ފެނަކައިން ހިންގާ ޅ.ހިންނަވަރު އިންޖީނުގެ. އެކުންފުނިން ތެޔޮ އެތެރެކުރާ ނަމަ ކަރަންޓް އަގުހެޔޮކުރެވުނީސް
11 ޖުލައި 2019 - 10:59
އެކި ރަށްރަށަށް ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ އެ ކުންފުނިން އަމިއްލަ އަށް އެތެރެކުރާ ނަމަ ކަރަންޓްގެ އަގު މިހާރަށް ވުރެ 20 ޕަސެންޓް އަގުހެޔޮ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު އިއްޔެ ވިދާޅުވީ ފެނަކަ އަށް ބޭނުންވާ ތެޔޮ ސީދާ އެ ކުންފުނިން އެތެރެކުރާ ގޮތަށް ހަަމަނުޖެއްސިގެން އުޅެނީ ތެޔޮ ގެންގުޅޭނެ ސްޓޯރޭޖެއް ނެތިގެން ކަމަށެވެ.
"އެ ކެޕޭސިޓީ އިތުރު ކުރަން ބަލާއިރު އަނެއްކާ ވަރަށް ބޮޑު ކެޕިޓަލް އިންވެސްޓްމަންޓެއް ކުރަން ޖެހޭނީ،" ސައީދު ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ކުރެއްވި އެ ސުވާލަށް ޖަވާބު ދެއްވިއިރު، ކަރަންޓްގެ އަގުން ހެޔޮ ކުރެވޭނީ ސީދާ ކިހާވަރެއްކަން ސައީދު ފުރަތަމަ ވިދާޅެއް ނުވެ އެވެ. އެކަމަކު އިބްރާހީމް ރަޝީދު ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ސައީދު ވިދާޅުވީ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމަށެވެ.
"ގާތްގަނޑަކަށް ވިއްސަކަށް ޕަސެންޓްވަރު ތަފާތެއް އަންނާނެ،" ޖަވާބު އެއަށް ވުރެ ސާފުކޮށްދެއްވަން މެމްބަރު އެދިވަޑައިގަތުމުން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސިއްޖެ ނަމަ އެއީ ފެނަކަ އަށް ކުރެވިދާނެ ކަމެއް ކަމަށާާއި އެހެން ނަމަވެސް ކަރަންޓްގެ އަގުހެޔޮ ކުރަން އިއާދަކުރަނިވި ހަކަތަ އަށް ދިއުން މާ ރަނގަޅު ކަމަށެވެ.
އޭނާ ވިދާޅުވީ ތެޔޮ ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސިއްޖެ ނަމަ އެއީ ފެނަކަޔަށް ކުރެވިދާނެ ކަމެއް ކަމަށާާއި އެހެން ނަމަވެސް ކަރަންޓްގެ އަގުހެޔޮ ކުރަން ، އިއާދަކުރަނިވި ހަކަތައަށް ދިއުން މާ ރަނގަޅު ކަމަށެވެ. ފެނަކައިގެ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ އަމާޒަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަމާޒަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާބާދީގެ 70 އިންސައްތައަށް ރިނިއުވަބުލް އެނާޖީ ނިޒާމުން ކަރަންޓް ފޯރުކޮށްދިނުން. އެއީ ހަމަ އެކަނި ރާއްޖޭގެ ރައްޔިތުންނަށް އޮތް އެންމެ އަގުހެޔޮކޮށް ކަރަންޓް ދެވޭނެ ހަމަ އެކަނި ގޮތަކީ،" ސައީދު ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަޔަށް ތެޔޮގަތުމަށް އެކަށީގެން ނުވާހާ ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކުރި މައްސަލައިގެ ގިނަ ސުވާލުތަކެއް ކޮމިޓީގެ މެމްބަރުން ސައީދަށް އަމާޒުކުރި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ތެޔޮ ގަނެގެން ބޮޑު އަގުގައި ވިއްކި ކުންފުނިތަކެއްގެ ތެޔޮ ވެސް ފެނަކައިން ގަނެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިތަކަށް އެފްއެސްއެމްއިން 6.58.ރ އަށް ލިޓަރެއްގެ ރޭޓުން ވިއްކި ޑީސަލް ފެނަކައިން ގަނެފައި ވަނީ 28ރ. އަށް ލިޓަރެއްގެ މަގުންނެވެ.
ފެނަކަ އަށް އަގުބޮޑުކޮށް ތެޔޮ ވިއްކި ކުންފުނިތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏެެއް ހިމެނޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އެފްއެސްއެމް އިން އެ ކުންފުނިތަަކަށް 6.58ރ. ގެ ރޭޓުން ތެޔޮ ވިއްކި އިރު ފެނަކަޔަށް ވިއްކީ 8.25ރ. އަށެެވެ.
ވެރިކަން ބަދަލުވި އިރު ފެނަކަ އިން އެފްއެސްއެމް އަށް 658 މިލިޔަން ރުފިޔާ ދައްކަން އޮތް ނަމަވެސް އޭގެ ތެރެއިން 392 މިލިޔަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތް
12 July 2019
މެރީޑިއަމް އިން 28 ހަށް ތެޔޮގަތީ އަންނި ދައުރުގަ ގެނައި ބަދަލަކާއި ގުޅިގެން. އެކަން ހުއެޓުވީ ޔާމިނު ދައުރުގައި. ފެނަކައަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ވިއްކާތާ އެތަކެއް އަހަރެއް.. ސައީދު މިކަން ރަންގަޅައް ބައްލަވާފަ މައުލޫމާތު ދީ...
ހޮޓްކިންގ
11 July 2019
ތިއުޅެނީ އެހެންގަނޑެއް ގަންނަން. އިބޫ ކަރަންޓް އަގުހެޔޮކޮށްފާ މިހާރު އޮތީބިލުން އެކަން ނޭނގުނަސް. ރައްޔިތުން ތިބީ އިބޫ އެވައުދު ފުއްދީމާ އުފަލުން.
ރޮނގުދޯ
11 July 2019
ތިޔާއީ ކަނޑުގައި އަޅާލާ ރޮނގު ތަކޭ މިހާރު ގެއްލިއްޖެ ދޯ..
ިއިބްރާ
11 July 2019
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނީވެއް ކަރަންޓާއި ފެނުގެ އަގު ހެޔޮކުރަން. ކޮން އިތުރު ބަހަނާއެއްތޯ ތިޔަދައްކަވަނީ؟
އަލީީީ
11 July 2019
ދުވަސްކޮޅަކުން ބުނާނެ އަމިއްލައަށް ތެޔޮގެނައީމަ ސްޓޯރޭޖާއި މީހުނާއި އުޅަނދުތަށް ހޯދީމަ ހަރަދު މާ ބޮޑުވެއްޖެޔޯ. ހެޔޮ އެއްވެސް ގޮތެއް ނޯންނާނެ.
އުދުހޭ
12 July 2019
މިހެން ކިޔައިގެން ތެޔޮ އެތެރެކުރަން ބޯޓުފަދަ އަގުބޮޑު އެއްޗެހި ގަތުމުގެ ފުރުސަތު ހޯދާފައި އެއިން ކޮރަޕްޝަން ހިންގީމާ މުއްސަނދިވީނުން
ކަނބިލި
11 July 2019
ކުންފުނީގެ ބޮޑެތި މީހުންނާއި ޕާޓީ ކުދިންގެ ޖީބުތައް ފުރާލެވޭނެ މޮޅު އައިޑިއާ އެއް ތީ
މާރަނގާ - އައްޑޫ ސިޓީ
11 July 2019
އެސްޓީއޯގެ %30 ޕަސެންޓްހިއްސާވާގޮތަށް ވެލާނާއެއަރޕޯޓް، ގޭންއެއަރޕޯޓްގައި 50މ ގެލަނުގެ ޖެޓްފިއުލް އަދި ހަނިމާދޫގައި 10މ ގެލަން ރައްކާކުރެވޭނެ ސްޓޮރޭޖް އަދި ސްޓެލްކޯ، ފެނަކަ އަދި މަސްވެރިންނަށް 6 މަސްދުވަހަށްފުދޭވަރަށް އުތުރާއިމެދުރާއްޖެ އަދި ދެކުނުގައިރައްކާކުރެވޭނެއިންތިޒާމާއިއެކު ޕްރޮޖެކްޓް ފަށައިގަތުމަށް STO އެއްވެސް ޙަރަދެއްކުރާން ނުޖެހޭގޮތަށް ވިޔަފާރީގެ ބައިވެރިއަކަށް ވާނެ ފަރާތަކަށް” 50 އަހަރަށް STO ބައިވެރިއަކަށްވާން ފުރުސަތުދީ.
މާރަނގާ - އައްޑޫ ސިޓީ
11 July 2019
ގޭން، ހަނިމާދޫ އަދި ވެލާނާ އެއަރޕޯޓަށް ބޭނުންވާނެ ޖެޓް ފިއުލް ތިން އެއަރޕޯޓްގައި މަދުވެގެން 3 މަސްދުވަހުގެ ސްޓޯރޭޖާއިއެކު އަދި ސްޓެލްކޯ، ފެނަކައަށް ބޭނުންވާ ޑީސަލާއި ޢަޑީތެޔޮ އެތެރެކޮށް ރާއްޖޭގެ އުތުރ/ާއި މެދުރާއްޖެތެރެ(މާލެއާއިއެކު) އަދި ދެކުނު ގައި ތިންސަރަހަށްދަށް 6 މަސްދުވަހަށް ބެހެއްޓޭވަރުގެ ސްޓޯރޭޖް ކެޕަސިޓީ އަމިއްލަ ޙަރަދުގައި ހަދާ ދުނިޔޭގެ މާކެޓްގައި ހުރިއަގަށް ވިއްކާނެ ބަޔަކަށް 50 އަހަރަށް ދޫކޮށްލުން މާބޮޑަށްވެސް ރަނގަޅުވާނެ.
ތެޔޮ
11 July 2019
ކީއްވެބާ ސީދާ އެފް.އެސް.އެމް އިން ފެނަކަ އަށް ތެޔޮ ނުގަތީ؟؟؟؟؟؟؟ މި ޖަރީމާ ހިންގަން ދެއްތޯ؟ އަދުރާ، ރިޔާޒު އަދިވެސް އަރާ ފަޅޮލޭ ކިޔާނެ. ގަޓު އުމަރުހެން...ހައް ހައް ހައް
ައަނނނނ
11 July 2019
ސަދޫމުގެ ސިފަތައް މިފެންނަނީ.