ހިންމަފުށީ ފަރަށް ބާޖު އުރިފައި
03 ސެޕްޓެމްބަރ 2019 - 22:15
އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބޮޑުހިލަ ބަރުކޮށްގެން މާލެއަށް ދަތުރުކުރި ބާޖެއް ހިންމަފުށީ ފަރަށް އުރިއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެ ބާޖު އުރުނުކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ މިއަދު މެންދުރުފަހު 1:54 ގައި ކަމަށާއި ބާޖު ފުންކުރަން އެހީތެރިވަމުން އަންނަ ކަމަށެވެ. އެންއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ބާޖު ފަރަށް އަރަން މެދުވެރިވީ އެ ބާޖު ކަފުޖަހައިގެން ދިޔަ ޓަގްބޯޓުގެ ބުރަފަތީގައި ވަލެއް އޮޅުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބާޖު ފުންކުރުމުގެ މަަސައްކަތް ބާޖުގެ ވެރިފަރާތާއި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ ބާޖުގެ ވެރިފަރާތާ ބެހޭ މައުލޫމާތެއް އަދި ނުލިބެ އެވެ.
ބާޖު އުރިފައި އޮތީ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ގިލި ލަންކަންފުއްޓާ ދިމާލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދު
04 September 2019
ތިއޮތީ 500 އެއްހާ މިލިއަން ޑޮލަރު ދައުލަތްށް ލިބިފަ... މިހެން ލިބޭ ލާރިން ކޮން ކަމެއް ބާ ކުރަނީ؟ ފަރަށް ލިބޭ ގެއްލުން ކަލްކިއުލޭޓް ކުރާ ފޯމިއުލާގައި “ފޮރިންގ ވެސެލް” ފީލްޑް އެނޭބްލް ކުރުމުން އަގު ސުމެކުން 500 މިލިއަނަށް އަރަނީ ބާ؟ މިހެން މިބުނީ ރާއްޖޭގެ އުޅަނދެއް ފަރަށް އަރައިގެން ޖޫރީމާނާ ކުރި އަޑު އިވިފައި ނުވާތީ...
ހަބީބާ
04 September 2019
ދެން 50 މިލިއަނުން ޖޫރިމަނާ ކޮށްލާ! ހިންމަފުށީ ބިންހިއްކުމަށް ދިޔަ ޚަރަދު ޗަލުވާލެވޭނެ. އެހެންޏާފަހެ ފަރަށް އަރިގެން ލިބުނު ގެއްލުން ބިންހިއްކައިގެ ލިބުނު ގެއްލުމަށްވުރެ އެތަށް ހާސް ގުނައެއް ގާނޫނު ކުރިމަތީގައި ބޮޑުވިއްޔަ.
ހިންނަވަރުގެ ތަރި
04 September 2019
މައްސަލަ ރަނގަޅަށް ބެއްލެވުމަށްފަހު ހައްގު އަދަބު އަވަހަށް ދެއްވާ.
ގޮގް މެގޮގް
04 September 2019
މިފަހަރު ޓަގްގަ ފިލާނީ ކޮން އިއްޒައްތެރިއެއްބާ؟؟
ގައުމީސަލާމަތް
04 September 2019
އިންޑިޔާ އެއޮތީ ރާއްޖޭގެ އުތުގެ ރައްތަކާ ވަރައްގާތުގަ އާދައިގެ ޑޭސް ފުލައިޓެއްގަ ކޮފީމެޓައެއް ބޯލަންވާއިރައް ގޮސްޖައްސާ ވީމާ އިންޑިޔާ އިން ހިލަހިފައިގެން ސީދާ ރާއްޖޭގެ ސަރަހައްދައް ވަނުމުގެ ހުއްދަނުދީ އޭގެން ރަށެއްގަ ހިލައިގެ ސްޓޮކްއަބަދުވެސް ބަހައްޓާ ރިސޯޓު އޯނަރުންނަށާ ވިޔަފާރި ވެރިންނައްވެސް އެފަދަ ހުއްދަނުދީ އެސަރަހައްދުން ޗެކުކުރެވި ދައްކަންޖެހޭ ޓެކްސްދައުލަތައް ދައްކަފަ ދެންއޭގެ ފަހުން ގަންނަބަޔަކައްވިއްކާ ބަނދަރުހަދާކުންފުންޏެއް ވިޔަސް
ހިލަމާލެ
04 September 2019
އަދިވެސް ހަމަ އިހުފަދަ ހިލަބާޖު މާލެއަށް ދަތުކުރަން ޖެހޭ ބޭނުން އޮޅިއްޖެ އެ ހިލަ ގެނާ ރަށަށް ވަނީމަ ނިމުނީނުންހޭ ކީކއްކުރަންހޭ މާލެއަށް ހިލަ ބާޖް ގެންނަންވީ މާލެ މިހަރުވެސް މިއޮތީ ހިލަޢައި ހިލަވވެލިން ފުރިފަ
ބިދޭސީ މީހާ
04 September 2019
މިސަރުކާރުގެ މިސްރާބު ހިފާފައި ހުރީ ތަންތަނަށް އެރުމާއި މީސްމީހުންގެ އަބުރައް އަރާގަތުމަށް، އެހެންވެ ވީކަމަކަށްތިވާނީ. އެބުނީތާ އައްޑޫގެ ރަށެއްގެ ތޮށިލާންގެނައި ހިލަތައްވެސް ނަގައިގެންގޮސް ޕާކެއްގައި ޖެހިކަމަށް.
ބޯގަޅިސަރުކާރު
04 September 2019
އިންޑިޔާގެ ޓުޓިކޮރިންގެ ބަނދަރުން ސީދާމާލެޔައް ބާޖުގަ ބޮޑުހިލަ ގެނައުމުގެ ބަދަލުގަ ހއ ނުވަތަ ހދ އަތޮޅުގެ ބޮޑު ދެފަޅު ހިއްކާފަ އެތަނައް ބޮޑުހިލަޖަމާކޮއް ރަނގަޅު ފެންވަރެއްގެ އާގު ބޯޓެއްގަ މާލެ ސަރަހައްދުގަ ތިޒާތުގެ ދަތުރުތައް ކޮއްބަލަ ބައިވަރު ރިސޯޓު ތަކާ އެތައްހާސް ލޯންޗެއް ދުއްވާ ސަރަހައްދެއްގަ ބަރަވެލި ހިރޭހެން ވޭންޑި ވޭންޑި ނުތިބެ އަދިވެސް އަންޒަމާނު އިރު ކަންކުރިގޮތް ދަސްވެފަ ތިހުންނަނީ
ޢަސްލަމް އަލީ
03 September 2019
ޢެހެނެއްނުވާނީ ހިލައިގައިވެސް ބައްދަނީ ވިއްޔާ