އޭސީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވަނީ. --ފޮޓޯ:ރައީސް އޮފީސް
25 އޯގަސްޓް 2019 - 18:58
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް، އިބްރާހީމް ޝަކީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓާނަލް އޮޑިޓަރެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަ އިންޗާޖުގެ މަގާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަގާމުތަކާއި ޔޫއެންޑީޕީގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ. އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓަ ސައިންސްގެ ދާއިރާއިން ސްރީ ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާޞިލްކުރައްވާފައެވެ.
އޭސީސީގެ މެންބަރުކަމަށް އިބްރާހީމް ޝަކީލް އައްޔަން ކުރެއްވުމުގެ ކުރިން، އޭސީސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިބްރާހީމް ޝަކީލާ ހަވާލުކުރައްވައިފަ އެވެ.
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 68 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިނީ އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިިވަޑައިގަންނަވާ 12 ބޭފުޅުންނަށެވެ.
އޭސީސީ އަށް ކުރިމަތިލި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް ޝަކީލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިރުގޭކުއްޖާ
11 September 2019
މީނަގެ ކަންތަކުގަ އެންމެން އަސަދަށް މި ބަވަނީ ކީއްވެކަން ކޮންމެސް ކުއްޖަކު ބުނެދީބަލަ!
ޓިރުބެއްޔާ
26 August 2019
ކިތައްމެ ވަރަކަށް ހަގީގައް ފޮރުވަން އުޅުނަސް ޝަކީލު ވާނީ ހަމަ ޕީޕީއެމް ކުއްޖަކަށް އަދި ޕީޕީއެމް ސެެކެޓްރީ ޖެނެރަލް ކޮއްކޮއަށް އަދި ކޮމްޕިއުޓަރ ކިއެވި މީހަކަށް
ޒުބޭރު
26 August 2019
ކޮށްދިން ކަންތަކުގެ ހަދިޔާއެއް.
ހިޝާ
26 August 2019
ޕީޕީއެމްގެ އެސްޖީ ގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް އޭސީސީގެ މެމްބަރުކަން.. މި ގައުމުގައި އެހެން މީހުން ނެތީ ތަ
ލިވަ
26 August 2019
ޕީޕީއެމް މީހެއް އައްސަދަށް އޮޅިފަ އޮތަސް
އެޑްވަޓޯރިއްލް
26 August 2019
ލޮލް. މިބޭފުޅާ އެކަނިތޯއްޗެ އޭސީސީއަށް ހޮވުނީ
ކިޔަންކައު
25 August 2019
ޕީޕީއެމް ސެކެރެތަރީ ޖެނެރަލްގެ ކޮއްކޮދޯ މިއީ. މިއީ ތޯ އަޅުގަނޑުމެން އެމްޑީޕީ ހޮވީމަ ކަންކުރާ ގޮތް މިއީ
ބޯދިގުއަލީ
25 August 2019
ޢެހެން ވީމާ ކިޔެވުމުގެ ބޭނުމެއް ނެތް
ތިރުގޭބެއްޔާ
25 August 2019
ކޮންޕިއުޓަ ސައިންސްގެ ދާއިއިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހޯދީމަ މި ދެނީ އޭސީސީގެ މެންބަރުކަން. ނުގުޅޭ ދާއިރާއިން މީހުން މި އައްޔަންކުރަނީ. ޓެކްނޮލޮޖީ މިނިސްޓްރީއަށް މީނަ ލިނަމަ ދޮތަ؟
ކަލޯގަޔާ
25 August 2019
ފޮރޮންސިކް ކޮމްޕިއުޓިންގ އެގޭތަ؟
ކަކުނިބޯ
26 August 2019
ކޮންމެއެއްޗެއްކިޔަކަސް ކޮރަޕްޝަން ހޯދޭނީ ފައިނޭންޝިއަލް ދާއިރާގެ މީހުންނަށް އެހެން ފަންނުތަކަކީވެސް މިދާއިރާއަށް ބޭނުންބައެއް މިސާލަކަށް ފޮރެންސިކް ކޮމްޕިޔުޓިންގ ވެސް ނަމަވެސް މިބޭފުޅާކިޔެވީ ފޮރެންސިކް ކޮމްޕިޔުޓިންގ އެއްނޫން އެހެންނޫނަސް މިއީ މިކަމުަގައި ތަހުގީގުކުރަން ބޭނުންކުރާ ރިސޯސަސް މިރިސޯސަސް ދުނިޔޭގެ އެހެންތަންތަނުންވެސް އަމަލު.ކުރާގޮތަކީ ކޮންޓްރެކްޓް އުސޫލުން މީހުން ނަގާގެން ޕްރޮފިޝަނަލް އޮބީނިޔަން ހޯދަނީ
މެސީ
26 August 2019
އޭސީސީއަށް ލާންޖެހެނީ އެކައުންޓިންގ ކިޔަވާފަތިބި މީހުން އެކަނިތަ؟
ހަލޯގަޔާ
26 August 2019
އޭގަ އެ އޮތީ ފޮރެންސިކް ކޮންޕިޔުޓިން ހެދި ވާހަކަތަަ؟ ހަމަ އެންމެ އިންޓްރޮޑަކްޓަރީ މޮޑިޔުލެއް ކިޔަވައިގެން ސްޕެޝަލައިޒް ވެވޭނެބާ؟ ޓީޗަރުކަން ކިޔާވާ މީހުންނަށްވެސް ކޮންޕިޔުޓަރ ސައިންސުގެ މޮޑިއުލް ކިޔަވާދޭ، އެމީހުން ދެން ކޮންޕިޔުޓަރ ސައިންޓިސްޓުންނަށް، އުތަ؟ އެހެންނޫނަސް އާންމުކޮށ ޕޯސްޓްގްރެޖުއޭޓް ސެޓުފިކެޓަކީވެސް ވަކިދާއިރާއަކުން ޓީޗަރުންކަންކުރަން، ކިޔަވައިދޭން ނަގާ ސެޓުފިކެޓެއް.
ޑައިރޯތް 99999
26 August 2019
ކަލޯގަޔާ! ފޮރެންސިކް ކޮމްޕިއުޓިންގ އާއި ކޮމްޕިއުޓަރ ސައިންސަކީ މުޅިން ދޭއްޗެއް ކަން އިނގޭތޯ؟؟ #ފޮތްކިޔާ