ފޮރިންގެ ސްޓޭޓް މިނިސްޓަރު ހަލީލް (ކ) އަދި ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގު އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
29 ޑިސެމްބަރ 2018 - 17:58
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް މަރާމާތުކުރަން ޗައިނާއާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިންގެ ސްޓޭޓް މިނިސްޓަރުު އަހުމަދު ޚަލީލް ކަމަށެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގެވެ.
މަސައްކަތްތައް ނިމުމުން މިހާރު ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ، ފޮރިން މިނިސްޓްރީގެ އިމާރާތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ދިން ހިލޭ އެހީ އެކެވެ.
\
\
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުރީޒާ
30 December 2018
ކޮބާހީވޭ ކަމެއްހެން މިހާރު ޗައިނާ ވެއްޖެ ދޯ
ފެއދ
30 December 2018
ޗައިނާއިން އޭރުވެސް މިހާރުވެސް ފައިދާވާނެ ކަހަލަ ހިލޭ އެހީ. އިންޑިއާއިން ގެރިކިރުވެސް ޖެހެނީ ގަންނަން
ރާއްޖެ
30 December 2018
1995 ވަނަ އަހަރު އިންޑިއާއިން އިން ދިން އައިޖީއެމްއެޗް ކިޔާ ހޮސްޕިޓަލް އަދިވެސް މަރާމާތުކޮށް ނުނިމޭ.
ބަގު ފިލުވުން
29 December 2018
ޗައިނާ އިންދިވެހިން ރަނގަޅަށް ދަސްކޮއްފި ކަމުގެ ހެއްކެއް. ޢިމާރާތްކުރުމާއި ރިޕެއާ މެންޓަނަންސް އައް ފުދޭވަރެއްގެ ބޮޑު ހަރަދެއް ދާނެ ކަމައް ބެލެޥޭ. ?.
ބިގަރޭ
29 December 2018
ނަސީބެއް ޗައިނާގެސިލްކުރޯޑުމަޝްރޫޢުގަ ކުރީސަރުކާރުން ސޮއިކޮއްފައޮތްކަން އެހެންމިބުނީ ޗައިނާއަކީމިހާރު ދުނިޔޭގަ އެންމެބާރައްކުރިއަރަމުންއަންނަ އެންމެބޮޑު އިގުތިސާދުއޮތްތަންވީމަ އެހީއެއްދިނަސް ދެވޭނީ ޗައިނާއައް އިންޑިއާ އަކައްނޫން އިންޑިއާބެރައްނެށިނަމަ މިޤައުމު އޮތީހީ ފަންސާސްއަނހަރު ފަހަތުގަ މިއިންވެސްއެނގެނީ ޔާމީނުގެ ދުރުވިސްނުންރަނގަޅުކަން

ކަނަމަނަ
29 December 2018
އިންޑިއާ އާ ޙަވާލުނުކުރީ ކީއްވެބާ؟ މާފެންވަރު މަތިވެފަ މޮޅުވާނެނު. އަގުދޭކަށް ނުޖެހޭނެނު. ހިލޭ ހަދައިދޭނީ.
ޝިޔާން
29 December 2018
އިމާރާތް ހެދިބަޔަކު ލައްވާ ދޯ މަރާމާތުކުރަން ޖެހޭނީވެސް
ރެބިޓު
29 December 2018
އިމާރާތުގަ މިހާރު ހުރި ރިޔަލުގެ މައްޗަށް މިފަހަރު ވާނެ އިތުރު ދެތިން ރިޔާނަގަން. އޭރުން ޖާގަ ތަނަވަސްވާނީ.
ޑިމޮކްރަސީ
29 December 2018
ޢަދިވެސް ފޮރިންމިނިސްޓްރީގެ ޢިމާރާތްތަ މަރާމާތު ނުކުރެވިގެން މިއުޅެނީ މިމަގުމަތި ވެފަ މިއޮއްހާ ދިވެހިންނަށް ބޯހިޔާވަހިކަމެއް ހޯދާދީބަލަ
ޝިޔާން
29 December 2018
އެކަން އެކުރަނީ ހިލޭ. ފައިސާ ދީގެން ކުރާ ކަމެއް ނުވެގެންނޭ ކިޔާފަ ހިލޭ ކުރެވެން އޮތް ކަމެއް ދޫކޮށްލައިގެން ނުވާނެކަން ދެން އެންމެނަށްވެސް އެނގެންވާނެ!