މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން 2014 ވަނަ އަހަރު ބައިވެރިވި ފުޅަނދެއް.
21 ޖުލައި 2019 - 13:47
މިނިވަން ދުވަހާ ގުޅުވައިގެން ކުޑަކުދިންނާއި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ފުޅަނދުބުރު ދެ އަހަރަށް ފަހު މި އަހަރު އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދުބުރު ދުއްވުން އޮންނާނީ މާލޭގެ ބޮޑެތި މަގުތަކުގައި އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ފުޅަނދުބުރު މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު، ބޮޑުތަކުރުފާނުމަގުގައި ކުރިއަށް ގެންދާ އިރު، ފުޅަނދުބުރު އާންމުންނަށް ދައްކާލާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެގޮތުން ފުޅަނދުތަކުގައި ބާއްވާ ކުޅިވަރުތަކާ އެކު އެކަން ކުރިއަށް ގެންދާނީ އިންޑަސްޓްރިއަލް ޒޯންގައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ފުޅަނދުތައް ތައްޔާރުކުރަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ.
މީގެކުރިން ކުންފުންޏަކުން ތައްޔާރު ކުރި ފުޅަނދެއް.
ދެ އަހަރަށް ފަހު މިނިވަން ދުވަހުގެ ފުޅަނދުބުރެއް ބާއްވާ އިރު، މިފަދަ ކަމެއް އެންމެ ފަހުން ބޭއްވީ 2016 ގަ އެވެ. މީގެ ކުރިން ފެންވަރު މަތީ ފުޅަނދުތަކެއް ސަރުކާރުގެ ކުންފުނިތަކާއި ބައެއް މިނިސްޓްރީތަކުން ތައްޔާރުކުރި އިރު، އެ ފުޅަނދުތައް ބަލަން މާލޭގެ މަގުތަކަށް އެތައް ހާސް ބަޔަކު ޖަމާވެ އެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީ ބޯޅަ ދަނޑުގަ އެވެ. އެ ކުޅިވަރުތަކުގައި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހަ ސްކޫލަކުންނާއި އެމްއެންޑީއެފް ބައިވެރިވާނެ އެވެ.
ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތަކަކަކީ ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހްޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. މިނިވަން ދުވަހާ ގުޅިގެން ބާއްވާ ޕެރޭޑާއި ރޫޓްމާޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ ބޮޑަތި މަގުތަކުގަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ އަންނަ ބުރާސްފަތިި ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭފު
22 July 2019
ގައުމު ދަަރަނީގަ. ވެރިން ކުޅިވަރާ ހަނީމޫން ދަތުރުތަކުގަ.
އާދީ
21 July 2019
ޖަޒީރަ ތީމް އަށޯ މި ފަހަރު އޮތީ.
1234
21 July 2019
ހެޔޮނުވާނެ ތިފައިސާއިން ސަރުކާރު މުވައްޒަފުންގެ މުސާރަކޮޅު ދެވޭތޯ ބަލާބަލަ ބޭކާރުނުކޮށް..
ސަރީފު
21 July 2019
މިހާރު މީ މައުމޫނުގެ ވެރިކަން ކުރިފޯމިއުލާއަށް ވެރިކަން ކުަންތިބިބައެއް! މައުމޫންވެސް ބުނީ ދިވެހިން ނޫޅެއޭ ބރިޖާއި އެއަރޕޯޓާއި ފުލެޓް ނޭޅިގެން! ދިވެހިންބޭނުމީ ދެއްކުންތެރިކަން! ތަރައްގީއެއްބޭނުންނޫން!
ޗަކޮއޭ
21 July 2019
މައުމޫނު ކުރީމާ ދައުލަތުގެ ލާރި ތަޅާބުރުއްސަނީ.
ބުރުގާ
21 July 2019
ތިވެސް އަމާކީތީ ފަރައްދާ އުސޫލުން ކުރާކަމެއް.
ޖަމަލޭ
21 July 2019
މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީ ބޯޅަ ދަނޑުގަ ބާއްވައިގެން ދަނޑު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއްޔާ ދިވެހި ފުޓްބޯޅަލީގު މެދުކެޑޭނީ ކިހާދުވަހަކަށްބާ؟ މިހެންމިބުނީ ދަނޑު ފުރާލެކަމަށް މިސަރުކާރުން ބުނުމުންދާއިރު މިހާރުވެސް ދަނޑުއޮތީ އެއްކޮށް ހަލާކުވެފަ.