ރައީސް އޮފީސް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 ޖުލައި 2019 - 16:53
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނުވަ ބޭފުޅަކު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ކޮމިޝަނަރުގެ މަގާމުގައި މިވަގުތު ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ބޭފުޅުންނަށް މިިދިޔަ ހަފުތާގެ ބުދަ ދުވަހު ރައީސް އޮފީހުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އަށް ހަމަވިއިރު ފޯމު ހުށަހެޅުއްވީ ނުވަ ބޭފުޅަކު ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާއްތަ
19 July 2019
ފްލެޓް އަށް ކުރިމަތިލިމީހުންގެ ލިސްޓް ހޯދަން އިންފޮމޭޝަން ކަމިޝަނަރ އަށް ސިޓީ ފޮނުވައިގެންވެސް ލިސްޓް އޮތީ ސިއްރުކޮއްފަ. ތި އޮފީހުން ލިބޭ ހިދްމަތެއް ނޯވޭ. އުވާލަންވީ. ސިއްރުއޮތި އަބަދުވެސް ސިއްރު. ޖަމާލު އެހެރީ ފްލެޓް މިލްކްކޮއްގެން.
އަބޫބަކުރު ގެ ޖަމާލު
18 July 2019
5 އަހަރު ޖަމާލު ކުރި ކަމެއް ބުނެބަލަ ލިބުނު މުސާރަ ހަލާލުވާނެބާ ރައްޔިތުން ސުވާލު އުފައްދާ
އެނގުނަސް
19 July 2019
ޖަމާލަށް ރެހެންދިން ފްލެޓް. ބޮޑުމުސާރަ. ތިމާގެ ދަންނަ މީހުންނަށް ވަޒީފާ. މަދުތަ ކުރެވުނު ކަންކަން.
ތުނިޔަ
18 July 2019
ހިތަށް އަރަނީ މިވެސް ހަމަ ކޮމިޝަނެއް ހަދާފަ ބޮޑުމުސާރަދީފަ މެމްބަރުންތަކެއް ބައިތިއްބައިގެންނޫނީ ވާންނެތް ކަމެއްބާއޭ؟
ރަދީފުއްދީނުލް އަކްބަރު
18 July 2019
މީ ކީއްކުރާ ތަނެއް؟
ޑަގަޑަގަ
18 July 2019
ޥަކަރުގޭ ބަހުރުވައިގެ ޑިގްރީ އެއް އޮތުމުން ފުދޭނެ
އަލީ ރާޖާ
18 July 2019
ރީނދޫ ބާގައިގެ އެއްމެ އަޑުގަދަ މީހާ ރަނގަޅުވާނެ. ތައުލީމެއް ތަރުބިއްޔަތެއް މުހިއްމެއް ނޫން
2.3ހ
18 July 2019
ބަލަގަ މިރާއްޖެ އޮގޮތަށް ބަޔަކު ބައްޓަން ކުރީ.. އެހެންވީމަ ދިވެހިން މިތިބީ އެޔަށް ހޭނިފަ..މައުމޫނު، ވަހީދު، ޔާމީނުގެ ސަރުކާރުގަ ތިބީ ހުސްކިޔަވައިގެން ތިބި މީހުންތޯ؟؟ މިއޮތީ ޒަމާން ބަދަލުވެފަ.. ޕީއެޗްޑީ ހަދައިގެން މަހަށް.. ސިޔާސީ ހަޅޭ ލަވައިގެން މަތީ މަގާމުތަކަށް.. އަދި މީގެ އިތުރުން ބޮޑެތި މުޖުރިމުންވެސް ސިޔާސީ ވީމަ މިވަނީ ބަތަލުންނަން.. ބޭކާރު ވާހަކަ ނުދައްކާ.. ރައީސްއޮފީހުގެ ކުރީގެ ތަރުޖަމާނު އިނގިރޭސިން ކުރި ޓުވީޓްތައް ދުށިންތޯ؟؟؟
އަލީ ރާޖާ
18 July 2019
ކަލެއަށް އަސަރެއް ކޮށްފިދޯ. ވިސްނުން ހުރިގޮތުން ހިވަނީ ކަލޭތީ އެމަގާމަށް އެއްމެ ކުފޫ ހަމަވާ މީހާ