިރިދީ. އޭނާގެ ކޮމެންޓުން އޭނާގެ ނަން މިގޮތަށް ބަދަލު ކުރަން ބާރުދޭ.
ދޭ
29 May 2016
އިނގިރޭސި ވިލާތުގެ ކަރަޕްޓް ސްވަޔާ ވަނީ ފިލި ނާޒިމް އަތުން ސުޕާރީ ކައިފައެވެ. ވަން ހަންޑްރެޑް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ސްވަޔާ އަށް ދޭން އެއްބަސްވެގެން ޓްރެވެލް ޑޮކިއުމަންޓް އެއް ދިން ތިން ވަނަ ގައުމަކީ އެއީ އިނގިރޭސި ވިލާތެވެ. ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް..
ހުސެން
29 May 2016
އެއްބާރުލުން ނުދެންޏާ ރިޔާޒް ކައިރީގަ ބުނެގެން އިގިރޭސިވިލާތް ސައިޒް ކޮއްލާ ނޫނީ ޔާމީން ކައިރީގަ ބުނެގެން އިގިރޭސިވިލާތާއި އެކުގައި އޮތް ގުޅުން ކަނޑާލާ އެކެއް