އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް
15 ޖުލައި 2019 - 16:55
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަލުން އެކުލަވައިލަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށް ޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން އެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީން މިއަދު ނިންމައިފި އެވެ.
ޕީސީބީގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ގާނޫނުގައި އޮތް ނަމަވެސް އެ ބޯޑުގެ މެމްބަރުންގެ ނަންތަކަށް ރުހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެ އެވެ. އެ ބޯޑުގައި ހަތް މެމްބަރުން ތިއްބަވަން ޖެހޭ އިރު މިހާރު ތިއްބެވީ ފަސް މެމްބަރުންނެވެ. އޭގެ އިތުރުން ޕީސީބީން އަދާ ކުރަން ޖެހޭ ގާނޫނީ ޒިންމާތައް އަދާކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެސްއޯއީ ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެ އެވެ. ހަމަ އެ ކޮމިޓީ އަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައި ވަނީ ޕީސީބީ އަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ސަބަބުތަކާ ހެދި ޕީސީބީ އަލުން އެކުލަވައިލަން ޖެހޭ ކަމަށް އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގުވެ ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެ ބޯޑް އަލުން އެކުލަވައިލެއްވުމަށް ރައީސަށް އިލްތިމާސްކޮށް އެ ކޮމިޓީން ސިޓީއެއް ފޮނުވުމާ މެދު މެމްބަރުންގެ ހިޔާލު ތަފާތުވުމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ގޮތެއް ނިންމައި، މަޖިލީހުން ރައީސަށް ސިޓީއެއް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމަލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ. އެގޮތަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
15 July 2019
ބުނަން ތި ކޮނިޓީގަވެސް އެމްޑީޕީ ގިނަމެމްބަރުން ތި ތަންބަދަލުކުރާކަށްބޭނުމެއް ނުވާނެ، އެއީ ސިނާނުމެންކަހަލަ މީހުން މަގާމުތަކަށްލުމާ ކޮންމެވެސް ފަިދާގަނޑެއްނެގޭނެގޮތެއް ހޯދުމަށް. ބޯހަލާކު.
އަނބިމީހާގެފިރިމީހާގެއަނބިމީހާ
15 July 2019
މާދިއުޅިދިގުނުކޮށް ގޮސް ބުނެލަބަލަ. ދަންނަވަން ހަދާނެކަމެއްނެތް. އެހެންނޫނަސް ތީ ހަމަ އެއްބައެއް. ވައިބާ ގުރޫޕުތަކުގައިވެސް ސަކަރާތްވެސްޖަހާނެ.
ހުސެން ނުވަވަނަ
15 July 2019
ކޮންމެ ކަމެއް ކުރިޔަސް ޔާމީނު އެކަމެއް ކޮއްފަ އޮންނާނީ ގާނޫނުތަކާއި ގާނޫނުއަސާސީ އޮޅާލުމައްފަހު.