6 ކިލޯގެ ޑްރަގާއެކު ބޮޑު ޑީލަރެއް ހައްޔަރުކޮށްފި

ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ޑްރަގްގެ ބޮޑު ޑީލަރެއް މިއަދު ހައްޔަރުކޮށްފި އެވެ.


ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އަދި އަޕަ ނޯތު ޑިވިޝަން ގުޅިގެން މީގެ ހަތް ދުވަސް ކުރިން ކާމިޔާބު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހަ ކިލޯގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ވިދާޅުވުން ފިޔަވައި އިތުރު މައުލޫމާތެއް ނުދެއްވަ އެވެ. އެހެންވެ އެއީ ކާކު ކަމެއް އަދި އޭނާ އަތުލައިގަތީ ކޮން ތަނަކުން ކަމެއް އަދި ނޭނގެ އެވެ.

ޑްރަގާ ދެކޮޅަށް ފުލުހުން ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެގޮތުން ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންއިރު އޭގެ ފަހުން ވެސް އީރާންގެ ބޯޓަކުން 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެ އެވެ.