ފޮރިންގެ މަސައްކަތްތައް ވަގުތީގޮތުން ބަދަލުކުރާ އެމްޓީސީސީގެ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 އޯގަސްޓް 2019 - 12:30
ހުޅުމާލެ ފެރީ ޓާމިނަލްގެ އިރުމަތީ ފަރާތުގައި އެމްޓީސީސީން އަލަށް ހެދި އިމާރާތަށް ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ބަދަލުކުރަން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން މިއަދު ވިދާޅުވީ ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކުރުގެ މަސައްކަތް ފެށުމަށް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމްޓީސީސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގަށް މިނިސްޓްރީގެ މަސައްކަތް ބަދަލުކުރަން ކަމަށެވެ. އަދި އެއްކޮށް ބަދަލުކޮށް، ވަގުތީ އިމާރާތުން ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކަމަށް ވިދާޅުވި އެވެ.
"މުޅި މިނިސްޓްރީ އެކީގައި ބަދަލުވާއިރު ދިމާވެދާނެ ބައެއް ދަތިތައް ހުރެދާނެ. އިމާރާތް ބަދަލުވުމުގެ މަސައްކަތް ކުރިއަށްދާއިރު ދިމާވެދާނެ ދަތިތަކަކަށް މައާފަށް އެދެން،" މިއުވާން ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް މަރާމާތުކުރަނީ ޗައިނާ ސަރުކާރުގެ އެހީގަ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
06 August 2019
މުޅި ސަރުކާރުގަ ރާއްޖޭޓީވީގެ ދެފައި.
މަރީނާޒް
05 August 2019
ރައްޔިތުން ހިެްސާވާ ކުންފުނި... ކުލި ދޭންޖެހޭނެ ....
ޕްރައިމަރީ
05 August 2019
ޓިނުގުދަންތަ؟
ޕާޓޭ ގެ ޑެޑީ
05 August 2019
ޓިނު ގުދަނެއް ފެނުނީޔާ އެންގޭނެތަ؟؟ ނިކަން އެތާ އެތެރެ ބަލާބަލަ ހީވަނީ ފަސްތަރީގެ ހޮޓަލެއްހެން
އިހުސާނާ
05 August 2019
އަދި ތި އިމާރާތަށް ނުވާނެ 10 އަހަރު! މައުމޫނު ދައުރުގެ ފަހު އަަހަރު ޑރ ސަހީދު ހުރެގެން ހުޅުވި އިމާރާތެކެއްނު ތީ! ހަމަ ތި ބުރިޖު އެޅި ކަހަލަ ޗައިނާގެ ނަން މަސްހޫރު ކުންފުންޏަކުން ތި ސަކަރާތެއް ޖެހީ! މި ފަހަރު އަނެއްކާ ކޮން ބަޔެއްބާ ހަދަނީ؟ ތިޔަށް ވުރެ މާ ރަނގަޅެއްނޫންހޭ ބޮަނލަން ވެއްޓެން ކައިރި ވެފަ އެހަރަ ހުނރަވީ ބިލްޑިންގާ ޣާޒީ ބިލްޑިންގ ތަޅާލާފަ ރީތި މި ޒަމާނެއް ފެތޭ، މާލޭގެ މަލަ މަތިވެސް ރީތި ކޮށްދޭނެ އިމާރާތެއް އެޅިއްޔާމުން!
ިއިބްރާ
05 August 2019
މަރާމާތުކުރަންވެސް ެެެެެެެ އިންޑިޔާގެ ޓާޓާ އާއި ހަވާލުކުރިނަމަ 100އ ދެމިހުންނާނެތޯއެވެ.
ކުރުސާނާ
05 August 2019
ޔަގީނުންވެސް 13 އަހަރަށްވުރެ ގިނަވެދާނެ އެ އިމާރާތަށް.
ފަން
05 August 2019
ކޮމެންޓް ކުރާއިރު ލިބިފަހުރި މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްތޯ ޗެކް ކުރައްވާ! އިމާރާތަށް ދެން ވާނީ 14 އަހަރު! ވަރަށް ސަލާމް!
އަލީީީ
05 August 2019
ކަމެއްކުރަންވީމަ ޗައިނާ، އިންޑިޔާއަށް މިލިޓްރީ.
ފަން
05 August 2019
ބަލަ ޢިމާރާތަކީ ޗައިނާ ސަރުކާރުން އަޅައިދިން ތަނެކޭ! ދެން އެ ތަން ދޭންވީ ސަޢުދީއަށްތަ؟ ނުވަތަ ދެކުނު ކޮރެއާއަށްތަ؟ ސިކުނޑި ބޭނުންކޮށްބަލަ!!!!
އަލީ 2019
05 August 2019
ޚާރިޖީ ކަންކަމާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓާ އިމާރާތެއް މަރާމާތައްވެސް ބޭރުގެ ބަޔަކާ ހަވާލު ކުރުމަކީ ގައުމަށް ވަރަށް ނުރައްކާ ވެދާނެ ކަމެއް. މީ ޓެކްނޮލޮޖީގެ ޒަމާން. އަދި އަމުދުން ޗައިނާ އަކީ އެކަމުގައި ކުރި އަރާފައިވާ ގައުމެއް. ތަނެއް ދޮރެއް ނޭނގޭ ގޮތައް ޖާސޫސް ކުރުމުގެ ތަފާތު އާލާތްތައް ހަރުކުރުމަކީ އެމީހުނަށް އެއްވެސް ކަމެއް ނޫން.
އައިި
05 August 2019
އަލިީ 2019 އެވެ. އެ އިމާރާތް ހަދާދިނީވެސް ޗައިނާއިންނެވެ. ޖާސޫސުކުރާ ހުރިހާއާލާތެއް އެތަނުގެ ކޮންކުރީޓްގަނޑު ތެރޭގައިވެސް ހުރެދާނެއެވެ. އެހެންކަމުން އެއްމެ ރަގަޅުގޮތަކަށްވާނީ ޗައިނާގެ އެ އިމާރާތް އެއްކޮށް ތަޅާނަގާ އެތަނުގައި އެމްޓީސީސީ ސޯމިލު ނަމޫނާއަކަށް ބަލައިގެން ދިވެހިންލައްވާ އެތަނުގައި ދަގަނޑުހޮޅިޖަހައިގެން ޓިނުން އެ އިމާރާތް ހެދުމެވެ. އޭރުން އެއްވެސް ގައުމަކަށް ދިވެހިރާއްޖޭގެ ފޮރިންމިނިސްޓްރީއަކާ ނުކުޅެވޭނެއެވެ.
ކޮލެޖު ބޯއި
05 August 2019
ބަލަ ޗައެނާއިން ތިޔަ ޓެކްނޮލޮޖީގެ ޒަމާނުގައި އެތަން ހަދާދިނީ ވެސް. އޭރު ހެދި އެއްޗެއް ހަދާފަ ހުންނާނީ. އެއިން ސަލާމަތްވާން ބޭނުންތަ؟ ތަންތަޅާލާފަ، ހުރިހާ ވެއްޔެއް ފުރާނާފަ ޗިޕަކަށް ޗެކް ކުރަންވީނު؟
Dhaadhey
05 August 2019
އެހެންވީމާ ހަވާލުކުރަންވީ އިންޑިޔާ ކުންފުންޏަކާ ނޫނީ އެމެރިކާ ކުންފުންޏަކާ. ތިޔަ ޓެކްނޮލޮޖީއޭ ކިޔާ ހަޑިއެއް ތިހާވަނީ އެމެރިކާއާ ޔޫރަޕުން. އެހެންބަޔަކު ތިކަމާ ކަންބޮޑުވެގެން އުޅޭހެން ހިއެއްނުވޭ. ޓެކްނޮލޮޖީ ކުންފުތަކުގައި ވިއްކަނީވެސް ޗައިނާ އެއްޗެހި. ފަޔަށް ހިނިއަރައިގެން ތިއުޅެނީ ކަންކަން ކުރަންނޭގޭ ތަރައްގީގެ ކަންފުޅެއްވެސް ސިކުނޑީގައިނެތް ބައެއް.
ބަލީތަ
05 August 2019
ޗައިނާގެ ޖާސޫސީ ޗިޕްތައް ހަރުކޮށްގެން އެހެންވީމަ ބްރިޖްމަތިން ދާ އެންމެން ދައްކާ ވާހަކަވެސް އަޑުއަހާފަތާ ހުންނާނީ. ޗައިނާ މީހުން އުޅެނީ ދިވެހިން ދައްކާ ވާހަކަ އަޑުނޭހިގެންވިއްޔަ.
ހޭހަން
05 August 2019
ކޮބާތަ ތިޔައިމާރާތުގެ ކައިރިއަށް މަޑުކުރަންބުނި ބަސް. އައިޝާ ބުނި ރޯދައިގެ ކުރިން ހުޅުމާލެއިން އަންނަ ބަސް ތިތާ ކުރިމައްޗަށް މަޑުކުރާނޭ ރޯދައިގެ ކުރިން. ދެން އަންނަ ރޯދަދޯ؟
އަހަންމަދާ
05 August 2019
ކޮން ބަހެއްތަ؟ ޓެކްސީގަ ދޭބަލަ
އިބްރާ
05 August 2019
އެތަނުގެ ބަހަކީ ދިވެހިބަސް. ހުރިހައިކަމަކަށްވެސް ބޭނުންކުރަނީ ދިވެހި ބަސް. އަންނަންވެސް ދާންވެސް މަޑުކުރަންވެސް ދިވެހި ބަސް ބޭނުންކުރަނީ. އައިޝާ އެވާހަކަ ވިދާޅުވީ.