ލަކުޑި ބޭނުންކޮށްގެން އަޒްމީ ތައްޔާރުކުރި އެއްޗެއް.--ފޮޓޯ: ނިޝާން އަލީ/ މިހާރު
26 އޯގަސްޓް 2019 - 22:41
މަސައްކަތްތައް އެހާމެ ފުރިހަމަ އެވެ. ބޭނުންވީ އެ ހުނަރު ވީހާ ވެސް ގިނަ ބަޔަކަށް ދައްކާލުމަށް އާޓް އެގްޒިބިޝަނެއް ބާއްވާށެވެ. ނަމަވެސް މުހައްމަދު ޖަމީލް މިސްކިތުގެ މަސައްކަތެއްގައި އުޅުއްވަނިކޮށް ވެއްޓި ޒަހަމްވެ، މިދިޔަ އޭޕްރިލް 26 ވަނަ ދުވަހު އަވަހާރަވުމުން އަޒްމީ މުސްތަފާ އަށް އެ ފުރުސަތު ލިބިވަޑައެއް ނުގަތެވެ. އެކަމަކު އޭނައާއެކު ލަކުޑީގެ މަސައްކަތްތައް ކުރި ރައްޓެހިން މި ވަނީ އެކަން ހަގީގަތަކަށް ހަދައިދީފަ އެވެ.
ލަކުޑި ބޭނުންކޮށްގެން އަޒްމީ ތައްޔާރުކުރެއްވި ސަމުސާތަކެއް.--ފޮޓޯ: ނިޝާން އަލީ/ މިހާރު
ބީއެމްއެމް ވުޑް ވޯކްސްގައި އަޒްމީއާއެކު މަސައްކަތްކުރި ހުސެއިން އައިމަން (ސައިމަން) ބުނިގޮތުގައި އަޒްމީ އަކީ ލަކުޑީގެ މަސައްކަތުގައި ރާއްޖޭގައި އެފަދަ ދެ ވަނައެއް ނެތް ބޭފުޅެކެވެ. އަމިއްލަ ހިޔާލާއި ހުނަރާއެކު ލަކުޑީގެ މަސައްކަތްތައް ކުރެއްވީ ވަރަށް ފުރިހަމަކޮށެވެ.
އަޒްމީގެ އުފެއްދުމެއް.--ފޮޓޯ: ނިޝާން އަލީ/ މިހާރު
ގިނަ ދިވެހިންނަށް އޭނާގެ މަސައްކަތް އެހާ ރަނގަޅަށް ނޭނގުނަސް، ބޭރުގެ ގައުމުތަކުން އަޒްމީއަށް ތަފާތު އެއްޗިއްސަށް އޯޑަރު ލިބެ އެވެ. އެގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތާއި ސައުދީ އަށް ވެސް ތަފާތު އެއްޗެހި ފޮނުއްވި އެވެ.
އުމުރުން 41 އަހަރުގައި އަވަހާރަވި އަޒްމީގެ ހުނަރު މިހާރު އެންމެ ރަނގަޅަށް ފެންނާނީ އާޓް ގެލެރީގައި މިއަދު ފެށި "އަޒްމީ މެމޯރިއަލް އެގްޒިބިޝަން" އިންނެވެ. އަންނަ ބުދަ ދުވަހުގެ ހަވީރު 6:00 އާ ހަމަޔަށް ބާއްވާ އެގްޒިބިޝަންގައި، ލަކުޑީގެ އެކި ވައްތަރުގެ އުފެއްދުންތައް އެބަހުއްޓެވެ.
އަޒްމީގެ ހުނަރު ދައްކާލުމަށް މިއަދު ފެށި އެގްޒިބިޝަނުގައި ޓޫރިސްޓުންތަކެއް، އެތަނުގައި ހުރި އެއްޗެހިި ބަލައިލަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު
"އިންސްޓަގްރާމުން ބޮޑަށް އަޒްމީ މީގެ ކުރިން އޭނާގެ މަސައްކަތް މި ދައްކާލީ. އެގޮތަށް ބޭރުގެ މީހުންނަށް ވެސް އޭނާގެ މަސައްކަތް ފެނި، އޯޑަރުތައް ލިބެން ފެށީ،" ސައިމަން ބުންޏެވެ.
ލަކުޑި ބޭނުންކޮށްގެން އަޒްމީ ތައްޔާރުކުރެއްވި އެއްޗެއް.--ފޮޓޯ: ނިޝާން އަލީ/ މިހާރު
އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓުގެ ހެޑް، އަޒްމީ އަވަހާރަވިއިރު އޭނާ ވަނީ އެގްޒިބިޝަނަށް ތައްޔާރުވާން ފައްޓަވައިފަ އެވެ. އެގޮތުން މިހާރު ޑިސްޕްލޭ ކޮށްފައިވަނީ ވެސް އެގްބިޝަނަށް ހާއްސަކޮށްގެން ތައްޔާރުކުރެއްވި އެއްޗިއްސެވެ. އެތަނުގައި 194 އަށް ވުރެ ގިނަ ތަފާތު އެކި ވައްތަރު އެއްޗެހި ބަހައްޓާފައިވެ އެވެ.
އަޒްމީ މެމޯރިއަލް އެގްޒިބިޝަންގެ ލޯގޯ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޒްމީގެ ޕެޝަންއެއް އެއީ. އެހެންވެ އެހާ ފުރިހަމައަށް މަސައްކަތްތައް ކޮށްފައި އެ ހުންނަނީ،"
މިސްކިތުގައި ވެސް އޭނާ ކުރެއްވީ ލަކުޑީގެ މަސައްކަތްތަކެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް ވެއްޓި އޭނާގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
އައިޓީގެ މަސައްކަތަށް ވެސް ކުޅަދާނަ އަޒްމީ އަވަހަރާވިއިރު އެއް އަހަރު ނުވާ ކުއްޖަކާއި އަންބަކު ދުނިޔޭގައި ހުއްޓެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަރު2
27 August 2019
ދާދި އަވަހަށް ނެތި ދިޔަޔަކަސް އަގެއްނެތް ޖިސްމުތައް ތާ އަބަދު ދެމިހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއް ނެތޭ. ޢަޒްމީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާންދޭވެ..
ހަސަނުގެދަރި
27 August 2019
އާމީން
އީބޜޢ
27 August 2019
ގައުމު ފަހުރު ވެރިވާފަދަ ދަރިން މި ފެއްނަނީ