ޚަބަރު / ހައުސިން ޔުނިޓް

7،000 ފްލެޓަކީ 4 ބިލިއަން ރުފިޔާގެ ދަރަނީގެ "ދަންތުރައެއް"!

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް: މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނަކުން.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ 7،000 ފްލެޓުން ދައުލަތް "ދަރަނީގެ ދަންތުރައެއް"ގައި ޖައްސާފައިވާ ކަމަށް ވިދާޅުވެ، ދައުލަތާއި ރައްޔިތުންނަށް އެ ގެއްލުން ދިން މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އިއްޔެ ގޮވާލައްވައިފި އެވެ.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ނަމުގައި 46 ބިލިއަން ރުފިޔާގެ ދަރަނިން ދައުލަތަށް ވަނީ ބުރަ ބޮޑުކޮށްފަ އެވެ. ކުރީގެ ސަރުކާރުގައި މިގޮތަށް މިކަން ކުރެވުނީ ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ނެތުމުން ކަމަށް ދެ މެމްބަރުން ވިދާޅުވި އެވެ.

ޗައިނާގެ ކޮންޓްރެކްޓަރު، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ. މި ލޯނާ އެކު ރާއްޖޭން އެހެން ގައުމުތަކަށް ދައްކަންޖެހޭ ދަރަނި 31 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މީގެ ތެރެއިން 25 ބިލިއަނަކީ ޗައިނާ އަށް ދައްކަންޖެހޭ އަދަދެވެ.

އިލްޔާސް ލަބީބް ވިދާޅުވީ 7،000 ފްލެޓަށް 8.7 ބިލިއަން ރުފިޔާ ހޭދަވުމަކީ ދައުލަތަށް އުފުލޭ ވަރަށް ވުރެން މާ ބޮޑު ބޮޑު ބުރައެއް ކަމަށެވެ. އެ އަގުން ބަލާ ނަމަ ފްލެޓެއްގެ އަކަފޫޓަކަށް 1،987ރ. ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ އަގުތައް އުޅެނީ އަކަ ފޫޓަކަށް 1،000-1،200ރ. އާ ދެމެދުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. މުޅިން ނުނިންމާ އިމާރާތްތަކުގެ އަގު އުޅެނީ އަކަ ފޫޓަކަށް 800-1،000ރ.އާ ދެމެދުގެ އަގަކަށް ވާ އިރު، އަގުބޮޑުކޮށް މި މަޝްރޫއު ކުރިއަށް ގެންދަން ޖެހުނު ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"ހުޅުމާލޭގެ 7،000 ފްލެޓުގައި އަކަ ފޫޓަކަށް 1،987 ރުފިޔާ ޖެހިފައި އިންނަ އިރު އެތަނުގައި ޓައިލްސްއެއް ނެތް، ފާރުގެ ކުލަ ކޮޅެއް ނެތް. އެ ތަނުގެ ދޮރެއް ނެތް. މިތަނަށް މި ކިޔަނީ ފްލެޓެކޭ، ކުޑަކުޑަ ތަންކޮޅެއް، 540 އަކަ ފޫޓުގެ،" އިލްޔާސް ވިދާޅުވި އެވެ.

"މިއީ 4 ބިލިއަން ރުފިޔާ އަގު ބޮޑުކޮށް އަޅާ 7،000 ފްލެޓް. މި ފައިސާ ދައްކަން މި ޖެހެނީ ދިވެހި ސަރުކާރުން. ފްލެޓް ލިބިގެން ފްލެޓަށް ދިރިއުޅެން ވަންނަ މީހުންގެ އަތުން އެ 4 ބިލިއަން ރުފިޔާ ނެގުމަކީ އިންސާފެއް ނޫން. ސަރުކާރުން އެ ޒިންމާވާން ޖެހޭނެ، އެ ދައްކަން ޖެހޭނެ."

އޭނާ ވިދާޅުވި ގޮތުގައި މިކަމުގައި ޒިންމާވަނީ ކުރީގެ ރައީސްތޯ ނުވަތަ ކުރީގެ ހައުސިން މިނިސްޓަރުތޯ ނޫން ނަމަ ޒިންމާ ވާން ޖެހޭނީ އިންޓްރެސްޓް ބޮޑުކޮށް ލޯނު ދޫކުރި ޗައިނާ އިންތޯ ވެސް ބަލަން ޖެހެ އެވެ.

"ސަބަބަކީ މިއީ ދަރަނީގެ ދަންތުރައެއް ދިވެހިންގެ ބޯ މައްޗަށް ވައްޓާލާފައި އޮތް. މިކަމުން ދިވެހިން ސަލާމަތް ކުރަން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ވެސް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަރަންޏަކީ ދައުލަތަށް ބޮޑު ތަކުލީފެއް ކަމަށެވެ. އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވެސް ގޮވާލެއްވީ އެކަން ބަލައި ފިޔަވަޅު އެޅުމަށެވެ.

"މީގެން ފްލެޓެއްގެ އަކަ ފޫޓަކަށް ދައްކަން ޖެހޭ 1987.12 މިލިއަން ރުފިޔާ. މި މާލޭގައި އިމާރާތެއްގެ އަކަ ފޫޓަކަށް 1000-1200ރ. ދެމެދުގެ އަދަދެއް މި ދައްކަން ޖެހެނީ. އެއީ ތަށިމުށި ނުޖަހާ، ދޮރު ހަރުނުކޮށް ހުންނަ އިމާރާތެއް ނަމަ،" ޝިޔާން ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މިއީ ޗައިނާ އިން ގަސްތުގައި ދައުލަތަށް އުފުލަން ޖެއްސި ބޮޑު ބުރައެކެވެ.

"މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް 6،000ރ. އަށް ފްލެޓެއް ދޭ ނަމަ ދައުލަތުން އިތުރަށް ދައްކަން އެބަ ޖެހޭ 4.6 ބިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

"ޗައިނާ ސަފީރު ވެސް މިކަން ސާފުކޮށްދެއްވަން ޖެހޭ، ކިހިނެއްތޯ ދައުލަތަށް މިހާ ބޮޑު ބުރައެއް އުފުލަން މި މަޖުބޫރުވަނީ. ޗައިނާގެ އެގްޒިމް ބޭންކުން މިވަރުގެ ދަރަންޏެއް ދިވެހިންގެ ބޮލުގައި އެޅުވި ބޭނުން ވެސް ސާފުކޮށްދޭން ޖެހޭ،" ޝިޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިޔަތް ރަނގަޅު ނަމަ، މާކެޓް ރޭޓަށް ވުރެ ދެ ގުނަ ބޮޑު އަގުގައި ދިވެހިންގެ ބޮލުގައި ދަރަނި އަޅުވަައި ދައުލަތަށް ބުރަ އުފުލާކަށް ނުޖައްސާނެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ މި މަޝްރޫއުގެ ފިނިޝިން ކޮސްޓުގެ އިތުރުން ފައިނޭންސް ކޮސްޓް، ލޭންޑް ކޮސްޓް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮސްޓް ހިމެނުމުން މަޝްރޫއުގެ ޖުމްލަ އަގު 560 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ޔުނިޓަކަށް ގާތްގަނޑަކަށް 82،000 ޑޮލަރު، (1.2 މިލިއަން ރުފިޔާ) ޖެހޭ މިންވަރެކެވެ.

ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތީ ފްލެޓަކަށް މަހަކު 5،600ރ ގެ ކުއްޔެކެވެ. އެކަމަކު މިހާރު ކުރަން ޖެހޭ އިތުރު ހަރަދުތަކާ އެކު ފްލެޓަކުން މަހަކު 11،000ރ ދައްކައިގެން ނޫނީ ކުޑަމިނުން ލޯނަށް ވެސް ފައިސާ ހަމަނުކުރެވޭނެ ކަމަށް އެޗުޑީސީން ބުނެ އެވެ. ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަގު ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ހިޔާ މަޝްރޫއުގެ މި ފްލެޓްތައް ނިމޭނީ އަންނަ ފެބުރުއަރީ ނުވަތަ މާޗް މަހު އެވެ.

155 ކޮމެންޓް, 146 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 8%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަނ

05 April 2020

ދެނެއް ނެތްތަ އިތުރަށް ލާނެ އެއްޗެއް؟ ތިވަރަކަށް ރައްޔިތުންނަށް އޮޅުވާލެވޭނީ. ހުރިހާ ކަމަކުން މަކަރު

The name is already taken The name is available. Register?

އިމްނާ

13 July 2019

6500/15.42 =421 ޑޮލަރު×7000 ފުލެޓް =2947000ޑޮލަރު މަހަކުން ×12=35364000 ޑޮލަރު އަހަރަކު ×15އަހަރު =530460000ޑޮލަރު ×15.42=8179693200 ރުފިޔާ 15 އަހަރުން ލިބޭނެ ދެންކީކޭތަ މިކިޔަނީ ބޯހަލާކު

The name is already taken The name is available. Register?

އެނަލިސްޓް1

12 July 2019

1.2 މ ރުފިޔާ ޖެހޭނަމަ މިހާރުގެ ކޮމާށަލް ރޭޓްތަށް ރައްޖޭގަ އަދި އޭށިޔާގަ ގައުމުތަކުގަ ލިބެންހުރި އަގުތަކަށް ބަލާއިރު ތިފުލެޓްތަކަކީ އަގުމާބޮނޑުތަނެކޭ ނުބުނެވޭނެ. 1.2 މ ރުފިޔާގެ ލޯނެއް ތިބޭފުލުން ވައުދުވިގޮތަށް 5% (ކުރީސަރުކާރުން ގާކޮށު،އަރަބިއްޔާ ދިންރޭޓްގަ) ދެއްވާ، އޭރުން ޖެހޭނީ 20% ކެދުމައްފަހު ދައްކާނަމަ ގިނަވެގެން 6300ރ ، އައްމުން އޮޅުވާ ނުލައްވާ.

The name is already taken The name is available. Register?

ކުލި ބޭ

12 July 2019

މާލޭ މީހުންގެ ކުލީގެ ވިޔަފާރި ހުލި ވެދާނެތީ ހާދަވަރެއް މިވަނީ!! މިހާރު އުޅެނީ 150 އަކަފޫޓު ތަންކޮޅެއްގައި 3 ގުނަ ބޮޑު ކުއްޔެެއްގަ! އެހެންވީމަ އޭގެ 4 ގުނަ ބޮޑު ތަނެއް 3 ގުނަ އަގު ހެޔޮކޮށް ހޯދައި ދިނީމަ ގަބޫލް ނުކުރާހާ ތަންދޮރު ވަކި ނުވާހާ ވަރު ބައެއް ނޫން އަހަރެމެންނަކީ! އިރު އިރު ކޮޅާ މިފަތިވަރު މި ނޫހުގެ މި ލިޔާ ސަބަބެއް ވެސް ހޯދަން އެބަ ޖެހޭ!

The name is already taken The name is available. Register?

ހޫރު

12 July 2019

ބަލަ ވޭތުވެފިޔަ ސަރުކާރުން ޖީއެމްއާރަށްދައްކަންޖެހުނު ކަން ހަފާނެތުނީތަ

The name is already taken The name is available. Register?

ޑުރެކިއުލާ

11 July 2019

މާލޭމީހާ އަތޮޅުތެރޭމީހާއަތުން ކޮންމެމަހަކު ފެލާ އެތައް ބިލިއަން ރުފިޔާގެ ކުލި ޖަމާވަނީ މާލޭމީހާގެ އެކައުންޓަށެވެ. އެފައިސާ ދައުރުވަނީ މާލެތެރޭގައެވެ، މާލޭގެ އިގުތިސޯދަކީ އޮތީ އެފައިސާއެވެ. އެހެންނަމަވެސް ދުވަސްކޮޅަކުން މާލެސަރަހައްދުގައި ދައްކާހާ ކުއްޔެއް ކަލެކްޓްކޮށްފައި ޑޮލަރަށް ބަދަލުކޮށްފައި މަހުން މަހަށް ޖަމާކުރާނީ ޗައިނާއާއި އިންޑިއާގެ ބޭންކުތަކަށެވެ. ރާއްޖެ ދުވަހަކު ދެކިފައިނުވާފަދަ މައްސަލަތައް ކުރިއަށް އެބަހުއްޓެވެ. ދޮގެއްތޯއެވެ.

The name is already taken The name is available. Register?

ހޭބަލިމިތުރު

11 July 2019

މީހަކުއަޅެފަހެ ބުރާންޗެއްނުވާނެތަ؟. އަލިފާނެއް ފެނެއް ވަކިނުވާހާލު މަށައްވާނޭކިޔާފަ ވެރިކަމައްއަރާތިތިބީ މުޅިދައުރުނިމެންދެން މުޅިރާއްޖެ އާބާދުކުރަމުންދިޔަ އަދި ދައުލަތުގެ ރިޒާވް 20% މަތިކޮއްދިން ސަރުކާރައް ބަވަންތަ؟ ކަމެއްކުރަންނޭގޭބަޔަކައް ކޮންމެކަމެއްވެސް ބުރަވާނެ، ވެރިކަމުގަމިވީ 6 މަހައްވުރެ ގިނަދުވަހު ޔާމީނުކެއީ، ޔާމީނުކެއީ ނޫއްއެއްޗެއް އެބަކިޔޭތަ.

The name is already taken The name is available. Register?

ޕޮކަންޑިމަން

11 July 2019

ޝިޔާން މަޖިލީހުގައި ބުނީ 4.6 ބިލިއަން ރުފިޔާއެކޭނޫން، 46 ބިލިއަން ރުފިޔާއޭ! 46 ބިލިއަން ރުފިޔާ އެއީ ކިހިނެއް އަންނަ ކިހާ ވަރެއްގެ ފައިސާކަން ލިޔުންތެރިޔާއަށްވެސް ޝިޔާންއަކަށްވެސް ނޭނގޭނެކަން މަށަށް ކަށަވަރު

The name is already taken The name is available. Register?

މަތިވާވަރުބަލާފައޭ

11 July 2019

އެއްގޮތަކަށް ވެސް ތިޔާ 7 ހާސް ފްލެޓްސް ތަކަށް ދިން ލޯންގެ އިންޓަރެސްޓް ވެސް ބޮޑެއް ނޫން އަދި ލޯންގެ އަދަދު ވެސް ބޮޑެެއް ނޫން ފްލެޓެއް ނުޖެހޭ ތަމްބް ރޫލް އިން ބަލާނަމަ 60 އަހަރަށް ބަހާލުމުން މަހަކު 1500 ރުފިޔާގެ ކުލި ވެސް ސަރުކާރުން މިފްލެޓްސް ތައް ކުއްޔަށް ދޭން ޖެހޭނީ އިކޮނޮމިކްސް ގައި ތަންބް ރޫލް ބޭނުން ކޮށްގެން މެތެމެޓިކްސް ހަދައިގެން ނޫނޭ އޭގެ ބަދަލުގައި މިފްލެޓްސް ތައް ހެޔޮ އަގުގައި ދިނުމުން ކޮންޒިއުމަރ ސްޕެންޑިންގް ޕަވަރ މަތިވެ ޖީއެސްޓީ

The name is already taken The name is available. Register?

ޢެޑްމުންޑޯ

11 July 2019

އެއްވެސް ކަމެއްނުކޮއްތިބެ ކުރީސަރުކާރުން ރައްޔިތުންނަށް ފަށާފައިހުރި ތަރައްގީގެ ލުއިފަސޭހަތަކަށް ޖެއްސުންކުރުން ނޫންކަމެއްނުކުރޭ ، މިމީހުންނަށް ބްރިޖް އެޅީމާ ކަމުނުދިޔަ ، އެބުރިޖުން ދުވާލަކު 50 ހާސްމީހުން ދަތުރުކުރޭ ، 7 ހާސް ފްލެޓް ކަމަކުނުދިޔަ ، އެއީ 16 ވަރަކަށް ހާސްމީހުންގެ ބޯހިޔާވަހިކަން ، 25 ބުރި އިމާރާތް ކަމަކު ނުދިޔަ ، އަޖާބެއްކަހަލަ ދިއުޅިއެއްނުވާ ބައެއްމީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454