ރިންގް ރޯޑުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: ހޮނިހިރު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
21 ޖުލައި 2019 - 17:26
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
ވެހިކަލް ދުއްވުން، ސިޓީ ކައުންސިލުން ނެރުނު ގަރާރަކުން މަނާކުރީ އެ ދުވަހު މަގުމަތީގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާތީ އެވެ. އެގޮތުން އެމްއެންޑީއެފާއި ކެޑޭޓްކޯގެ ފަރާތުން ފަސް ބޭންޑަކުން ޕެރޭޑާއި ރޫޓު މާޗު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ކައުންސިލުން ބުނީ އެ ހަރަކާތްތައް ބެލުމަށް އެ ދުވަހު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަގުތަކަށް ނިކުންނާނެ ކަމަށާއި އެހެންވެ، ދުއްވާ ވެހިކަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ. އަދި ޕެރޭޑް ކުރިއަށް ދާ ވަގުތުގައި ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް، ހޮނިހިރު ދުވަހު ހަވީރު 3:30 އިން 6:30އަށް އެއްވެސް ވެހިކަލެއް ދުއްވުމަކީ މަނާކަމެއް ކަމަށް އެ ތަނުން ބުންޏެވެ.
މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހުކުރު ދުވަހަކާ އެވެ. އެހެންވެ، ރަސްމީ ބަންދު ދުވަހަކާ ދިމާތީ، އަންނަ އާދިއްތަ ދުވަސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑިދޫ
22 July 2019
ތިއޮތީ ރައްޔިތުންނަށް ކަމެއް ކޮށްދެވިފަ... އަޖައިބެއް ތި ކުޅިވަރުކުޅެނީ މާލޭގަ ހުރިހާ މަގެއްގަ އެއްފަހަރާތަ
އަހްމަދު
22 July 2019
މާލޭގެ އެއްވެސް މަގެއްގާ އެގަޑީގައި ވެހިކަލް ދުއްވުންމަނާ. މިފަހަރު ތިޔަ ޕެރޭޑް މާލޭގެ ހުރިހާމަގަކުން ދަނީތާ. އެހެންވިއްޔާ 3.30ން 6.30އަކަށް ހުރިހާމަގެއްގާ ޕެރޭޑް ގޮސް ނުނިންމޭނެ.
އަޙުމަދު
22 July 2019
އެއްބަޔަކަށް ރަސްމީ ބަންދު ދުވަހަކަށް ވިޔަސް ޝިފްޓް ޑިއުޓީ ވަޒީފާ އަދާ ކުރާ މީހުންވެސް އުޅޭނެ. ހަވީރު 4:30 އިން ފެށިގެން ބަންދުކުރާނެ ނަމަ ރަގަޅުވާނެ. އޭރުން ވަޒީފާ ނިންމާފައި ދާ މީހާއަށް ވެސް ފަސޭހަވާނެ ކަންނޭގެ
ސައްތާރު
22 July 2019
ބަލަ އެންމެން އެއްގަޑިއަކު ޑިއުޓީއެއް ނުނިމޭނޭ!
ނުހިނގާ ދުވަސް
22 July 2019
ނުހިނގާ ދުވަހެއްވެސް ހަދަންވެއްޖެ އެއްނުދޯ؟
ނިިބޫ
22 July 2019
އޯގަަދަ... ވަރަށް މޮޅުކަމެއް ތި ކޮށްލެވުނީ މި 6 މަސް ތެރޭގަ... ބޯ ހަލާކު
ގަމާރުމީހާކީކޭ ބުނާނީ
22 July 2019
މީހަކު ބުނި ތަ އެއީ މޮޅު ކަކޭ.ކިތައްމި ދެރަ ވިޔަސް ޔާނު އަކީ ހަމަ ފޭލިޔާރ އެއް
ބްރޯރ
21 July 2019
ކީއްވެގެންތަ ޓެކްސީ ކުރާމީހުންގެ މުސާރައަށް އަރައިގަންނަ ގޮތްތިވަނީ.
ވިގޫ ތާކިހާ
21 July 2019
އަހަރެން މިހާރު ހާސްވާން ފަށައިފި. ޓީޓީ ޓީމު ރަންމެޑެލް ހިފައިގެން އަންނައިރު ކޮންކޮން މަގުތަކެއް ބަންދުވަނީ.
ބައްޔެ
21 July 2019
މިދެން ވަރުގަދަ ސިޓީ ކައުންސިލެއް. ވެހިކަލެއްދުއްވާލެވެން ނޯވެ. ރަށުކޮޅުން އެހެން ކަމަކާ އުޅެންވީނު
ކަރީމްބޭ
22 July 2019
ކީއްތަ ވާނީ އެންމެ ހިނދުކޮޅަކުވެސް ހިނގައިފަ އުޅުނީޔާ؟ މަންމަ ބަނޑުން ނުކުމެ އުފަންވީ ތިޔަ ދުއްވާ އުޅަނދެއްގެ މައްޗަށްތެ؟ އަޖައިބެއް ނުވާނެ އަޅެ؟
ރަށުމީހާ
21 July 2019
ތީވަރަށްރަގަޅު ކަމެއް
މަރުމޯލު
21 July 2019
ބުރިޖުވެސް ބަންދުވީ ދޮތަ... އެއަރޕޯރޓަށްދާ މީހުން ކިހިނެއްބާ ހަދަންވީ
މޮޔަމަރީ
22 July 2019
މިވީހާ ދުވަހު ކަލޭމެން އެއަރޕޯޓަށް ދިޔަގޮތަކަށް މިހާރުވެސް ދެވޭނެ. މިހާރު ބުރިޖެއް އެޅުނީމަ ހާދަ ހިތްމޮޅެއް ވެގެން ތިޔަ އުޅެނީ، ހަމަ ފެރީގަ ދަތުރު ނުކޮށްލެވެނީ ދޯ؟