ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލުނު ޝައިމް.
05 ޖުލައި 2019 - 10:49
ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނާ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި، ދެ މީހަކު ހައްޔަރު ކުރިކަމުގެ އިތުރުން ތަފްސީލެއް ނުދެއްވަ އެވެ.
ހަމީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެފަދަ ކުށުގެ ވެއްޓަށް ވަންނަ ކުދިން އަނބުރާ މުޖުތަމައުއަށް ގެނެވޭނީ މުޖުތަމައުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އެއީ ކަމާ ގުޅުންހުރި ދާއިރާތަކުގެ އެކަނި ޒިންމާއެއް ނޫން ކަމަށް ކޮމިޝަނާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.
It is the responsibility of all citizens to help children who are in conflict with law. There is much to do by the State to develop infrastructure and systems to help these children to become better citizens. Laws and regulations alone won’t work.
— Mohamed Hameed (@M_Hameedh) July 5, 2019
ކޮމިޝަނާ ހަމީދު މިއަދު ކުރެއްވި ޓްވީޓް---
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް، 14، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އެ އަށް ފަހުން ތިން ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. އޭނާ ހޯދީ މާލޭގެ ގެއަކުންނެވެ. އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު،
07 July 2019
ތިކުއްޖާ ފޮރުވައިގެން ގެންގުޅުނު މީހުނަށް ހަމަ ހަރުކަށި އަދަބު ދޭންވީ، ތިޒާތުގެ ކުދިންގެ އުނދަގޫ އިންތިހާޔަށް ވަނީ ބޮޑުވެފަ، ވައްކަން ކުރުން އެވަރު، ރާއްޖެތެރޭގެ ރަށް ރަށުގައިވެސް ތިވެރިންގެ އުނދަގޫ އިންތިހާޔަށް ވަނީބޮޑުވެފަ، މީހުންގެ މުދަލާ ތަކެތިން ވައްކަން ކުރުމުގައި ހައްދެއްނެއް،
ވާލުސޮރު
05 July 2019
ކަންމަތި ގުރޫޕުތަކުގެ ބާރު ކަނޑުވާލައިގެން ނޫނީ ތިކަންތައްތައް ހައްލެއް ނުގެނެވޭނެ. ޔާމީނު ކޮޅަށް އަރައިގެން ކިތަންމެ ތެޅިބޭލިޔަސް މިގައުމުން ޕާޓޭންގެ ކަންތައް ނިންމާލަން ޖެހޭ
ބަބުރަންޖީ ހާޖީ
05 July 2019
މިކުއްކާވެސް ބަހައްޓަންޖެހޭނީ ޚައްސަތަނެއްގާ. ނޫނީ ދެންތިބިކުދިންގަޔަށް ގޭންގު ވައިރަސް އަރައިދާނެ.
މަންމަބައްޕަ
05 July 2019
ތިޔަ ކުއްޖާއާއި ތިޔަފަދައެހެން ކުދިންނަށް ރަނގަޅުގޮތް މިންވަރުކުރައްވާށި.