ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު މިނާގައި.--ފޮޓޯ: ހައްޖު ކޯޕަރޭޝަން
09 އޯގަސްޓް 2019 - 20:11
ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި އެ މީހުން މި ވަގުތު ތިބީ މިނާގައި ކަމަށް ހައްޖު މިޝަން އިން މިއަދު ބުނެފި އެވެ.
ހައްޖު މިޝަންގެ ފަރާތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ "މިހާރު" އަށް ވިދާޅުވީ މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 2،000 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑުންނެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު މިނާގައި.--ފޮޓޯ: ހައްޖު ކޯޕަރޭޝަން
އަމީރުލް ހައްޖުގެ ގޮތުގައި މި އަހަރު ހައްޖަށް ވަޑައިގެންނެވި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވައިފަ އެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy