އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް
21 އޯގަސްޓް 2019 - 13:35
ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ގާނޫނަށް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިސްލާހުގެ ސަބަބުން އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން މަޖުބޫރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ތަފްސީލްތައް ދެއްވަމުން ފައްޔާޒް މަޖިލީހުގައި ވިދާޅުވީ ރާއްޖޭގައި މިހާރު ކުރާ ވިޔަފާރިތަކުގެ ތެރެއިން ދައުލަތުގައި ރަޖިސްޓްރީކޮށްގެން ހިންގަނީ މަދު ވިޔަފާރިތަކެއް ކަމަށެވެ. އަދި ބިލްގެ ބޭނުމަކީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތަކެއް ރަޖިސްޓްރީ ކުރުމާއި ވިޔަފާރިއެއް ހިންގާކަން މިނިސްޓްރީ އަށް އެނގުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފިހާރަތަކާއި ކެންޓީންތަކުން މިސާލު ނަންގަވަމުން ވިދާޅުވީ ފައްޔާޒް ވިދާޅުވީ އެ ތަންތަން މިއަދު ރަޖިސްޓްރީކުރަން ޖެހިފައި ވިޔަސް، ގަރާޖާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން ރަޖިސްޓްރީ ކުރަން މަޖުބޫރު ނުވާ ކަމަށެވެ. އަދި މިހާރު ރަޖިސްޓްރީކޮށްފައި ހުރި ވިޔަފާރިތަކުގެ މައުލޫމާތު ވެސް ހާމަކުރަން ބިލުން ލާޒިމްކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވިޔަފާރިވެރިންނަށް ފަސޭހަ ކަންކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ ބިލްގެ ބޭނުމަކީ އެއް މިނިސްޓްރީ ތެރެއިން ހުރިހާ ކަމެއް ކުރުން ކަމަށެވެ. އަދި ބިލްގައި އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ
"ފިހާރައެއް ހުޅުވަން އަޅުގަނޑުމެންގެ ހުއްދަ ހޯދާކަށް ނުޖެހޭނެ. ހޮޓަލެއް ހުޅުވަން ހުއްދަ ހޯދާކަށް ނުޖެހޭނެ. މަހު ފީއެއް ދައްކާކަށް ނުޖެހޭނެ. ހަމައެކަނި ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ އެ ހުޅުވާ އިރެއްގައި އަންގާލެއްވުން. އަޅުގަނޑުމެން ބޭނުންވާ މައުލޫމާތު،" ފައްޔާޒް ވިދާޅުވި އެވެ.
މީގެ އިތުރުން ވިޔަފާރިއެއް އުވާލައިފި ނަމަ، އެކަން ވެސް އަންގަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އާ ބިލުން ވިޔަފާރިތައް ރަޖިސްޓާ ކުރުމުގައި ފަސޭހަވާނެކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ރަޖިސްޓްރީ ކުރާ އިރު، ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު، ބިލްގެ ސަބަބުން މަހުން މަހަށް ދައްކަން ޖެހޭ ފީ އުވާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ސަބަބުން ޖޫރިމަނާތައް ދައްކަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމާލުބެ
24 August 2019
މާލެ ވިޔަފާރިވެރިންނަށް ގެއްލުންވާނެ ދުނިޔޭގެ 99% އެމީހުނަށް ލިބި އެހެން ބަޔަކަށް 1% ލިބުނަސް..މީ ވާގޮތަކީ
ސްމިތް
22 August 2019
އޭބަލަ ޗިޗަންޑާ 19 ހަމަހޭގަތަ ތިޔާހުންނެވީ.އޮންލައިން ވިޔަފާރިންއެކަނިދޯ މިހާރު ދައުލަތައް ލިބޭ ރުފިޔާކޮޅު މަދުވަނީ.ކަލޭމެންނަކައް ނުކެރޭދޯ ގޭގޭގެ ކުލި ރަޖިސްޓްރީ ކޮއްގެންނޭ ނެގޭނީ ކިޔާފަ އަނގަތަޅުވާކައް.މިއޮއް ޗިޗަންޑާ ސަރުކާރެއް.ދެން ތިޔާ ޗިޗަންޑާއައް ދުވަހަކުވެސް ވޯޓެއް ނުދޭނަން
ކަކުނިބޯ
21 August 2019
އޮންލައިން ވިޔަފާރިން ޖޫރިމަނާދައުލަތަށް ދައްކަންޖިހޭއިރު ބިދެސީން މާރުކޭޓުގޮޅީގައި ވިޔަފާރިކުރަން އޯކޭ، ބިދޭސީން ކޮންސްޓްރަކްޝަން މަސައްކަތް ކުަރްނ އޯކޭ، ބިދޭސީން އޭސީ ސަރވިސްދިނުން އޯކޭ، ބިދޭސީން އުޖޫރަޔަށް ކުނިއުކާދިނުން އޯކޭ، ވެލާނާއެއަރޕޯޓް ކާގޯބައި ބިދޭސީން ކޮންޓްރޯލްކޮށް އެމީހުންގެ އަމިއްލަ ޓްރޯލީ.މުޅިތަނުގއި އެއަރޕޯޓުން މިހިދުމަތް ނުދީ އެމީހުންނަށް ބަރޯސާކުރަން މަޖުބޫރުކުރުވަނީ އެއަރޕޯޓަށް ކާގޯނެރެން ޓްރޯލީކުއްދީގެން އާމްދަނީ ލިބެންނެތީ
ފަގީރު ކޮއި
21 August 2019
ޓީއުސަން ނަގާދޭތަންތަންް ހެސްކިޔާފަ ބޮޑެތި ފީތައް ނަގަމުންދާއިރު ކީއްވެބާ އެއްފަރާތް ކޮއްލީ ކޮބާއިންސާފު. ގަރާޖު ތަކުންވެސް ހިތުހުރި އަގެއްނަގަނީ ލަމަޔެއް ހަމަޔެއްނެތް އިންސާފެއްނެތް ތަނެއްމީ. ކޮބާ ބޮޑެތި ކުލިނަގާ ތަންތަން މިތަންތަން ނުފެންނަނީބާ
ފޭސްބުކް ސެލަރ
21 August 2019
ކުދި ވިޔަފާރިތައް ހިމާޔަތްކޮށްދީ ސަލާމަތްކޮށްދޭނަމޭ މި ހުރިހާދުވަހު ވިދާޅުވެފަ އިއްޒަތްތެރި މިނިސްޓަރު ކިހިނެއްތޯ ތިޔަ ހެއްދެވީ؟ އަހަރެމެން ގޭތެރޭގަތިބެ ފޭސްބުކުން އެއްޗެއް ވިއްކާލައިގެން ކުލިން ތަންކޮޅެއް ސަލަމަތްވޭތޯ މަސައްކަތްކުރާތީ މިހާރު އެކަމަށްވެސް ތިޔަ ކުރިމަތި ލެއްވީތޯ؟ ކުދިވިޔަފާރިތަކަށް އެހީތެރިވެދެވޭނީ ތިޔަވަރަށް. ރަނގަޅީ ދެން ކުދިވިޔަފާރިއޭ ވިދާޅުވެ ތިޔަ މާތް އަނގަފުޅު ދެން ނުހުޅުވިއްޔާ!.މިހާރު އެނގިއްޖެ ތިޔައީ އިޚްލާސްތެރިއެއް ކަން
އަސްލަމްމް
21 August 2019
އޮންލއިން ވިޔަފާރިއަށްވުރެން ކުރިން، އިންކަމްޓެކްސް ނަގާ، މުއްސަންދިން އަތުން ނެގެން އޮތްވަރަކަށް ނަގާފަ ފަގީރުން ކައިރަައަށް އައިމަ ތިބަލާގަނެވޭނެ.
ފަހުންއައިވަޒީރަށް
21 August 2019
ވަޒީރުވެސް އޮންލައިންގަ ހުންނަވައިގެން މަސައްކަތް ކުރަން ވީ އޮފީހަށް ނުނިކުންނަވާ ހުރިހާ ކަމެއް އޮޓޯއަށް ލާފަ ކެމެރާ ހަރުކޮށްފަ ގޭގަ ތިއްބަވާ ޢާއްމު އިޖްތިމާޢިއްޔަތު ވަޅު ޖެހިއްޖެ ޚިދުމަތްތައް ސުމެއް ބުނާނެ އައިއެސްއޯ މިނަގނޑޭ އެކަމަކު ފޮތް ގެންގުޚޅުނު އިރުގަ ވާވަރުވެސް ނުވޭ ނެތޭ މި ދިދިޔަ 5 އަހަރުތެރޭގަވެސް ފިހާރަތކުގަ ބަލަން ޖެހޭ އެއްވެސްކަމެއް ބަލާފަ ތަންފީޒެއް ނުކުރެވޭބ ތަންފީޒީ އިދާރާތައް ދަށްވެގެން ހުރިހާ ކަމެއް ގޯހުން ގޯހަށް މި ދަނީ
ކޮއްކޮގެފަހަރި
21 August 2019
ފައްޔާޒު ކައިރި އިން ކަމަށް ގާބިލުނޫން ކުނި މޫނު ދައްކާ ވިސާމް ބޭރުކޮށް އެމަގާމަށް އެހެން މީހަކު ލާން ޖެހޭ
ދަރުވާޒާ ކޯލް
21 August 2019
އޮންލައިން ވިޔަފާރި ރަޖިސްޓްރީ ކުރަންޏާ އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޭޓްވޭ ތަކަށް ވެސް ހުއްދަ ދެވެން ޖެހޭ. މިހާރު އޮތީ ބީއެމްލް ތެރެއިން މޮނޮޕޮލީ ހަދާފައި. ޕޭޕަލް އަވަސް ކުރޭ
34445554
21 August 2019
ޕޭޕެލް އެއް ނޫން ކާޑްޕޭމަންޓްސް، ނުނީ ބިޓްކޮއިން އަށް ބަދަލް ކުރަން ޖެހެދާނެ،
ރާއްޖެތެރޭ މީހުންގެ ޕާޓީ ބާނީ
21 August 2019
ކުލީގެ ވިޔަފާރި ވެސް ރަޖިސްްޓްރީ ކޮށްގެން ހިންގަން ޖެހޭ ގޮތަށް ހަދަން ޖެހޭ. އޮންލައިން ވިޔަފާރި ކުރަނީ ކުލި އަގުބޮޑުކަމުން ކުލި ދައްކާނެ އެހެން ގޮތެއް ހޯދުމަށްޓަކައި.
ސައީ
21 August 2019
މިހާރުވެސް މާލޭގެ ގެތަކުން ދައުލަތަށް ޓެކްސް ނަގާ... ކަލޭމެން ނޭގޭ ވާހަކަ ނުދައްކަބަލަ... އެކަމަކު ރަށްރަށުގަ ކިތަންމެ ބޮޑު ގެޔެއް އެޅިޔައިން އެޔަކުން ޓެކުހެއް ނުނަގާ.. މީ ވަރަށް ބޭއިންސާފު ވެރިގޮތެއް.. އޯކޭ ތެންކްސް ބާއި...