އޭސީސީގެ ރައީސް ހަސަން ލުތުފީ: ޔާމީންއާ ދެކޮޅަށް ހެކިބަސް ދޭން މަޖުބޫރުކުރަމުންދާ ކަމަށް ވިދާޅުވި.
21 އޯގަސްޓް 2019 - 15:35
ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އުޒުރުވެރިވެވަޑައިގެންފި އެވެ.
ޔާމީނަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާ އަށް ތާވަލްކޮށްފައި ވަނިކޮށް ލުތުފީ ވަނީ އެއީ އިންސާފުވެރި ޝަރީއަތެއް ކަމަށް ގަބޫލު ނުކުރައްވާ މޭރަމަކުން ވާހަކަ ދައްކަވައި ހެކިބަސް ދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ލުތުފީ ފޭސްބުކްގައި ލިއުއްވާފައިވާ ގޮތުގައި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާ އެކު ޔާމީނާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ވަކިން ވެސް ޔާމީނާ ބައްދަލު ކުރައްވާފައި ނުވާ އިރު ފޯނު ކުރައްވާފައި ވެސް އެ ފައިސާއާ ހަވާލުކުރުމާ ގުޅޭ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ މިގޮތަށް މި ވިދާޅުވީ ޔާމީނަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ހެކިބަސް ދެއްވަމުން، ލުތުފީއާ އެކު ރައީސް އޮފީހަށް ވަޑައިގެން އެ ފައިސާ ދައުލަތަށް ހަވާލުކުރަން ޔާމީނަށް އަންގާފައިވާ ކަމަށް މުއައްވިޒް ވިދާޅުވެފައި ވަނިކޮށެވެ. އެއް މިލިއަން ޑޮލަރު ދައުލަތަށް ހަވާލުކުރުމާ ގުޅޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށް ލުތުފީ ވިދާޅުވި އިރު، އެ ފައިސާ ޖަމާވި ކަން އެނގިވަޑައިގަތީ ލުތުފީ ފޯނު ކުރައްވައި ވިދާޅުވުމުން ކަމަށް ޔާމީން ވަނީ ޝަރީއަތުގެ އަޑުއެހުމެއްގައި ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުންޏެވެ.
ލުތުފީ ވިދާޅުވި ގޮތުގައި ފައިސާ ހަވާލުކުރަން ޔާމީނަށް އަންގާފައި ނުވަނީ އޭރު އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަން ނުވަތަ ނޫން ކަން ކަނޑައެޅިފައި ނުވާތީ އެވެ.
"އަދި އެގޮތަށް ކަނޑަނޭޅެނީސް އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެނގޭނެ އެއްވެސް ހަމައެއް އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ޔާމީންގެ ތަހުގީގު މަރުހަލާ އިން ފެށިގެން މިއަދާ ހަމައަށް ވެސް، ޔާމީންގެ މައްޗަށް ދޮގު ބަޔާންދީ، ދޮގު ހެކި ބަސް ދިނުމަށް އޭނާ އަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން ދަނީ މަޖުބޫރު ކުރަމުން ކަމަށެވެ. އެނބުރި ރާއްޖެ ވަޑައިނުގެން ހުންނެވީ ވެސް އެ އިންޒާރުތަކާ ހެދި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާގައި އަދުލުވެރި ހެކި ބަހެއް އަދާކުރުމުގެ ފުރުސަތެއް ނެތެވެ. އެހެންވެ އެ ދައުވާއާ ގުޅިގެން ހެކިބަސްދޭން ބޭނުން ނުވާ ކަމަށް ލުތުފީ ވަނީ ވިދާޅުވެފަ އެވެ.
ލުތުފީ ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ އިރު އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މަގާމުގެ ޒިންމާ އަދާނުކުރައްވައި މުސާރަ ނެންގެވި މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާގެ މައްސަލަ ބަލަން ފެށުމުން މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
22 August 2019
ތިކަން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އެނގޭ. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ. ލިބުނު ބައިވަރުގަނޑު ގިނަކަމުން ހެކިބަސް ދޭކަށް ނުކެރޭނެއޭ ސާފު ބަހުން ބުނިނަމަ މާރަނގަޅުވީސް.
އައިސް
22 August 2019
މި ކުޑަ ދުވަސް ކޮޅު ތެރޭ މި ސަރުކާރުން ދަވާލި33 ބިލިޔަން ކޮބާ؟؟>؟ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ރޔ ދޭތެރޭ ހިތްތަކުގަ އުފެއްދި ހސަދަ އިން ރައްޔިތުންގެ "ގިނަބަޔަކު" ލޯކަނުވެފަ ތިއްބާ ބަޔަކު އެއޮއް ގައުމު ދަވާލަނީ....؟؟؟؟؟
ދެރަ
22 August 2019
ގިނަމީހުން ނަށް ވިސްނޭ ގޮތަކީ ކެވުނުވަރު މަދުވީ ލުތުފީ ކިޔާމީހަކު ގޯހެތްނުވާނެ
އަކުމް ބަކުމް----
22 August 2019
ހެކި ބަހުން ޔާމިނު ސަލާމަތް ވެދާނެތީ ލަނޑުދޭންތަ؟؟
ނަޖްވާ
22 August 2019
ބަލަގަ ހެކި ބަހެއް ނުދެވޭނެ ނޫންހޭ! ހާދަހާ ވާ ނާޖާއިޒު ފައިދާ އެކޭ ނަގާފަ އޮތް ކަމަށް ވަނީ މި މީހާ އެންޓިކޮރަޕްސަނުގަ ހުރެގެން!
އިހުސާނާ
22 August 2019
މީ ގްރޭޑު ހަތަކުން ފާސް ނުވެގެން ރަށްރަށުން މާލެ އައިސް ތިބޭ މީސްމީހުންނަށް ނުކަތާ ވަރުގެ މަޤާމުތަށް ދިނީމަ ވާނެ ހާ ގޮތްގޮތް!
ސަންދާނު މޮޔަމީހާ
22 August 2019
ލުތުފީ ބޭނުމީޔާ ހެކިބަސްދޭނީ ނުދިނަސް ކުރާނީ ކުރެވޭނީ ކޮންކަމެށް ނުކުރެވޭނެ އެތްވެސްކަމެއް ލުތުފީއަކީ ކަޓުނެގުމާ ވައްކަންކުރުމާ މިހުރިހާކަމަކައް އަރާހުރި ބޮޑުވަގެއް.. ސަރުކާރުން ދޮގުހެކިބަސް ހޯދަން ލުތުފީ ކާރިންއެދޭތީ އޭނަފުއްޕަނީ ސަރުކާރުހިންގަ ތިޔަހަވާލުވެ ހުރިފަރާއްތަކުގަ ނެތީފެންވަރެއް ރައީސްޔާމީން ވކުރިމަތީ އަނގަވެސް ހުޅުވާނުލެވޭ ރާއްޖޭ އެންމެނަ އެމަންޒަރު އެބަފެނޭ ސަރުކާރަކަ ނޭނގުނު ހެކިބަސް ހޯދަންވެސް ދޮގުހަދަންވެސް ސިޔާސީ ގޭމުކުޅެންވެސް
އަޙުމަދު
22 August 2019
ސަރުކާރުން ޔާމީނާ ދެކޮޅަށް މީހަކު ލައްވާ ދޮގުހެކިބަސް ހޯދާކަށް ނޫޅޭ. ސަންދާނު މޮޔަމީހާ އަމިއްލަ އަށް ތިކިޔަނީ ވަނަމަކަށް ނޫންކަން މިހާރު އެނގިއްޖެ. ހަމަ މޮޔައެއް.
ހުސަންބޭ
21 August 2019
ލުޠުފީ އަށް ހީވާކަލަ، ތިމާބޭނުންގޮތަކަށް މިދުނިޔޭގައި ތާއަބަދު އުޅެވިދާނެކަމަށް. ލުޠުފީއެވެ. ﷲ އަށް ބިރުވެތިވާށެވެ. ﷲ ގެ ވަޙީބަސްފުޅުގައިވަނީ "ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ."
މާރަނގާ - އައްޑޫ ސިޓީ
21 August 2019
ﷲ ގަންދީހުވާކޮށް ދައުލަތުގެޒިންމާދާރުމަޤާމެއްގައިހުރިމީހަކު އޭނާގެ ޝަރުއީޤާނޫނީމަސްއޫލިއްޔަތާއިގުޅުންހުރިކަމެއްގައި ޝަރުއީކޯޓްގައި ހެކިބަސްދިނުމަށްއުޒުރުވެރިވާހިސާބުން އަދި އަމުދުން “ރާއްޖޭގެ ޝަރުއީނިޒާމާއިމެދު އިތުބާރުނެތްކަމަށް” ފާޅުގައިބުނުމުން މައްސަލައިގެތެރެއަށް ޤާނޫނުހަދާމަޖިލިސްވަދެ ކަމުގެޙަޤީގަތްދެނެގަތުމަށް ތަޙްޤީގުހިންގުމަށް ފުލުހުންގެމައްޗަށް އަމުރުކުރާންޖެހޭ. * * ލުތުފީހާޒިރުކޮށް ތަޙްޤީގުހިންގުމަށް މަޖިލީހުންއަމުރުކުރޭ.
ހުއްބުލް ގަލަން
21 August 2019
ފަޅުރައްތަކާއި ފަޅުތަކާއި ގިރިތައް ވިއްކާނެގިއިރު ބައިބަޔަށް އެޅި ބައިތަކުން ބައެއް ލިބިފަހުރީމައާއި ފޯމެއްނުލަނީސް ފްލެޓެއްގެ ހަތަރުފާރު އައިސް ތިމާގެ ހަތަރެސް ފަރާތުން ރުކުރުވާލާފަ ވާތީ އުޒުރުވެރިވާނެތާ.