25 ޖުލައި 2019 - 14:21
އިއްޔެ އިން ފެށިގެން އައްޑޫ ހުޅުމީދޫން ކަރަންޓް ކެނޑެމުން އަންނަ އިރު މިއަދު ވެސް އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އައްޑު އަށް ކަރަންޓް ދޭ ފެނަކަ ކޯޕަރޭޝަންގެ ހުޅުމީދޫ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިއަދު ހަވީރުން ފެށިގެން ކަރަންޓް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ކަރަންޓްގެ މައްސަލަ ދިމާވާން ފަށާފައި ވަނީ މި ހަފުތާގެ ތެރޭގައި ދެ އަވަށުގެ ކަރަންޓްގެ ކެޕޭސިޓީ އިތުރު ކުރަން ފެނަކަ އިން 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ވެސް ފޮނުވާފައި ވަނިކޮށެވެ.
S. Hulhudhoo Meedhoo gai karantuge demand ithuruvumuge sababun dhimaavaa massala hallu kurumah fonuvi 800kW genset erashah unload koh Powerhouse ah gendhiumuge masakkaiy mivaguthu dhanee kuramun. #TeamFenaka #Hulhudhoo #Meedhoo pic.twitter.com/54oNjHjHo2
— Fenaka Corporation Ltd (@TeamFenaka) July 23, 2019
ނަމަވެސް އޭތި އިންސްޓޯލެއް ނުކުރެ އެވެ. ފެނަކަ އިން ބުނި ގޮތުގައި އަލަށް ގެންދިޔަ އިންޖީނު ވަރަށް އަވަހަށް އިންސްޓޯލްކޮށް ބޭނުން ކުރަން ފަށާނެ އެވެ.
ކަރަންޓް ކެނޑޭ މައްސަލައަކީ އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިކަމަށް މިހާތަނަށް އެކަށީގެންވާ ހައްލެއް އެއްވެސް ސަރުކާރަކަށް ހޯދައިދެވިފައެއް ނުވެ އެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކަރަންޓާ ނުލައި އުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ނެތުމަކީ ވެސް އާންމު ދިރިއުޅުމަށް ކުރިމަތިވާ ވަރަށް ބޮޑު އުނދަގުލެއް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
26 July 2019
މާކުރިއްސުރެން ނަޝީދުގެ ހުވަފެނެއްކަމުގައިވި އަދި އެމްޑީޕީގެމެނިފެސްޓޯގައި އެވާހަކަލިޔެވި ސޯލިޙްގެ ވައުދެއްގެ ގޮތުގައިއޮތް ހުޅުމީދޫ - ހިތަދޫ ބްރިޖް މިދައުރުގައިއަޅާނެކަމަށް ޤަބޫލުކުރެވޭތީ އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަން ހުޅުމީދުއަށް ބަދަލުކުރާންޖެހޭ. * * ބޭރުގެ ލޯނާއި ޖަޕާނުއެހީގައި ހުޅުމީދޫގައި އިންޖީނުގެ ގާއިމްކުރުމަށްފަހު މެރިންކޭބަލްއިން ރިސޯޓްތަކާއި ގޭން އަދި އައްޑޫގެ ހުރިހާއަވަށްތައް ކަރަންޓްވިއުގައިން ގުޅާލުމުން ކަރަންޓް އަގުހެޔޮކުރެވޭނެ.
އަބުދުގެ އައްލޫ
25 July 2019
ޔާމީނުގެ ދައުރުގަ ތިރަށުގެ އެމްޕީ ޝަހިދު ވިދާޅުވި ތިރަށުން ކެންސަރަށް ފަރުވާލިބޭނެޔޭ. މަގުގަ ގާއަޅާން ދެތިންގާ ބާއްވާފަ ޖެހިކަހަލަ ސްޓަންޓެއް ކަންނޭގޭ
އަލިބެއްޔާ، އެކުވެރިސުވައިދީބް
25 July 2019
ވައުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ! އިންތިހާބު ބޯމަތިވެ ކެމްޕޭން ތެރޭގައި ނުވާކަށް ވައުދެއް ނުކޮށްދޭކަށް ކަމެއް ނޯންނާނެ.