ފްލައިމީގެ ފްލައިޓެއް ރަންވޭގައި: ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް ގަދަކަމުން އަރައި ކުޑަކުއްޖަކު އަތުލި މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައި.
30 ޖޫން 2019 - 20:08
އދ. މާމިގިލީ އެއާޕޯޓުގައިި މިއަދު ހެނދުނު ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް ގަދަކަމުން އަރައި، މަންމަގެ އަތުން ދަރިފުޅު އަތުލަން އުޅުނު މީހަކު ހުއްޓުވައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
އޭވިއޭޝަން ސެކިއުރިޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން މާމިގިލީ އެއާޕޯޓުގައި މިއަދު ހެނދުނު ފުރަން ތައްޔާރުވެފައި އޮތް ބޯޓަކަށް މީހަކު އެރީ އޭނާ ހުއްޓުވަން ސެކިއުރިޓީ އޮފިސަރު މަސައްކަތް ކުރަމުން ދަނިކޮށް ގަދަކަމުންނެވެ. ބޯޓަށް އަރައި އޭނާ އުޅުނީ ކުޑަ ކުއްޖަކު ގޮވައިގެން ދާން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އޭނާ ހުއްޓުވައި ބޯޓުން ބޭލީ އެ ވަގުތު ޑިއުޓީގައި އިން ސެކިއުރިޓީ އޮފިސަރެވެ.
މި މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމުން އުމުރުން 34 އަހަރުގެ މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން މާމިގިލީ ކޯޓަށް ވެސް ހާޒިރުކުރި އެވެ. އެކަމަކު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގަދަކަމުން ފްލައިޓަށް އަރައި ހިންގި އަމަލަކީ އެއާޕޯޓު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަަމަށް ބުރޫއަރާ އަމަލެއް ކަމަށް އޭވިއޭޝަން ސެކިއުރިޓީގެ ބަޔާނުގައިވެ އެވެ. އެއާޕޯޓުތަކާ ގުޅޭ ގާނޫނާއި ގަވާއިދުތައް ހަދާފައި ހުންނަނީ އެ ތަންތަން ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން ފާހަގަކޮށް، އެފަދަ އަމަލުތައް ނުހިންގުމަށް އޭވިއޭޝަން ސެކިއުރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްލީން
01 July 2019
މިއޮތް ހުރިހާ ދުވަހު ޑޮމެސްޓިކް ޓާމިނަލްތައް ފެނިފަ ހިތަށް އަރާ އެހެން ބޯޓަށް އެރުމަކީ ހާދަ ފަސޭހައިން ވާން އޮތް ކަމެކޭ، މިއަދު އެނގިއްޖެ އަސްލުވެސް އެކަން އެހެން ކުރެވިދާނެކަން.
ކޮބާ..ކޮބާ
01 July 2019
ސެކިއުރިޓީ ފެންވަރު ދެރަވީމަ ވާނެ ގޮތް...
ތިމަންނަ
01 July 2019
ދޮންކަލޯ ސާލިހާ , ކިހިނެއްތަ މިވަމުންދަނީ , ދުވަހަކުން ދުވަހަކު ތިބާގެ "ބޮޑުން" ނުކުޅެދޭކަން ފެންނަމުން ދަނީ
އެކްތާ
01 July 2019
ރައްޔިތުންގެ ނުކުޅެދުން ތެރިކަން އެއީ..
ސީދާ
01 July 2019
ގަދަކަމުން ބޯޓަށް އަރާ ކުއްޖާ އަތުލަން އުޅުނު މީހާ ބަންދު ނުކޮށް ކޯޓުން ދޫކޮށްލީ. މިއީ ކޮންކަހަލަ ގާޟީން އުޅޭ ކޮންކަހަލަ ގައުމެއްބާ؟؟
ފުންއަސަރު
01 July 2019
ތިފަދަ ކަމެއް ދިމާވީމަ ތިތަނުގެ ސެކިއުރިޓީގެ ފެންވަރު ވަރަށް ރަނގަޅަށް ހާމަވޭ. ޓާމިނަލުން ބޭރުވީކަމުގާ ވިޔަސް، ބޯޓަށް އަރަން ފުރުސަތު ލިބިގެން ނުވާނެ. އެހާލަތަށް ދާންވާއިރަށް ފިޔަވަޅު އެޅެންވާނެ. ނޫނީ މިފަދަ ކަންކަމުން އެހެންމީހުނަށް ނުރައްކަލާ ކުރިމަތިވެދާނެ.
އޮފިސަރ އިންޗާޖު
01 July 2019
ކީއްވެބޭ ފުލައިޓާ ހަމައަށް އޭނައަށް ދެވުނީ. ކޮބާ މުވައްޒަފުންގެ އިހުމާލު. ތަހުޤީޤު ކުރަންވީ ހަމައެކަނި ފުލައިޓަށް އެރިމީހާއެއްނޫން. އޭނަ އެހިސާބަށް ދިއުމުގައި އިހުމާލުވި މުވައްޒަފުންނަށްވެސް ފިޔަވަޅު އެލެންޖެހޭނެ. ކޮންމެ ކޮންމެ މީހަކަށް މަތިންދާބޯޓާ ހަމައަށް ދެވެންޏާ ދެން ކޮންމެފަދަ ހިތާމަވެރި ހާދިސާއެއްވެސް ހިނގާފާނެ. އަޅުގަނޑަށް މާގޯސް ދިޔަމީހާއަށްވުރެ ސެކިއުރިޓީ އޮފިސަރުން.
ޕްރޭނާ
01 July 2019
ދެން އެހެންވީމަ މިފަހަރު ޓްރާންޕޯޓް މިނިސްޓަރު ދޯ އިސްތިއުފާ ދޭންވީ.....
ސަލީމްބެ
01 July 2019
ގަދަކަމުން ވިޔަސް، ފުރަން ތައްޔާރުވެފާ އިން ފްލައިޓަކަށް އެރުނުގޮތް ތަހުގީގު ކުރުމަށް ސިވިލް އޭވިއޭޝަން އަށާއި މުވައްސަސާތަކަށް ގޮވާލަން.
ބްލެޑަރ
01 July 2019
އެއާރޕޯޓްގައި ކުއްކުރާ މީހުން ހިފާ ހައްޔަރު ކުރުމުގެ ބާރު އޭވިއޭޝަން ސެކިރިޓީ ކޮމާންޑަށް ނެތުމުން ވީގޮތެއް. 1972 ވަނަ އަހަރު އުފައްދައިފައިވާ މުއައްސަސާއަށް ގާނޫނެއް ހެދިފައި ނެތުން މީ ލަދުވެތި ކަމެއް.
ތަކުރުބެގެ އައްޑަނަ
01 July 2019
ބުނަން، ހިތާވެގެން އުޅޭ މަންޖެވެސް ފުރަންދިޔައިމަ، ޝާހުރުޚާންވެސް އެއަރޕޯޓު ސެކިއުރިޓި ފުޑާލާ. އެހެންވީމާ އަދި ދަރިޔަކަށްޓަކާ، އެއަރޕޯޓު ކީއްކުރަން، ދެކޮރެއާގެ ސަރަޚައްދީ ރޮނގު ފުޑާލާވެސް ވަންނާނެ، އެވަރަށް ލޯބިވަންޏާ. މަވެސް ނުބަލާނަން މީހަކު ކިޔައިފާނެ އެއްޗަކަށް ނޫނީ ފަހުން ވެދާނެ ގޮތަކަށް. ލެޔާ ނުކުޅެވޭނެ. ބަޓް ސްޓިލް، ސެކިއުރިޓީ ތަންކޮޅެއް ވަރުގަދަ ކޮއްލާ. މިއީ ހިންދީ ފިލްމެއް ނޫނެއްނު.
އާރީ
01 July 2019
އޭވިޔޭސަން ސެކިއުރިޓީ ތިއޮތީ ބޮނޑްތަނުން ފެއިލްވެފާ.