ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކެއް: ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޖިލީހަށް ވަނީ ގަރާރެއް ފޮނުވާފައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 އޯގަސްޓް 2019 - 21:44
އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުއްވައިފި އެވެ.
ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް މިދިޔަ ބުދަ ދުވަހު ފޮނުއްވި ގަރާރުގައި ބުނެފައިވަނީ ކުރީގެ ސަރުކާރުތަކުން އަތޮޅުތައް ތަރައްގީކުރަން ގެންގުޅުނު އުސޫލުތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ ގިނަ ރައްޔިތުންތަކެއް ބޯހިޔާވަހިކަމުގެ ދަތިކަން އިހްސާސްކުރަމުން އަންނަކަމަށް ބުނެފައި ވެ އެވެ.
އެކި ކަންކަމުގައި މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ވެރިރަށް ތޮއްޖެހި، ގެދޮރުގެ ދަތިކަމާއި ކުލި ބޮޑުވުމުގެ މައްސަލަ ދިމާވާ ކަމަށާއި ކުދިކުދި ތަންކޮޅުގައި ދިރިއުޅޭ އެތައް ބަޔަކަށް ރާއްޖޭގެ އެއްވެސް ތަނަކުން އެކަށިގެންވާ ވަރުގެ ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތުމުން އެކަމަށް ވީހާ ވެސް އަވަސް މުއްދަތެއްގައި ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަން ގޮވާލާފައި ވެ އެވެ.
ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ މައި ވައުދަކަަށް ވާއިރު އެކަމާ ގުޅޭ މައިގަނޑު ހަތަރު ކަމަކަށް ރިއާޔަތްކުރަން ވެސް އެދިފައި ވެ އެވެ. އެއީ؛
1- ހައުސިން ނީޑްސް އަށް ބިނާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އަވަސްކުރުން
2- ބިން ދަތިވެ، ބިން ހިއްކޭނެ ފަޅު ވެސް ނެތް ރަށްރަށުގައި، އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއިި ގުޅުވާލައި ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނެ އުސޫލުތައް ކަނޑައެޅުން
3- ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިިރިނޫޅެވޭ ވަރުގެ ކުދކުދި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުން
4- މާލެ އާއި އެހެން ރަށްރަށާ ތަފާތު ކުރުމެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ލުއި ލޯނު ލިބޭނެގޮތް ފަހިކޮށްދިނުން
"އިސްވެ ދެންނެވި ކަންކަން ހާސިލްކުރުމަށްޓަކައި ސަރކާރުގެ އިދާރާތަކުން މި ކަމުގައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމުގެ މުހިއްމުކަން މި މަޖިލީހުން ފާހަގަކޮށް، ސަރުކާރުގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން މި ކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަޖިލީހުން ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.
މަޖިލިހުގެ މާދަމާގެ ޖަލްސާގައި ގަރާރުގެ ފުރަތަމަ ކިއުން އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގީރު ކޮއެ
26 August 2019
ކައުންސިލް އިންތިޙާބާއި ދިނާކޮށް ވޯޓު ހޯދަން ޖެހި މަޅީއަކާ ވަރަށް ވައްތަރު.
ކަނބިލި
25 August 2019
ތިމީހުންނަށް ކުރެވޭނީ ގަރާރު ފާސްކުރުމާއި އާދަޔާ ޚިލާފު ބޮޑު ޖަލްސާ ބާއްވާ ސަޅިބައިސާ ކެނޑުން. އެބައެއްގެ ފެންވަރުގައިތަ އެބަޔަކު އުޅޭނީ
ޢަފްރާދު
25 August 2019
ބޯހިޔާ ވަހިކަމުގެ ޙައްޤުން ވަކިބަޔަކު މަޙްރޫމްކޮށް އެބައި މީހުންގެ ޙައްޤު އެހެން ބަޔަކަށް ދޭން އުޅޭހެން ހީވަނީ އެއީ ވެސް އިންސާފެއްތޯއޭ ހިތައްއަރާ !
ބޮޑުމީހާ
25 August 2019
ބޯހިޔާވެހިކަމާއި، ސާފުބޯފެނާއި ނަރުދަމާ ލިބޭނީ މުޒާހަރާކޮށްގެން. ދިވެހިން މުޒާހަރާ ކުރާނީ ސިޔާސީ މީހަކު ހައްޔަރުކުރީ. ކީއްތަވާނީ ބޯހިޔާވެހިކަން ނުލިބިގެން މުޒާހަރާ ކުރިއްޔާ
އިބޫ2006
25 August 2019
އެބަޔަކަށް ފްލެޓްވެސް އަދި ބިންވެސް ލިބޭނީ އެބަޔަކު އުފަން ރަށްކުން ނޫނިއްޔާ ކައިރި ރަށަކުން. މާލެއިންނާއި ހުޅުމާލެއިންނާއި އަދިވެސް މާލޭގެ ކައިރި ރަށްތަކުން ބިންވެސް ފްލެޓްވެސް ލިބޭނީ މާލެ އުފަންމީހުންނަށް. ކޮންކަމެއްބާ މި އުޅެނީ އޮޅުވާލަން. މާލެކައިރިން ބިންހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރުގެ ދަތިކަން ހައްލުކޮށްދެން. ބ.ތުޅާދޫގަ ނުވަތަ ގއ.ތިނަދޫގަ ހިއްކާފަ އޮތް ބިމަކުން މާލެއުފަން ރައްޔިތުންނަށް ބިމެއްނުލިބޭ.
ޣގގކކކޖ
25 August 2019
އަދިވެސް މާލެ ތޮއްޖައްސާ މާލެއަށް ދިވެހި ރައްޔިތުން ޖަމާކުރޭ. އޭރުން މާލޭގަ ގެދޮރު ހުރި މީހުނަނަށް ކުލި ގިނައިން ލިބޭނީ އެމީހުން މަސައްކަތެއް ނުކޮށްތިބެގެން
އަހްމަދު33
25 August 2019
މާލެޔަށް ނާރަ ތިބެބަލަ. ކާކު ބުނެގެންތަ މާލެޔަށް އަންނަނީ. މާލެޔަށް ނައީމަ ކުލިދައްކާކަށް ނުޖެހޭނެ. އަހަރުމެން ކައިރީގަ މިއޮއް ދިއްފުއްޓަށް ދިޔަޔަސް، އައްޑޫ އަތޮޅަށް ދިޔަޔަސް އަދި ލާމު ގަމަށް ދިޔަޔަށް ދުވަހު ކުއްޔަށް 300 އާއި 500 ނަގާ. މިއީ ކުއްޔެއް ނުންތަ؟
ަހަންމި
25 August 2019
ރަށަށް ދިޔައީމަ ކުލިދައްކާކަށް ނުޖެހޭނެ.
ނާދޭ އޭރުން....
25 August 2019
ކަލޭމެން ރާއްޖެތެރޭ މީހުންނާހެދި އަހަރުމެން މާލޭ މީހުންނަށް ނުފޮރުއްޕާނަކާ ހަމައެވެ. މިހާރު މާލޭ ރައްވެހިންނަށް މިއުޅެނީ ކަލޭމެންނަށް ބައިއަޅާފަ، ދިރިއުޅެލާނެ ތަންކޮޅެއް ވެސް ނުލިބިގެންނެވެ. ކަލޭމެން މާލެއަށް ނާދެބަލަ، އޭރުން ކުލި ދައްކާކަށް ނުޖެހޭނެ އެވެ. މާލޭ މީހުން އެދެނީ ކަލޭމެން މާލެއަށް ނައުމަށެވެ!
ބިކާރީ
25 August 2019
ކުލިކުޑަ ކުރަން ހުށަހަޅަން ކެރިލައްވާނެތޯ
އަންނި33
25 August 2019
ކުލި ކުޑަ ކުރަންޏާ މަހުގެ އަގުވެސް ކުޑަކުރަންޖެހޭ އަދި ރަށްރަށުންގެންނަ އެހެން މުދަލުގެ ވެސް ކުލިކުޑަ ކުރަންޖެހޭނެ.
ފޫހި
25 August 2019
ހއ. އަތޮޅު ހޮވި މެމްބަރުންތައް އައިސް މާލޭގެ ތަންތަންކޮޅު ދޫކޮށްލުމުން ބޮޑުބިން ހޯދުމަށް ޤަރާރުތައް ލާތީ ލަދުވެތިވަން. އެއްބަޔަކަށް ބިން އަގުމަގުކުރުމެއްނެތި ހިލޭ ދިނުމަކީ ތަފާތުކުރުމުގެ އިތުރުން ލޫޓުވުން. އަނެއްބަޔަކަށް ތާއަބަދު ކުއްލިދައްކާގޮތަށް ތަނުގެ ފެންވަރާ ނުބައްދަލު ކުލީގެ ކުޑަ އެޕާޓްމެންޓެއް ދިނުމަކީ އަޅުންގެ ދަރަޖާގައި ބޭތިއްބުންފަދަކަމެއް. މިފަހަރު ގޯތިވެސް ފުލެޓްވެސް ދޭންވާނީ ވަކިރަށަކަށްނުބަލާ ހަމަހަމަކަމާއެކު.
އަހްމަދު33
25 August 2019
ކުދި ދައްކަން ޖެހުނީ ގޭގަ އޮއްވައެއް ނޫނެއްނު. މާލެ އައީމަ އެހެން އެވީ. ދެން ރަށަށްދިޔައީމަ އޯކޭ ވާނެ.
ރައްޔިތުމީހާގ
25 August 2019
ދައުލަތުގެ އިސްވެރިންނޭވެ، މިއަދު އެންމެހާ ރައްޔިތުން ނިކަމެތި ވެފަމިތިބެނީ އަމިއްލަ ޤައުމުގަ ވަންނާނެތަނެއްނެތި ލިބޭ ހުރިހާ ފައިސާއެއް ކުއްޔައް ޙަރަދު ކުރާތީއެވެ، އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް މިއަށްވުރެ ބޮޑު ކޮންއަނިޔާއެއްތޯއޭ ދެވޭނީ؟އަޅުގަނޑުމެން ބޭނުންވަނީ އެހެން ކަންތަކަށް ވުރެ ބޮޑަށް ސަރުކާރުން މިކަމަށް އިސްކަން ދިނުމެވެ
ދޭސީ
25 August 2019
ސަލީމެން ބޭނުންވަނީ މާލެ މީހުންނަށް ގޯތިދީފަ އެގޯތިތަކުގަ އެމީހުން ގެ އަޅާނެ ލުއިލޯނުދީފަ ގެ ދިހަބުރިއައް ނަގާފަ އެތަންތަން ރަށްރަށު މީހުންނަށް ކުއްޔައްދީގެން އެ ލޯނުތައް ދައްކަންތޯ؟ ރަށްރަށު މީހުންނަށް ލިބެންޖެހޭވަރަކީ މާލެރައްޔިތެއްގެ އަޅަކަށްވުންތޯ؟
ރުޅި
25 August 2019
ސަތޭކައިގެ ވާހަކައެއް.
ކާށިހހ
25 August 2019
ރަގަޅޭ ތިބުނިވާހަކަ 100
އިބޫ44
25 August 2019
އަޅުންނަށް ތިޔަވީ އަމިއްލެޔަކަށް ނޫނބާ؟ މާލެ މީހުންނަށް މާލެއިން. ރަށްރަށުގެ މީހުންނަކަށް ނުޖެހޭ މާލެއިން ގޯތިވެސް ފްލެޓްވެސް ދޭކަން. ދަރަކަމެއްނުމިއީ. ކޮންމެ ރަށެއްގެވެސް ހުންނާނެ ބިން، ނެތިއްޔާ އެ ހިއްކަނީ. އޭރުން ބިންލިބޭނެ. ދެން އެ ދެނީ ލޯނު. ނަގައިގެން ގެތައް ހަދާބަލަ. އެއްބަޔަކު ވީ އަމިއްލަ ރަށުގަވެސް ގޯތި އޮޮވެފަ، މާލޭގަ ފްލެެޓް ވެސްއޮންނަންތަ.