މާލޭގެ މަގެއްގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ: ޓެކްސީތަކުން ބޮޑު އަގު ނަގާތޯ ބަލަން ފުލުހުން އޮޕަރޭޝަނެއް ވަނީ ފަށާފައި -- ފޮޓޯ/މިހާރު
06 އޯގަސްޓް 2019 - 15:30
ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ޚާއްސަ އޮޕަރޭޝަނެއް ފަށަން ފުލުހުން ނިންމައިފި އެވެ.
ސަރުކާރުން މިދިޔަ ހަފުތާގައިވަނީ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި، އިއުލާންކޮށްފަ އެވެ. އެ އުސޫލު ބުނާގޮތުން އެންމެ ބޮޑު މިންވަރަށް ނެގޭނީ 75ރ. އެވެ. އެއީ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށެވެ. އެ އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޑްރައިވަރުން ވަނީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
ފުލުހުން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި މަގުތަކުގައި ދުއްވާ އުޅަނދުތައް ރޯޑް ވާދިނަސް މިންގަނޑަށް ފެތޭތޯ އާއި އުފެއްދިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ދަތުރު ކުރެވޭތޯ ވެސް އެ އޮޕަރޭޝަންގެ ތެރެއިން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
ޓެކްސީ އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޑްރައިވަރުން އިހްތިޖާޖަށް ނުކުންނަ ނިންމައި، އެންމެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅިޔަސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފަ އެވެ. އަދި މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމުގައި އޮންލައިން އެޕްލިކޭޝަނެއް ބޭނުން ކުރަން ވެސް ވަނީ ލާޒިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ
07 August 2019
ބަސްދަތުރު ކުރާ އުސޫލުން އެޓެކްސީ ޑްރައިވަރުން ދަތުރު ކުރަނީ!؟ ކާރުގައި ފަސިންޖަރަކު ދަތުރު ކުރަމުން ދަނިކޮއް އަތް ނަގައިފިނަމަ ހުއްޓާ އެމީހާ އަރުވަނީ! ދެން މިގޮތައް ކާރަށް އަރުވަމުންގޮސް މުޑި ކާއްޓެއްގެ އުސޫލުން ކާރު ފުރެންދެން މީހުން އަރުވައިގެން ދަނީ!މާލެ/ހުޅުމާލެ އަށް މިގޮތައް ދަތުރެއް ލިބިއްޖެނަމަ ކޮންމެ މީހެއްގެ އަތުން 75ރ ނަގާ! މުޅިކާރުގައި ބަބުރުވަސް ނޯއްދަމާލަން ނުކެރޭ!
ތޯބޭ
07 August 2019
ދަތުރުގާ ހުއްޓާއެހެމީހުންވެސް އަރުވަނީ ބައެއްޑުރައިވަރުން.... ހުރިހާފޭކު ޓެކުސީ ހުއްޓުވާ
އައްޔަނަ
07 August 2019
ތީ ހަމަ ތެދެއް އަހާލުމެއްވެސް ނެއް
އަހުމަދުބޭ
06 August 2019
ﷲ އިރާދަ ކުރެއްވިއްޔާ މިފަހަރު މިކަން ރައްޔިތުންނަށް ކާމިޔާބުވާނެ، ނަހުލާ މިފަހަރު ދޫނުދޭތި، ތިޔައީ ފިސާރި އަންހެނެއް އެގޮތުގައި ހުންނަވާތި، ޓެކްސީ އަގާ ގެދޮރުގެ ކުއްޔާ މިއީ މުޅިން ދެކަމެއް، މިކަމާ އެކަމާ ނޭޅުވޭނެ، އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މި ބޮޑު ކުއްޔަށްއޮނަ ޑިމާންޑުވެސް ހިނގައިދާނެ
ޔަގީ
06 August 2019
މިފަހަރު ދުލެއްނުދޭތި
އަސޮކު
06 August 2019
ޓެކްސީ ސެންޓަރުތަކުގެ ހުއްދަ ބާތިލުކޮށް އުވާލަން ފެންނަނީ... މިމީހުން މިހާރު މާ ގަޓުވެގެން އުޅެނީ!!!
ޙަމް
06 August 2019
މި ކަން ދެމެހެއްޓެނިވި ގޮތަކަށް ކުރަން މުހިންމު
ލަކުޑި ހަމީދު
06 August 2019
އޮފަރޭޝަނެއް ހިންގަބަލަ ގޮތެއް ފޮތެއް ނެތި މަގުމެދުން ހިގާމީހުންނަށާ، ކަފިހިހުރަހަކަށް ބަލާލުމެއްނެތި ދުއްވާ އެއްޗިސް ދުއްވާ މީހުންނަށް.
އަތަ
06 August 2019
މީގެ 7 މަސް ކުރިންވެސް ތިކަންކުރި. ނަތީޖާ ނެރެވުނުތޯ؟ "ބޮޑު އަގުގައި ޓެކްސީ ކުރުން ހުއްޓުވަން ފުލުހުން ނުކުމެއްޖެ" 23/12/2018 މިހާރުނޫސް https://mihaaru.com/news/47601
ހުތާނި
06 August 2019
ގެދޮރުގެ ކުލީގެ މައްސަލަ ބޮޑު. އެކަމަކު ޓެކްސީގެ ވާހަކަތަކާއެކު ގެދޮރުކުލި އަންނާކަށް ނުޖެހޭ. މާލޭގައި 1200 ޓެކްސީ އޮވޭ. އެކަމަކު ވާރޭކޮޅެއް ވެހިލާއިރަށް ޓެކްސީ އެއް ނުލިބޭ. ޓެކްސީ ކުލި ބޮޑުވީމަ ދުވާލަކު ހައެއްކަ ދަތުރުކޮށް ފަހަރަކު 2 ތިންމީހަކު ޓެކްސީއަށް އެރުވިޔަސް ހާސް 2ހާސްރުފިޔާ ލިބޭ. އެހިސާބުން ޓެކްސީ ޕާކްކޮށް ޑްރައިވަރު ރިލެކްސްކުރަނީ. ގެކުލީގެ މައްސަލަ ތަފާތު. ގެކުލި ދަށަށްދާނެ ޑިމާންޑާއެކީ. މިހާރުވެސް ކުރިއަށް ވުރެން ގެތަކުގެ ކުލި ކުޑަ.
ހުސެނ
06 August 2019
ގެތައްވެސް ބޮލައްވެއްޓޭވަރުވާއިރު ކުލި މައްޗައްދަނީ އެކަން ޓެކުސީވީމާ ނިކަމެތި މީހާ އައް ބޭނުންގޮތެއް ހަދާލަނީ
ވެރީ އޯލްޑް
06 August 2019
އާއެކޭ..އާއެކޭ...ދުއްވަދުއްވަ ހުއްޓާ ޑިކީ ގަޑު ވެސް ހުޅުވެނީ އޭ.