ލާމު އަތޮޅު ލިންކު ރޯޑު: ރާއްޖެ ތަރައްގީ ކުރާނީ މައިގަނޑު ފަސް ސަރަހައްދެއް ކަނޑައަޅައި ހިދުމަތްތައް ބަހާލައިގެން ކަމަށް ޕްލޭނިން މިނިސްޓަރު ވަނީ ވިދާޅުވެފައި. .-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
23 އޯގަސްޓް 2019 - 17:00
ހަމައެކަނި މާލެ ސަރަހައްދަށް ބާރުތަކާއި ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ތަރައްގީ ކުރަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހުރަވީ ސްކޫލްގައި އެމްޑީޕީން ކުރިއަށް ގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި، ރާއްޖެ ތަރައްގީ ކުރަން ރާވާފައި އޮތީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅީ އިގްތިސާދީ ހާލަތާއި އާބާދީ އަށް ބަލައިގެން ކަމަށާއި އެ ސަރަހައްދުތައް އަދި ފައިނަލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
- ހދ. ކުޅުދުއްފުށި
- ޅ. ނައިފަރު
- ލ. ގަން
- ގދ. ތިނަދޫ
- ސ. ހިތަދޫ
މި ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދު އާއި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ހިމަނަން އޮތީ ވިސްނައިފަ އެވެ.
މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވާ އިރު ފިނޭންސް މިނިސްޓަރު އަމީރު އަރިހުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" ގެ ނަމުގައި ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ޕްލޭން ފައިނަލްކުރާނީ ކަމާބެހޭ ފަރާތްތަކުގެ ލަފަ އާއި މަޝްވަރާއާ އެކުގަ އެވެ.
މައި ރަށްތައް ތަރައްގީ ކުރާނީ އެރަށްތަކާ އެހެން ރަށްތައް ގުޅޭގޮތަށް ކަމަށެވެ. އެކަން ކުރާނީ ރަނގަޅު ދަތުރުފަތުގެ ނިޒާމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން ކުރަން ބޭނުންވަނީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ފެރީގެ ނިޒާމެއް. ކަނޑުގަދަވިޔަސް ދަތުރުކުރާ މީހުންނަށް ބޮޑެތި އުނދަގޫތައް ނުވާ ކަހަލަ ފެރީގެ ނިޒާމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މައި ރަށްތަކެއް ކަނޑައެޅުންވެސް އެ ރަށްތަކާ ދުރުގައި އޮންނަ ރަށްތަކެއް އޮވެ އެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި އެ ރަށްތައް ތަރައްގީ ކުރަން ނިންމާފައިވަނީ "ކްލަސްޓާއެއް"ގެ ގޮތުގަ އެވެ. އެއީ ދަތުރުފަތުގެ ތެރެއިން ގުޅުވައިގެން ކުދި ރަށްތައް އެކުގައި ތަރައްގީ ކުރުމެވެ.
- ފ. ނިލަންދޫ
- އދ. މާމިގިލި
- މ. ކޮޅުފުށި
- މ. މުލި
ވ. ފެލިދޫ
ގދ. ފަރެސްމާތޮޑާ
ގދ. ގައްދޫ
އއ. ރަސްދޫ
އދ. މަހިބަދޫ
މިނިސްޓަރު ވިދާޅުވީ 2044 ވަނަ އަހަރަށް ދާއިރު މުޅި ރާއްޖޭގެ އާބާދީއަށް ވުރެ މާލޭގެ އާބާދީ އިތުރުވާނެ ކަމަށެވެ. އެއާއެކު މާލެ އާއި އަތޮޅުތެރޭ ރަށްތަކަށް ބައިވަރު މައްސަލަތައް ދިމާވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މިގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ކުރިއަށް ގެންދެވޭކަށެއް. މާލެ ތޮއްޖެހުމާއި އަތޮޅުތެރޭ ރަށްތަކަށް ހިދުމަތް ލިބުން މަދުވެގެން ދިއުމާއި އެތަނުގައި މީހުން ނުތިބުމާ އެކަހަލަ ބައިވަރު މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދާނެ،" އެމްޑީޕީގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.
ކަންކަން އެގޮތަށް ހުރުމުން ސަރުކާރުން ނިންމާފައިވަނީ ހާއްސަ ޕްލޭނެއްގެ ދަށުން ކަންކަން ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށްފުށު ކަނބުލޮ
25 August 2019
ފޮނި އަނގަ ނުތަޅުވާ ކަމެއްކޮށްފަ ދައްކަބަލަ! ކޮންމެ ރަށަކަށް އަންހެނުން ގެ ޚާއްސަ ޑޮކްޓަރަކާ އަލްޓްރާ ސައުންޑް މެޝިނަކާ ދިނަސް އަހަރުމެން މާލެ ނާރާ ތިބެދާނަން. މާބަނޑު ވީމަ ތެޅެންޖެހޭގަނަ މާބޮޑު! އަންހެނުންގެ ހައްޤު ދެވެނީ 2 އަންހެނުން ސުޕްރީމް ކޯޓަށް ލީމަކާ ނޫން!
ގިޓާ
25 August 2019
އެއްސަރަޙައްދު ތަރައްޤީ ކުރެވޭތޯ ބެލުން ރަގަޅު އެއްތަން ނުވެ ފަސްތަން ކުރާނީ ކިހެނެއް މޮޅުވާހަކަތައް ނުދައްކަބަލަ
ކުޑަސޮރު
25 August 2019
ކޮންކަހަލަ ސަރުކާރެއް އަހަރެމެނަށް މިހޮވުނީ؟ - ސަރުކާރެއް އޮންނަ ކަމެއްވެސް ބަޔަކަށް ނޭގެ - ސަރުކާރު ބޮޑު ނިދީގަ - ސަރުކާރުން ކަމެއް ކުރަމުން ދާކަން ނުވަތަ ނުކުރާ ކަމެއްވެސް ނޭގެ - ޖަވާބު ދާރީވާނެ ފަރާތެއް ނެތް - ފުކެއް ބޮޑުވަރު
އަލިފ
25 August 2019
އަގައިން ކުރާ ކަމެއްވެއަޖެއްޔާ ކުރާނެ
މަހާސިންތާ
25 August 2019
އަސްލަންޓޭމެން އޭސީ ތެރޭގަ ތިބެ ރަށްރަށުގެ ވިންދު ނޭނގި އެވިންދާ ކުލެން އުޅުން ބޮޑު ގޯހެއް
ވައްސަލާމް
25 August 2019
20 އަހަރު ވަންދެން ތި ސަރުކާރެއް ނޯންނާނެ
ކޭލަ ނިހާނު
25 August 2019
20 އަހަރު ވަންދެން ސަރުކާރެއް ނެތަސް ދުނިޔޭގެ ގައުމުތަކުގަ ސަރުކާރު ތަކުން މާސްޓަރ ޕްލޭން ހަދަނީ ވެރިކަމުގެ 5 އަހަރަކަށް ނޫން. ދިގު މުއްދަތަކަށް ބަލާފަ، 100 އެތައް އަހަރަކަށް ފައިދާ ވާނެ ގޮތަށް. ވެރިކަން ނިމެން ކައިރި ވީމަ އަވަސް އަރުވާލާފަ ފީ އިލޮށިން ގެ އަޅާ އުސޫލަކުން ނޫން.
ވޯލް
24 August 2019
ރައްޔިތުންގެ ކޮށި ވިސްނުން ދޫކޮށްގެން ނުނީ ޤޢުމު ތަރައްޤީއެއް ނުވާނެ، ހުރިހާ ރަށަކީ ކެޕިޓަލްއެއް ގޮތުގައި ތަރައްޤި ނުކުރެވޭނެ، ސަރަހައްދުތައް ނަގާފަ އޮތްގޮތް އެއޮތީ ފެންނަން. މައި ހަބަކަށް ނުވަ ރަށްރަށަށް އެކޮނޮމިކަލީ ލިބޭނެ މަންފާ މިރާއްޖެގައި ބޮޑު، މިސާލޔ ނަގަންވީ ގެސްޓްހައުސް ޓޫރިޒަމްއިން މާލޭ ސެންޓްރަލްއަށްވީތީ މާލެކައިރި ރަށްރަށް ލިބުނު އެޑްވާންޓޭޖް މާލޭގެ ނެތް. ކުދި ގެސްޓަހައުސް އުޅާގެން އަމިއްލަ މަސައްކަތުން އުޅެންވީ.
ހަސަން އިދްރީސް
24 August 2019
ފުވައްމުލަކަކީ ރާއްޖޭގައި މިވަގުތު އޮތް 3 ސިޓީގެ ތެރެއިން 1 ސިޓީ. ނަމަވެސް މިޖެހުނީ ކޮންތާކު؟ މިއީތޯ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަށް ފުވައްމުލަކު ރައްޔިތުން ވި ގުރުބާނީގެ އިނާމު؟ މިހާރުން މިހާރަށް މިސަރުކާރަށް ކުރަމުން އައި ތާއީދު އަބުރާ ގެންގޮސްފިން.
ވޭމަންޑޫ
24 August 2019
ކޮބާ ވޭމަންޑޫއަށް ލިބުނި އެއްޗެއް. ތ ގެވެރިކަން ތިމަރަފުއްޓަށް . ސާބަހޭ އެމްޕީ
12345
25 August 2019
އަތޮޅު އުފެދިފައިވާގޮތުން ގަދަ މޫސުމުގައި ލަފައިފުރުން ދަތިށެއް ތިމަރަފުއްޓަކީ ހުޅަނގުގެ ގަދަ ދުވަސްވަރު އަތޮޅުގެ އިރުމަތީ ފަރާތުގެ ރަށްތަކަށް ދަތުރުކުރުން ވަރަށް ދަތި. ވީމާ، "ކްލަސްޓާއެއް"އެއްގެ ގޮތުގައި ތ.އަތޮޅުގެ އެންމެ ބަނދަރު ފަސޭހަރާށް ވޭމަންޑޫ ހަމަޖެއްސުން ވަރަށް މުހިންމު. އެއީ ބޮޑު އަތޮޅެއް .ތ.ފުނައްޑުއަށްވެސް މަސްކިރުވަން ދަތިވީ ހަމަ އެހިސާބުގަނޑު ގަދަކަމުން. ވޭމަންޑުއަކީ ދެމޫސުމަށްވެސް ލަފާފުރަން ފަސޭހަ ރަށެއް ވިސްނާލުން ރަނގަޅު.
ދޮން މަނިކު
24 August 2019
މިސަރުކާރުން ހަދާނެ އެންމެބޮޑު މިސްޓޭކް.