މަސްތުވާތަކެއްޗާއެކު އަތުލައިގެން އީރާނު ބޯޓު ފަރަށް އަރާފައި
14 ޖުލައި 2019 - 12:16
ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދިނުމަށްޓަކައި ރާއްޖެ އާއި ސްރީލަންކާ މެދުވެރިކޮށް ޕާކިސްތާނުން އިންޑިއާ އަށް ޑްރަގްސް ފޮނުވާ ކަމަށް އިންޑިއާގެ ސަލާމަތީ އެޖެންސީތަކުން ތުހުމަތުކޮށްފި އެވެ.
އިންޑިއާގެ ސަލާމަތީ އެެޖެންސީތަކާ ހަވާލާދީ ހިންދުސްތާން ޓައިމްސް ނޫހުން ބުނީ ޖުލައި 50 ކިލޯގެ ހެރޮއިން އާ އެކު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ތެރެއިން ދަތުރުކުރި ޕާކިސްތާނުގެ ބޯޓެއް ސްރީލަންކާގެ ކޯސްޓްގާޑުން އަތުލައިގަތް ކަމަށާއި އެއީ އިންޑިއާ އަށް ދާން އުޅުނު ބޯޓެއް ކަމަށެވެ.
ޕާކިސްތާނުން އިންޑިއާ އަށް ޑްރަގް އެތެރެކުރަން މަސައްކަތްކުރި ދެވަނަ މައްސަލައެއްގެ ގޮތުގައި އެ ނޫހުން ރިޕޯޓްކޮށްފައި ވަނީ ގުޖުރާތުގެ ކުޗް ޑިސްޓްރިކްގްޓެގެ ޖަކާއޫ ނަމަކަށް ކިޔާ ރަށުގެ އައްސޭރިފަށުން މޭ 21 ވަނަ ދުވަހު އަތުލައިގަތް ބޯޓެއްގެ މައްސަލަ އެވެ. ޕާކިސްތާނުގެ ކަރާޗީގައި ރަޖިސްޓްރީކޮށްފައިވާ އެބޯޓުގައި 218 ކިލޯގެ ހެރޮއިން ހުރި ކަމަށް ވެ އެވެ. އެ ބޯޓުގައި ތިބި ހަ ފަޅުވެރިން ހައްޔަރުކޮށްގެން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ބޯޓުގައި ހުރި މަސްތުވާތަކެއްޗަކީ މުމްބާއީގައި ހުރި ބަދުރުއްދީން ޝައިޚު ނަމަކަށް ކިޔާ މީހަކަށް ޕާކިސްތާނުގެ ހާމިދު މާލިކީ ނަމަކަށް ކިޔާ މީހަކު ފޮނުވި ތަކެއްޗެވެ.
ތިން ވަނަ މައްސަލައަކީ މޭ 26 ގައި ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާ އެކު އަތުލައިގަތް އީރާނުގެ ބޯޓުގެ މައްސަލަ އެވެ. އެ ބޯޓުގައި ވެސް ޕާކިސްތާނު މީހަކު ހުއްޓެވެ.
ނޫހުން ބުނިގޮތުގައި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމާ މަސްތުވާތަކެއްޗާ ހުރި ގުޅުން އެނގުނީ ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ އަށް ނިސްބަތްވާ ޑޭވިޑް ހޯލްމަން ހެޑްލީގެ ތަހުގީގުންނެވެ. ތަހުގީގުގައި އޭނާ ބުނެފައިވަނީ ގޮތުގައި އިންޑިއާގައި ތިބޭ ޓެރަރިސްޓުންނަށް ޑްރަގާ އެކު ހަތިޔާރު ފޮނުވުމުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ދައުރެއް އަދާކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކުއްޖާ
15 July 2019
މިގައުމުގައި އުޅޭ ތިޔަ ކަހަލަ ތަކެތި ބޭނުންކުރާ ކުދިންގެ ހިތް ހަލާކުވާނެ އެމީހުންނަށް ނުދީ އެތިކޮޅު އިންޑިއާއަށް ގެންދާ ވާހަކަ ތިހެން އިވުނީމަ. މިގައުމުގައި މާކެޓް ނެތީހެން ހީވަނީ ތިޔަ ކަހަލަ ވާހަކަ ދެއްކީމަ.
އާންމު އާދުމީ
14 July 2019
ދެން އެހެންވީއިރު ކޮޗިނަށް ނޫނީ މަލިކަށް ކަނޑުފެރީތައް ނުބާއްވާތި. އިންޑިއާއަށްދާ ފްލައިޓުތައްވެސް ކެންސަލްކުރަންްވީ. ގައިމު އިންޑިއާގަ ތޯހިރު ކަމުންދޯ ދޭތެރެ ދޭތެރޭން އިންޑިއާއިން އަންނަ މީހުންގެ އަތުން ޑްރަގްސް ހޯދެނީ. މިކަމަށް ރިޕޯޓެއްހަދަން ފެންނަނީ.
ދޮބާސީ
14 July 2019
މާވަރެއްދައްކާލާފާ އެއްބަސްވި އިންޑިޔާގެ އެއްބަސްވުމުގެ ކަންތައްގަނޑުފެށުނީ. ދެން އިވޭ މިކަހަލަޚަބަރެއްގާ އޮންނާނީ ރާއްޖޭގެ ވިޔަފާރިވެރިއަކު މިކަމުގައި ބައިވެރިވާކަމަށް އިންޑިޔާއިންބުނާކަމަށް.
މިއީ ވާގޮތް
14 July 2019
ތިއީ ހުސް ދޮގެވެ. މި ރާއްޖެ އަށް ވެފައި އެހެން ބަޔަކަށް ފޮނުވާ ވަރަކަށް ތިއެއްޗެހި މިރާއްޖެ އަކަށް ނުލިބެ އެވެ.ގައިމު ވެސް މިރާއްޖޭގައި ތިއެއްޗެއް ނުއެއް ހަދައެވެ.ހަމަ ބޮއި ހުސް ވަނީ އެވެ.
ނެގުނުކަތީބު
14 July 2019
ރަނގަޅު ވާހަކައެއް ކޯސްޓްގާޑަކާއި އެތަށް ބައިވަރު ސިފައިންނެއް ތިބޭއިރު އިންޑިޔާގެ މީހުންގެ އެހީގައި ނޫނީ ވަގަށް ވަދެއުޅޭ މަސްވެރި އުޅެދެއް އތަކު ނުލެވޭ.
ރަނުން ރަނަށް
14 July 2019
ޞަރަފުއްދީނު ޝައިޚް އާއި ހާމިދު މާލިކީ އަކީ ޚިޔާލީ ނަންނަމެވެ.އެއީ އަސްލެއް ނޫނެވެ. ޑޭވިޑް ހޯލްމަން ހެޑްލީ އޭ ވެސް އެ ކިޔަނީ ތާއެވެ؟ ތިއީ ހުސް ޕްރޮޕަގަންޑާ އެވެ.
ލުނބޯ އަހްމަދު
14 July 2019
އިންޑިޔާއިން ރާއްޖެއަށް ނުކުރާ ތުހުމަތެއް ނެތް.. ސަރުކާރުގެ ކިބައިގައި ފެންވަރު އެބަހުރި ތަ ރައްދު ދިނުމުގެ ..
ރާއްޖެ
15 July 2019
އަހުރެން ކުޑަ ކުޑަ ނިކަމެތި އަމިއްލަ އެއްވެސް ބާރެއް ނެތް ގައުމެއް މިއީ. ދެން މިކަން ހައްލުކޮށްދޭން ބާރު ހުރި ބިޔަ ބޮޑު އިންޑިއާގެ މީހުން މިގައުމަށް އައިސް ތިބޭ.
މަރޭމިތުރު
14 July 2019
ދިވެހި ފުލުހުން ރާްޖޭގެ ކަނޑު ބަލަހައްޓަނީ އަމާބުނީތީ ފަރަށްދާހެން. މަ އަބަދުވެސް ބުނަން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިންނަށް ނުބެލެހެްޓޭވާހަކަ! އޭގެ މިސާލު ފަޅުރަށްތަކުންނާއި މޫދުއަޑިން މަސްތުވާތަކެތި ފެނުން.
ބަބުރަންޖީ ހާޖީ
14 July 2019
ކަލޭމެންގެ މައިސަރުކާރުގާ ބުނެބަލަ އަހަރެމެންނަށް ތުހުމަތުނުކުރާނޭ. އޭއްޗެކޭ މީއްޗެކޭކިޔައިގެން ތިއުޅެނީ އަހަރެމެންގެ ކަނޑުތައް ދަމައިގަންނަން.
ގަރޭ ހަތުރާ
14 July 2019
ތިބުނީ އިންޑިއާ އާއި ރާއްޖެ ބަލަހައްޓަން ހަވާލު ކުރާށޭ ދޯ ؟ މަރޭ މިތުރާ؟
ރާއްޖެތެރެ 7- ކުޅަދު
14 July 2019
ދެން ކަލޭދާންވީނުން ބަލަހައްޓަން ކަލޭތީ އިންޑިއާ މީހެއްނުން..
އަޝްރަފު
14 July 2019
އެހެންވެ އިންޑިއާއަށް ދީގެންނު މިތިބީ މުޅި ރާއްޖެ!
ވަރަށް އިގޭ
14 July 2019
މީވަރަށް އެއްޗެހި އެގިގެން އުޅޭ އެގިފަ ނޭގޭ އެއް
މާރަނގާ - އައްޑޫ ސިޓީ
14 July 2019
ރާއްޖެއާއި ބެހޭގޮތުން ބޭރުގެ ދައުލަތަކުން އދ، އީޔޫ ނުވަތަ އެހެންވެސް އޭޖަންސީ އަކުން “ގޯސް ވާހަކައެއް ނުވަތަ ތުހުމަތެއް” ކުރާއިރަށް “ޙަޤީގަތް ބެލުމެއްނެތި” ރުޅިގަދަވެ ފުންމައިގަންނަތަންފެނޭ. * * ރައްކާތެރިކަމުގެ ފިޔަވަޅަކަށް މާލޭ ސީޕޯޓަށް އަންނަ ލަކުނޑި ބޯޓްތައް މީގެފަހުން ކުޅުދުއްފުއްޓަށް ނުވަތަ އައްޑުއަށް ނޫނީ އައުން މަނާކޮށް މާބޮޑު ކަމެއްނެތް އެ 2 ބަނދަރުގައި ބޮޑު ގުދަންހަދާ ކަސްޓަމްސް އިން ރަނގަޅަށް ބަލާ ޗެކްކޮށް އަނެއްދުވަހު މުދާ ދޫކުރޭ.
މާއަމާ
14 July 2019
21 ވަނަ ޤަރުނުގަވެސް ހާދަގަމާރޭ. ޢިންޑިޔާ އަށް ފޮނުވަން ޖެހޭތަ އެވަރަކުން. ޢެއީ ތީއްޗިހި ނުއުފައްދާ ޤައުމެއްތަ؟ ބޯޑަރުންވެސް ނުފޮނުވޭތަ؟ ޕިސްޕިސް
ކާފައިބެ
14 July 2019
ދެންކަލޭމެން ބަލަންވީނު، ތިޔަތިބީ ބަޔަކު ގުނބޯހައްދައިގެ މުޅި މިރާއްޖެ ވަށާ ސެޓްލައިޓް ރާޑަރު ސިސްޓަމް ބަހައްޓައިގެން ޒަމާނީ ދަންތުރައެއް ޖަހައިގެން ވިއްޔާ، އެވރުންވެސް ނުވަނީތަ. ބޮޑައް ހީވަނީ ތިޔަބުނާ ކަންތައް ތިމީހުން ކުރާއިރު އެހެންބަޔަކަށް ނޭނގޭނެ ގޮތް އަދި ނުވަނީހެން