އިބްރާހީމް ދީދީ: މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ.-- ފައިލް ފޮޓޯ: މަޖިލިސް
18 ސެޕްޓެމްބަރ 2016 - 19:59
ހިތަދޫގައި މަދިރީގެ މައްސަލަ ބޮޑުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ދީދީ، އިޖުތިމާއީ ޒިންމާއެއްގެ ގޮތުން، މަދިރި ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް ފައްޓަވައިފި އެވެ.
އިބްރާހިމް ދީދީ މިރޭ "މިހާރު" އަށް ވިދާޅުވީ މިފަދަ މަސައްކަތެއް އަމިއްލަ އަށް އިސް ނަގައިގެން ފެށީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި އެ ތަންތަން ސާފުކޮށް ނައްތާލައި އަދި އާއްމުން ހޭލުންތެރިކުރުވަން މައުލޫމާތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަމިއްލަ އަށް ގޭގެ އަށް ގޮސް ގޯތިތެރެ ބަލައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި އެ ގޭގޭގެ މީހުންނަށް އެބަ ކިޔައިދެން މަދިރި ކޮންޓްރޯލް ކުރަން އަމިއްލަ ގޮތުން ކުރެވިދާނެ ކަންކަން ވެސް،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
"އާންމުންގެ ފަރާތުން ވަރަށް ތާއީދު ލިބޭ މިކަމަށް."
ހިތަދޫ ގެއެއްގެ ގޯތިތެރެއަށް ފޮގް ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް
އިބްރާހިމް ދީދީ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހިތަދޫގައި މަދިރި އުފެދޭ ގޮތަށް ވަރަށް ގިނަ ތަންތަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އޮޅުތަކާއި ކުނިން ފުރިފައިވާ ފަޅު ގޯތިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޅުތަކާއި އެ ނޫން ވެސް ފެންގަނޑުތަކުގައި މަދިރި އާލާވިޔަ ނުނިދުމަށް ބޭނުން ކުރާ ބަޔޮލޮޖިކަލް މޮސްކިޓޯ ކޮންޓްރޯލް ވެސް ދަނީ ބޭނުންކުރަމުންނެވެ. މީގެ އިތުރުން، ތަޖުރިބާކާރު ޑޮކްޓަރަކާ އެކު އަންނަ ހުކުރު ދުވަހު ރަށުގެ ރައްޔިތުންނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންދަން ވެސް ވަނީ ރާވާފަ އެވެ. އެ ސެޝަން ކުރިއަށް ދާނީ ހިތަދޫ ނޫރާނީ ސްކޫލްގައި ހުކުރު ދުވަހު ހަވީރު އެވެ.
"މި ސެޝަންގައި ކޮންމެ ގޭބިސީއަކުން މީހަކު ބައިވެރިވާން ދައުވަތު ދޭނަން. މީގެ އިތުރުން ސްކޫލް ދަރިވަރުންނާއި ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ވެސް އިންވައިޓް ކުރާނަން،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
ހިތަދޫގެ މަގެއްގައި ފެން ބޮޑުވެފައި: ވިއްސާރަ ދުވަސްވަރު ފެން ހަރުލުމުގެ ސަބަބުން ވެސް މަދިރި އާލާވޭ.-- ފޮޓޯ: އެމްއާރްޑީސީ
އޭނާ ވިދާޅުވީ ހިތަދޫގައި މަދިރި ކޮންޓްރޯލް ކުރަން ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އެެހެންވެ ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާވެރިންގެ އިތުރުން، އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ މަސައްކަތެއް ކުރިއަށް ގެންދާއިރު މާލީ ގޮތުން ވެސް އެހީތެރިކަން ބޭނުން ވާނެ، ހާއްސަކޮށް ދެމެހެއްޓެނިވި ގޮތަކަށް މިކަހަލަ ކަމެއް ކުރަންޏާ. މިހާރު ހަމައެކަނި އަޅުގަނޑަށް ސޭވް ކުރެވޭ އެއްޗަކުން ހަރަދުކޮށްގެން މިކަން ކުރިއަށް މި ގެންދަނީ،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.
"ގިނަ ބައެއްގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް މި ބަލަނީ. މިހާރު ވެސް ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަން ލިބިފައިވޭ."
ސިފައިންގޭގައި 32 އަހަރު ހޭދަކުރެއްވުމަށް ފަހު، ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި، ހިތަދޫގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމް އޭނާ ވަނީ ވަނީ 1990ގެ އަހަރުތަކުގައި ވެސް އަމިއްލަ ގޮތުން ހިންގަވައިފަ އެވެ. އަދި ސަދަން އޭރިއާގެ ކޮމާންޑަރެއްގެ ގޮތުގައި އޭނާ އައްޑޫގައި ހުންނެވިއިރު، އެ ސިޓީގައި ޑެންގޫ ހުން އާދަޔާ ހިލާފަށް ފެތުރުމުން، ޑެންގޫ ޓާސްކް ފޯހުގައި ވެސް އިބްރާހިމް ދީދީ ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
"މަދިރި މަދުކުރުމުގެ ޕްރޮގްރާމް ހިންގައި، މިކަމުގައި އަމިއްލަ ގޮތުން ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމަކީ އަޅުގަނޑު އަބަދުވެސް ކުރާ ހިތްވާ ކަމެއް. މިހާރު ވެސް ހިތަދޫގެ ގޭގެއަށް ދާއިރު، ފެން އުފެދޭ ތަނެއް ހުރިއްޔާ އެތަނެއް ނައްތާލަން ހިތްވަރުދީ، ހޭލުންތެރިކުރުވަން،" އެންމެ ފަހުން އެމްއެންޑީއެފްގެ ބްރިގޭޑިއަ ޖެނެރަލެއްގެ މަގާމު ފުރުއްވި އިބްރާހިމް ދީދީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫމީހާ
20 November 2016
މަދިރި ރުޅި ރުޅި ޕްރޮގްރާމް އައްޑޫގައި ހިންގަން ޑީޑީ އާއި ހަވާލު ކުރީމަ 2017 ގެ ބަޖެޓަށް ވޯޓުދޭނެ. މިއީ ހަގީގަތަކީ ހަޖަމު ޕުލީޒް
ޖަމލެއް
19 September 2016
ޑީޑީމެން ކޮންހާ ވާހަަކައެއް ދައްކާކަށް.. އަބަދުވެސް ބާރުގެ ބޭނުން ކޮށްގެން ތަންތަނުގެ ގަވާއިދުން ބޭރުން އެތަންތާ ބޮޑެތިމީހުންނަށް ގުޅައިގެން ކަންތައް ކުރުވަނީ.. މި ދޮގެކޭ ބުނަން ކެރޭނެ؟
ބެލުން
19 September 2016
އަޅުގަނޑުމެން ކުޑައިރު ދެކެން ކޮންމެ ހަފުތާއެކު އެއްދުވަހު މުޅިރަށަށް ދުން ޖަހާތަން މިޒަމާނުގެ ބަހުރުވައިންނަމަ މަދިރި ނައްތާލަން ފޮގް ކުރުން އެ އުޞޫލުން ކޮންމެ ހަފުތާއެކު ދުންޖަހާލެވެނަމަ މަދިރިއާއި ކުރަފި މަދުވާނެ މިފަދަ ޕޮރޮގްރާމެއް ހިނަގާލެވޭނެ ފެންވަރަށް މަސައްކަތް ކުރެވިއްޖެނަމަ ރިހަ ކެކޭނެއެވެ.
ދޮން އާމިރު
19 September 2016
އިބްރާހިމް މެންބަރުކަން ދޫކޮށް ތިޔަފަދަ އިޖްތިމާއީ ކަންކަމާއި އުޅުންބުއްދިވެރި...
ތާއީދު
19 September 2016
ތާއީދު ލިބޭނެ މީހަކު ކަމެއް ކޮށްދީފިއްޔާ. ހިސާބަށްވުރެ ހިތަދޫމީހުން ކަންނެތްވީމާ ވާނެ ތިހެންވެސް. އިބުރާހިންދީ ދެންޖެހޭނީ ދެއިރު ދެދަޅަޔަށް މަދިރި ޕްރޮގްރާމު ހިންގައިދެން. އަނެއް ހަކަންތައް ޖެހުނީ.
ދި ކޮމެންޓާރ
19 September 2016
މިހާތަނަށް ބެލި ބެލުމުން ހިތަދޫގައި މަދިރި އުފެދޭ ގޮތަށް ވަރަށް ގިނަ ތަންތަން އެބަހުރި ކަމަށެވެ...
ޢައްޑޫމީހާ
19 September 2016
މިކަމުގަ ޑީޑީ މެން ސަރުކާރަށް ނުބަވާ ސަރުކާރާ އެންގޭޖް ވާން ޖެހޭ އެބަ ޢައްޑޫ އައް ތަރައްޤީ އެެއް އައްނާނީ އޭރުން
ޜރރ
19 September 2016
ޢަތޮޅު ވައިޑް ކޮއް ތިމާވައްޓާ ރައްޓެހި މަދިރި ކޮންޓުރޯލް ކުރާ ނެންޖީއޯ އެއް ހެދުން މުހިއްމު، ބަޔަކު އެކަމާ އުޅެފިއްޔާ ފަންޑުވެސް ލިބޭނެ، މަދިރިވެސް ކޮންޓުރޯލް ކުރެވޭނެ، ދިވެހިންނައް ވަޒީފާވެސް އުފެދޭނެ.
ޜރރ
19 September 2016
ޥަރައްރަންގަޅުކަމެއް. ޢެކަމުވިސް ނައިގެން ކުރާތި ތިކަން. ފޮގު ކުރުން އެއީ އޭ ގައި ބައިވަރު ގެއްލުން ތައްވެސް އެކުލެވޭ ކަމެއް، މަދިރި އެކައްޏެއް ނޫން މަރުވާނީ ގަސްގަހުގަ މޭވާ އެޅުމައް މަގުފަހި ކޮއްދޭ ބައިވަރު ސޫފިތއް މަރުވާނެ، ނާތީޖާ އަކައް ވާނީ ޢަންބު ގަސްގަހުގަ އަންބުމޫސުމުގަ އަންބު ނޭޅުން. މިހާރުވެސް އަންބު މޫސުމުގައި އަންބުނާޅާ ވާހަކަ އައްޑޫގައި ދައްކާ، މި ވެދާނެ އިންސާނުންގެ މިފަދަ އަނަލަކުން ވާކަމަކައްވެސް. ބީ ކީޕިން އާލާކުރުން މުހިންމު، ގޯލްޑު ފިޝް، ގައްޕީސް، ވާ، ބޮއް، ފައިދިގު މަކުނު، ޑްރެކަން ފުލައި، މިއެއްޗެއްސަކީ މަދިރި ކާ ބައެއް ސޫފި ތައް.
ޖަޒުބާތު
19 September 2016
މީނަ ނޫނީ ނުހުންނާނެ ފުރުސަތެއްގެ ބޭނުން ނުހިފި މީހެއް.. ސިފައިންގެއިން ހީރޯއެއްގެ ގަދަރުވެރިއެއްގެ ގޮތުގައި ރިޓަޔަރކޮށް އަމިއްލަ ކަމެއްގައި ދިރިއުޅުން ބިނާކޮށްލަން ލިބުނީމަވެސް މީނަ މިއުޅެނީ ސިޔާސީ ވެގެން
އަލިދީދީއައްޑޫސިޓީ
19 September 2016
މިގައުމަކީ، ހީރޯ އިން ވެލިއުކުރާ ގައުމެއްނަމަތާ! ކޮބާ މަޝްހޫރު ނޮވެމްބަރ 3 ގެ ޝަހީދުންގެ މަގްބަރާތަކުގެ ހާލު މިއިން ދުވަހަކު ބަލާލިންތަ؟ ކޮބާ އެ ދުވަހުގެ ބަޠަލުން؟ އެމީހުންގެ އަގު ވަޒަންކުރާނީ ކޮންމެހެން ބާއްވާ ބޮޑު ހަފްލާއެއްގައި ދޭ މެޑެއްޔަކުން އެކަންޏެއް ނޫން. ޑީޑީ އަކީވެސް އެދުވަހުގެ ބަޠަލެއް. ސިފައިންގެއިން ރިޓަޔަރ ކޮށް އަނެއްކާވެސް ރައްޔިތުންގެ ޚިދުމަތުގައި ނުކުތުމަކީ، ސިޔާސަވުމެއްނޫން. ސިޔާސީ ބޭފުޅުންނަކީ ވެސް އަބުރުވެރިކޮށް ދިރިއުޅެވޭނެ ބޭފުޅުން. މީހުންގެ އަބުރު ކަތިލުމަކީ، އުފަލެއްކަމުގައި ދެކި ފައިސާއަށް ހެއްލޭ ކުދިން ގިނަތަނެއްގައި ސިޔާސަ މީހުންވެސް ގިނަވާނެ.