ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކާ ލިޓަސްގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލިޓަސް ފިހާރައިގެ ތިޖޫރީގައި ހުރި ގިނަ އަދަދެެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ރޭ 3:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ލިޓަސް ކުންފުނީގެ ދަށުން ގިނަ ފިހާރަތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި ހޯމް ސެންޓަރާއި މެރިންގެ ފިހާރަ ހިމެނެ އެވެ. ނަމަވެސް ވައްކަންކުރީ ކޮން ފިހާރައަކުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ވަގަށް ނެގި ފައިސާގެ އަދަދެއް ވެސް ހާމައެއް ނުކުރެ އެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.