ދިޔަވަމުން ދިޔަ ލޯންޗު ކާށިދޫ ކަނޑުގައި ފޮޓޯ/ ކޯސްޓްގާޑު
07 ސެޕްޓެމްބަރ 2019 - 18:23
ޅ. ހިންނަވަރުން ފުރައިގެން 20 މީހުންނާ އެކު މާލެ އަށް ދަތުރުކުރި ލޯންޗެއް ދިޔަވާތީ އެ ލޯންޗަށް ސިފައިން އެހީތެރިކަން ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ކާށިދޫގެ އުތުރުން ހަތް މޭލު ބޭރުގައި އޮތް ކޮމްޕަސް ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާ ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 5:30 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން މާލެ އޭރިއާ ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ލޯންޗު މިހާރު ވަނީ ކާށިދޫ ފަޅަށް ވައްދައިފަ އެވެ. ލޯންޗުން ދަތުރުކުރި އެކަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރުޓޮއްޓޮއް
07 September 2019
މިހެންވެ ކޭބަލް ކާރު ބޭނުން ކުރަން ޖެހެނީ