އިންޓާ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް ކުރިއަށްދަނީ. -- ފޮޓޯ: އެޗްއާރްސީއެމް
01 ސެޕްޓެމްބަރ 2019 - 14:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހަތް ވަނަ އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މިއަދު ފަށައިފި އެވެ.
ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި މާލެ އާއި އަތޮޅުތެރެއިން ނުވަ ސްކޫލެއްގެ ދަރިވަރުން ބައިވެރިވެ އެވެ. ކޮންމެ ސްކޫލަކުން ބައިވެރިވާ ޓީމުގައި ހަތް ދަރިވަރަކު ހިމެނެ އެވެ. އެއީ ގްރޭޑް 7-10 ދެމެދުގެ ދަރިވަރުންނެވެ.
ހޯޕް ފޮ ވިމަން، އެޑްވޮކަސީ މޯލްޑިވްސް، "ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެޑްވޮކޭޓިން ފޮ ދަ ރައިޓްސް އޮފް ޗިލްރެން އިން ޖަޖުކަން ކޮށްދޭ މި މުބާރާތުގެ ފައިނަލް އޮންނާނީ ބުރާސްފަތި ދުވަހު އެވެ.
މި މުބާރާތުގެ ރެކޯޑިންތައް ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މި މުބާރާތް ސްޕޮންސަކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އާއި މެގަޗިޕް ކޮމްޕިއުޓާސް އާއި ހޮރައިޒަން ފިޝަރީޒް އަދި ނޮވެލް އެންޑް ގްރިލް ރެސްޓޯރަންޓުންނެވެ.
މި ކުއިޒް ބާއްވަން ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. ނަމަވެސް މިދިޔަ އަހަރަކު ކުއިޒެއް ނުބާއްވަ އެވެ. އެންމެ ފަހުން، 2017 ގައި ބޭއްވި މުބާރާތް ކާމިޔާބުކުރީ އަރަބިއްޔާ ސްކޫލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ ޑޮކް
01 September 2019
ވަރަށް ތަފާތު އެޕްރޯޗެއް ........ !
ބަބުރުލް ސަލީމް
01 September 2019
ތި ހިއުމަންރައިޓަކާހެދި މިހާރު އުޅެވެންނެތް.