މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުގެ އަހަރީ ދުވަހުގެ ޕްރޮމޯޝަން ފަށައިފި

ރީތިވުމަށާއި ޒީނަތްތެރިވުމަށް އެކިއެކި ފަރުވާތަކާއި ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުގެ ތިން ވަނަ އަހަރީ ދުވަހާ ގުޅޭ ހާއްސަ ޕްރޮމޯޝަނަށް މިއަދު ފަށައިފި އެވެ.


އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން އެ ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ އެނިވާސަރީ ގިފްޓް ކާޑެއް ލިބޭނެ އެވެ. މެޑިކަލް ސްވިސް ބިއުޓީ އިން ބުނީ އެނިވާސަރީ ހަފްތާގައި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ގިފްޓް ކާޑު ބޭނުންކޮށްގެން އޮގަސްޓް މަހާ ހަމައަށް ހަދާ އިތުރު އެޕޮއިންޓްމެންޓްތަކުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މެޑިކަލް ސްވިސް ބިއުޓީ ސެންޓަރުން ބުނި ގޮތުގައި އެ ގިފްޓް ކާޑު ބޭނުންކޮށްގެން ރައްޓެއްސަކަށް ވެސް އެ ޑިސްކައުންޓް ލިބޭނެ ގޮތް ހަމަޖެއްސޭނެ ކަމަށެވެ. އަދި އެ ޑިސްކައުންޓް ހޯދުމަށް އެ ކާޑުގައިވާ އިރުޝާދާ އެއްގޮތަށް އެ ކާޑުގެ ފޮޓޯ އެ ސެންޓަރުގެ ސޯޝަލް މީޑިއާގައި ޝެއާ ކުރަން ޖެހޭނެ ކަމަށް އެތަނުން ބުންޏެވެ.

މެޑިކަލް ސްވިސް ބިއުޓީ ސެންޓަރު -- ފޮޓޯ: މެޑިކަލް ސްވިސް ބިއުޓީ ސެންޓަރު

އަހަރީ ދުވަހާ ގުޅިގެން އެތަނުގެ ފޭސްބުކް ޕޭޖުގައި "މައިބިއުޓިފުލްފްރެންޑް" ހޭޝްޓެގްގެ ދަށުން ޕޯސްޓެއް ކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ. އަދި އެނިވާސަރީ ހަފްތާގައި އެ ޕޯސްޓުގެ ދަށުގައި ކޮމެންޓުކޮށް، ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ހޯދާ ފަރާތްތަކަށް އެއް މަސް ދުވަހުގެ ފޭޝަލް ޓްރީޓްމެންޓެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށަން ނިންމާފައިވާ ކަމަށް އެތަނުން ބުންޏެވެ.

އަބަދަށްފެހި މަގުގައި ހުންނަ މި ސެންޓަރުން ހަންގަނޑަށް ބޭނުންވާ ތަފާތު ޓްރީޓްމެންޓްތަކުގެ އިތުރުން ދާއިމީކޮށް އިސްތަށި ބާލާ ލޭޒާ ހެއާ ޓްރީޓްމެންޓާއި މައިކްރޯނީޑްލިން އަދި ޕެޑިކިއޯ އަދި މެނިކިއޯގެ ހިދުމަތް ވެސް ލިބެ އެވެ. އަދި ޔޫރަޕުގައި މަޝްހޫރުކަން ހޯދާފައިވާ "ކްލެރީނާ" ބްރޭންޑުގެ އުފެއްދުންތައް ވެސް ލިބޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް -- ފޮޮޓޯ: މެޑިކަލް ސްވިސް ބިއުޓީ ސެންޓަރު

"މި އުފެއްދުންތަކަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު އަދި ހަންގަނޑާ ގުޅޭ ގޮތުން ވަރަށް އިފެކްޓިވް އުފެއްދުންތަކެއް ކަމަށް ފާހަގަކުރެވޭ،" އެ ސެންޓަރުން ބުންޏެވެ.

މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް ދެނީ ސްވިސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ މެޝިންތަކުގެ އެހީގަ އެވެ.