ޚަބަރު / މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓް އުފައްދަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދަން މިއަދު ފަށައިފި އެވެ.

އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން "މިހާރު" އަށް ވިދާޅުވީ ރ. ވަންދޫގައި ކުނިން ކަރަންޓު އުފައްދަން ފެށުމާއެކު، ކުންޏަކީ އާމްދަނީ ލިބޭ އެއްޗަކަށް ހެދުމަށް ސަރުކާރުން ވީ ވައުދު ފުއްދެން ފެށުނީ ކަމަށެވެ. މިއީ ތާރީހީ ކާމިޔާބެއް ކަމަށް ވިދާޅުވި އެވެ.

ކުނިން ކަރަންޓު އުފައްދަން ފެށި ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ ނ. ރ. ބ. އަދި ޅ. އަތޮޅުގައި އުފެދޭ ކުނި ނައްތާލަން ގާއިމްކޮށްފައިވާ ތަނެކެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރަނީ ކުނި އަންދައިގެން ކަރަންޓު އުފެދޭ ގޮތަށް ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމްކޮށްގެން ކަމަށެވެ. އެ މަސައްކަތް ކުރަނީ، މިނިސްޓަރު ވިދާޅުވިގޮތުގައި، ކުނި އަންދައިގެން އުފެދޭ ހޫނުން، ފެނުން އާވި އުފައްދައިގެން އެ އާވިން ޑައިނަމޯ އަނބުރައިގެންނެވެ.

"އެއީ ހަމަ ކުނިން އުފެދޭ ކަރަންޓު މިހާރު އެ އުފެއްދެނީ. މިހާރު ގާތްގަނޑަކަށް 140 ކިލޯ ވޮޓްގެ ކަރަންޓު މިއަދު އެބަ އުފައްދާ އެތަނުން. އެއީ އޭގެ ޒާތުގައި އެތަނަށް ގެންދާ ކުނީގެ ތެރެއިން އަންދާ ކުނި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުނި އަންދައިގެން ބޭރުކުރާ ދުމަކީ ސިއްހީ މިންގަނޑުތަކަށް ބަލާއިރު ރައްކާތެރިކޮށް ޖައްވަށް ފޮނުވަން ތައްޔާރުކޮށްފައިވާ ތަނެކެވެ. އެތަން ކާމިޔާބުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރެއްވި އެވެ.

"ކުންޏަކީ ރާއްޖެ އަށް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވާ ކަމެއް. ރާއްޖޭގެ އެތަން މިތަނުގައި ވަރަށް ގިނަ އަދަދެއްގެ ކުނި އެބަހުރި. އެހެންވީމަ އެ ކުނި މެނޭޖްކޮށް އެއީ ރައްޔިތުންނަށް ކުރާ އުނދަގޫތަކަށް ނުވެ ހައްލުތަކެއް ހޯދުން އެއީ ކޮންމެހެން ވެސް މިހާރު ބޭނުންވެފައި އޮތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުފައްދާ ކަރަންޓުގެ ތެރެއިން 94 ޕަސެންޓަކީ ޑީސަލް އަންދައިގެން ލިބޭ ކަރަންޓު ކަމަށާއި އެހެންކަމުން ކުނި އަންދައިގެން ކަރަންޓު އުފެދޭ ގޮތްވުމަކީ ސަރުކާރުގެ ހަރަދު ކުޑަވާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.

"މިއީ ތާރީހީ ދުވަހެއް. އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކަށް ކުރިއެރުމެއް ލިބުނު ދުވަހެއް،"

ތިލަފުށީގައި ވެސް ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. އެއީ ވަންދޫގައި ގާއިމްކޮށްފައިވާ މަރުކަޒެއް ވުރެ ބޮޑު ތަނެކެވެ. އެތަނަކީ މާލެ ސަރަަހައްދު، ހާއްސަކޮށް ތިލަފުށީގައި އުފެދިފައިވާ ގޮނޑަށް ހައްލުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. ތިލަފުށީގައި އުފެދޭ ކުނި އަންދައިގެން 8.5 މެގަވޮޓްގެ ކަރަންޓު އުފެދޭނެކަމަށް ތަޖުރިބާކާރުން ލަފާކުރާ ކަމަށް ވިދާޅުވ އެވެ.

އައްޑޫގައި ވެސް ކުނި މެނޭޖްކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެތަނުން ވެސް 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.

މަސައްކަތް ކުރަމުން އަންނަނީ ކުނި މަދުކުރުމަށް ކަމަށާއި އަދި ކުނި ނައްތާލާއިރު ވެސް އެންމެ ބޭނުންތެރި ގޮތުގައި ކުނި ނައްތާލުމަށް ކަމަށް ވިދާޅުވި އެވެ. އަންދާ ހާލަތުގައި ކަރަންޓު އުފެދޭގޮތް ވުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށް ވިދާޅުވި އެވެ.

40 ކޮމެންޓް, 123 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 2%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

24 July 2019

ތިޔައުފެއްދިކަރަންޓްކިލޯއެއްގެ އަގަކީ ކިހާވަރެއް. ގަންނަން ލިބޭނީ ކޮންތާކުން.؟

The name is already taken The name is available. Register?

ތީމިޓް

24 July 2019

ކަރަންޓުން ކުނިއުފައްދާތާ އެތައް އަހަރެއް.

The name is already taken The name is available. Register?

ސީދިބޭ

24 July 2019

ކަރަންޓުްނ ކުނި އުފައްދަނީކީއެއްނޫން . ކުނިން ކަރަންތް އުފައްދަނީ. ހެހެހެ.

The name is already taken The name is available. Register?

ހައުކަމް

23 July 2019

އައްޑޫ މީހުންނަށް ކަރަންޓުގެ މައްސަލަ ހައްލުނުވެ އެހާ ދިގުލައިގެން ގޮސް އެވާހަކަ ތާއަބަދު ދައްކާއިރު އައްޑޫގައި މިގޮތަށް ކަރަންޓު ލިބޭނެ ގޮތެއް ގާއިމުނުކޮށް މި ސަރުކާރުން ތިޔަ އަތޮޅުގައި އެކަންކޮށްގެން ކަރަންޓު އުފެއްދޭނެ ގޮތެއް ގާއިމުކުރުން މިއީ އައްޑޫ މީހުންނަށް ވެވުނު ބޭއިންސާފެއް. އައްޑޫއަކީ ސިޓީއެއް. ސިޓީއަށް އިސްކަން ލިބެންވާނެ.

The name is already taken The name is available. Register?

އަހަމަދު

24 July 2019

އައްޑޫ މީހުންވެސް އަައްޑުއަށް ޙަރާމްކޯރުވަނީ. އައްޑޫ މީހުން ވިޔަފާރިކުރާނީ މާލޭގައި. ގެސްޓްހައުސް ހިންގާނީ ކ. އަދި އ އޮތޮޅުގައި. ރިޒޯޓެއް ހަދާނަމަ ރަށެއް ހޯދާނީ ޮންމެވެސް އަތޮޅަކުން. ދިރި އުޅޭނީ އޮތޮޅުން ބޭރުގައި. އެހެންވީމަ އައްޑޫ މީހުންވެސް ގަބޫލުކުރޭ އައްޑޫ އަކީ އިޤްތިޞާދީ ގޮތުން މހިންމު ތަނެއް ނޫންކަން. އެތަން ރަނގަޅީ މިލިޓަރީ ބޭހަކަށް.

The name is already taken The name is available. Register?

ސީދިބޭ

24 July 2019

ސާބަހޭ . އައްޑޫގަ އެކަނިތަ މީހުން އުޅެނީ. ނިކަން މައިތިރިވެބަލަ. އައްޑޫގަވެސް މި މަސައްކަތް ކުރާނެޔޭ. މާ ފެންވަރު ރަގަޅުކޮށް. ޚިހިނެތްވެގެންތަ ތިޔަހަރަ އުޅެނީ

The name is already taken The name is available. Register?

ޑރ.އަހުމަދު ނާސިހު/ކެނަޑާ

23 July 2019

1698 ގައި އެއްމެ ފުރަތަމަ ސުޓީމު އިންޖީނެއް އިންވެންޓުކުރީ Thomas Savery, ނަމަކަށް ކިޔާ އިންޖިނޭރެއް، އާދެ! ޓައިޓަނުގެ މެއިން 2 އިންޖީނު އެއީ ސުޓީމު އިންޖީނުތަކެއް، ތިޔަކުރާ މަސައްކަތުން ބޮއިލަރގެ ފާރނަސްތެރޭގައި އުފެދޭ އަޅިއަދި އަންދާ ކުނީގެ ވޭސްޓު ތަކުން ބޮއިލަރުގެ ވޯޓަރ ޓިއުބުތައް ބެދި އޭގެ ޒާތުގައި ޓިއުބުތައް ގިނަވެގެން 3 މަސްދުވަހު ހުރުމަކީ ވަރަށް ނާދިރުކަމެއް، ކުނި އަނދަމުންދާއިރު ތަފާތަކީ ކޮންވައްތަރެއްގެ ކުނިކަން ޔަގިންކުރުމުގައި

The name is already taken The name is available. Register?

ވަޢުދު.

23 July 2019

ތި ވަޢިދު ފުއްދުމުގެ ޕްލޭންކޮށް ފައިސާ ހޯދާ ޢަމަލީ މަސައްކަތް ފެށީ ޔާމީން ސަރުކާރުން. ވަޢުދުވިއިރުވެސް މަސައްކަތްކުރިޔަށްދޭ. މި ސަރުކާރުން ކުރިކަމަކީ ކަރަންޓް އުފައްދަންފެށީމަ އެކަން މީހުންނަށް އަންގާދިނުމަށް ޓްވީޓްކުރުން. އެެއީ ދޮއެއްތަ ވަޢުދުފުއްދާގޮތް

The name is already taken The name is available. Register?

މަ މިއު މަ

23 July 2019

ކަޑަ ވިޔަސް ބޮޑު ވަރު

The name is already taken The name is available. Register?

އަބްދުއްالله

23 July 2019

ތިޔަ ތަނުން އަންދާ ކުނިން ނުކުންނަ ދުން ޖައްވަށް ފޮނުވުން ރައްކާތެރިވަނީ ކިިނެއް؟ ހަމަ ރައްކާތެރިއޭ ބުނުމަކުން ނުފުދޭ. ރައްކާރެރިކަން ކަށަވަރު ކުރަނީ ކިހިނެއް؟ މިކަން ކަމާބެހޭ ތަފުސީލު އާންމުކޮށް އެގެން ހުރީ ކޮން ތަނަކު؟ ހަމަ ބުނާހާ އެއްޗެއް، ހެއްކަކާ ނުލާ ގަބޫލުކުރަން ވީތާ؟

The name is already taken The name is available. Register?

ޚުނިރާޖާ

23 July 2019

ދެން ރައްކާތެރި ގޮތުގއި ކުނި ނައްތާލަން ކިހިނެއްތަ ހަދަންވީ....؟ އަހަރުން މެންދުރަށް ބަތްކާއިރު ބަތާ ލައިގެން މޮޑިގެން ކާންވީތަ.....؟ ޙެޔޮ އެއްގޮތެއްވެސް ނޯންނާނެ ކަލޭމެނަކަށް...

The name is already taken The name is available. Register?

ބޯހަލކ

23 July 2019

ތި ދެވުނީ ސްޓީމް އިންޖިންގެ ޒަމާނަށް. ޖަޒީރާވީ. ތީކީ ކަރަންޓުގެ ހައްލެއްނޫން. ތިކަމަށް ހޭދަވާ ވަގުތާ، ޖާގަޔާ، ތިމާވެއްޓަށް ލިބޭ ގެއްލުމާ ހުރިހާއެއްޗެއް އެއްކޮށްލީމާ އުފެއްދޭ ކަރަންޓްގެ އަގު އެތައްގުނައެއް ބޮޑުވާނެ، މާނަޔަކީ ތީ ޒަމާނާ އެކަށޭނަ ނިޒާމެއްނޫނޭ، ތީ ބަތްކައްކާކުޅުން

The name is already taken The name is available. Register?

ޓެކޭ

24 July 2019

ބޭފުޅާ އެނގިނުލައްވާތޯ ނިއުކްލިޔަރ ޕަވަރ ޕްލާންޓް ވެސް ހިންގަނީ ސްޓީމް ޓަރބައިން އެއްކަން؟

The name is already taken The name is available. Register?

ޙުސައިން ރަޝީދު

23 July 2019

ވަންދުއަށް މި ސަރުކާރުން ތިޔަ ޕްރޮޖެކްޓަށް ގެނައި އެއްޗެއް ނެތް. ދެން މި ސަރުކާރުގެ ކޮން މޮޅުކަމެއް އޮވެގެންތަ ޙުސައިން ރަޝީދު ތިޔަ ޓްވީޓްކުރައްވަނީ

The name is already taken The name is available. Register?

ައާހޯދުން

23 July 2019

ތި ޕުރަޖެޖްޓަށް ޖުމުލަ ހިގިހަރަދު ޖަހާލަބަލަ؟؟ ތި އުފަށްދާކަރަންޓް ބޭނުން ކުރަނި ކޮންތަނެއްގަ؟ ކުނިއަންދާމެށިން ހިންގަންކިހާވަރެއްގެ ޑީސަލްއެއް ހަރަދުވޭ؟؟

The name is already taken The name is available. Register?

އެވިޑެންސް

23 July 2019

ޚަރަދާ ޖެހުނީމަ ބުނާނެ ޔާމީން ކުރިކަމެކޭ! ބެޖު ޖަހަންވީމަ މިސަރުކާރު. ކެކެކެ

The name is already taken The name is available. Register?

އެޑްމުންޑޯ

23 July 2019

ކުނިވެސް ދެންޖެހޭނީ ބޮޑު އަގުގައި ވިއްކަން

The name is already taken The name is available. Register?

ޙަހަ

23 July 2019

ޢެނުން ގޮތެއް ދިވެހިންނަށް ހެޔޮވާނެ ހެންނެއް ހީއެއްނުވޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454