ޚަބަރު / މާފުށީ ޖަލު

ޖަލުގައި ކުރި އަނިޔާތަކުގެ މައުލޫމާތު ހޯދަން ކޮމިޓީން ނިންމައިފި

ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މެމްބަރުން މިއަދު މަޝްވަރާއެއްގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދުގައި ހިންގި ލާއިންސާނީ އަނިޔާތަކުގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ނިންމައިފި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޒިޔާދު (ފިއްޓެ) "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުގެ ރިޕޯޓުތައް ހޯދަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރިޕޯޓެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޒިޔާދު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެ ރިޕޯޓުތައް ހޯދާފައި ކޮމިޓީން ބެލުމަށް ފަހު ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކޮށްގެން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައި،" ޒިޔާދު ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާ ކުރުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. ޖަލުތަކާ ގުޅޭ އޮޑިޓް ރިޕޯޓެއް އެކުލަވާލާފައިވާ އިރު، އޭގައި ހުރި ކަންކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރު އައުމުގެ ބޭނުމަކީ އަނިޔާވެރިކަން ނައްތާލުން،" އިންތި ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކޮމިޓީގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި އަނިޔާ ލިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަމުގައި ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ގޮޅިއަކުން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި ބޯ ބާލުވައި އަނިޔާކުރި ކަމަށް ވެ އެވެ. ބައެއް މީހުންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ. މި ދަރަޖައިގެ ލާއިންސާނީ އަނިޔާ ހިންގި ކަމަށް ކަރެކްޝަނަލް ސާވިސް އިން ދޮގު ކުރެ އެވެ. އެކަމަކު ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކުރުމުން ގައިދީންނަށް އަނިޔާވި ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދު ޖަލު އޮފިސަރުން ހިންގި ލާއިންސާނީ އަނިޔާ ސަރުކާރުން ބަލައިނުގަންނަ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަނިޔާކުރި އޮފިސަރުންނާ މެދު އެ ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ.

ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000 ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ ކަމަށް ކޮމިޓީއެއް ވެސް ހޯމް މިނިސްޓްރީން އެކުލަވާލި އެވެ.

22 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 10%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައްޓޭ

23 June 2019

ކޮންމެކަމަކަށް ކޮމިޓީ އެއް ހަދަން ފެނޭ .. އޭރުންތާ ގިނަ ލާރި ލިބެނީ

The name is already taken The name is available. Register?

ފޫހި

23 June 2019

ހެޔޮނުވާނެ ސަރުކާރުގެ އަދި އެޖަންޑާ 19 ގެ ވައުދުތައް ފުއްދޭތޯ އުޅެބަލަ. ކުއްވެރިންގެ ހައްގާއެއްވަރަށް ކުއްނުކުރާމީހާގެ އަސާސީ ހައްގުތައްވެސް އެބައޮތް. އެކަމަކު މިއުޅެނީ ބަސް ދަތުރުތައް އާރޫޓްތަކަށް ވެސް ނުފެށިގެން. 8 މަސް ވެގެންމިދަނީ. ކުދިކުދި ކަންކަން ވެސް ފެށުމަށް އެތައް މަހއް. ނަހުލާކޮބާތަ؟

The name is already taken The name is available. Register?

މަމޮޅު ރަދީފު

23 June 2019

ޕްރެކްޓިސް ކުރަން ތިއުޅޭނީ ވަރަށް ނުރައްކާތެރިކަމެކެވެ. ކުއްވެރިންގެ ހައްގުތައް މާބޮޑުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމެކެވެ.

The name is already taken The name is available. Register?

ޙިމާރުލް ވަތަން

23 June 2019

ސަރުކާރުއައީ އަނިޔާ ހުއްޓުވަން. ޢެކަމަކު އަނިޔާވަނީ ގިނަ. ކަޑަދޯ

The name is already taken The name is available. Register?

ސޭފު

23 June 2019

ޖަލުގެ ޙާލަތު ރަނގަޅުކުރަންޖެހޭނެތާ ދޯ... އަސްލު ނަޝީދަކީ ޔޫ2 ގެ ކުއްޖެކޭ...

The name is already taken The name is available. Register?

އިބުރާހީމޫ

23 June 2019

ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....

The name is already taken The name is available. Register?

އަލި

22 June 2019

ކޮންމެ ގައިދީއަކަށް އެޕާރޓްމެންޓެއް ދޭން ފެންނަނީ ރޫމް ސާރވިސް ލިބޭގޮތަށް...

The name is already taken The name is available. Register?

ހާރިސް ޔޫސުފް

22 June 2019

ކުބާ އެއްކަލަ އަނގަ ބޮޑު އިންތި ކަލޯ ސަރކާރު ތި އޮތީ ބޮޑު ތަނުން ފޭލި ވެފަ!؟މި ފަހަރު ކަލޭ އަނގަ އެއް ނެތްދޯ. އަދިވެސް ކޮމެޓީ ތަކާއި ކޮމިޝަން ތަކާއި ބޯޑުތަކާއި ހަދައިގެން ރައްޔިތުންގެ ލާރި ގަނޑު ކެވޭތޯ ބަލާ.

The name is already taken The name is available. Register?

ބޮޑުމީހާ

22 June 2019

ގައިދީންގެ ކަމެއްވީމަ ކޮމިޓީ ހަދައިގެން ބެލޭ. އާއްމު ރައްޔިތުމީހާ ދިރިއުޅޭ ހާލުނުބެލޭ. ގައިދީންނަށް 3 އިރު ބަރާބަރަށް ކާންލިބޭ. އާއްމު ރައްޔިތުމީހާ މިހުންނަނީ 2 އިރު ކައިގެން. ކޮމިޓީ ހަދައިގެން ދިވެހިން މިއުޅޭ ހާލުބަލާބަ.

The name is already taken The name is available. Register?

ބަނާނާ

22 June 2019

އަނިޔާވެރިކަން އޮތީ ހަމަ ކުރިއަށް. ދައުކަތުގެ ހަޒާނާ ލޫޓުވާލާ ޕާރޓީކުދިންނަށް ބަހާލަނީ. ގޮތްނޭގޭމަރުތައް މަދެއްނުވޭ. ރކޮމިޝަންތައްހަދައިގެން ބަޔަކަށް ލާރިގަޑެއްދޭން ކުޅޭ ޑްރާމާއެއްތީ. އަސްލުހޯދިއްޖެޔޭ ބުނިތާ 2މަސްވީ. ހާމައެއް ނުކުރެވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454