ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހާގެ ފޮޓޯ
08 ސެޕްޓެމްބަރ 2019 - 21:46
އެހެން މީހެއްގެ ޕާސްޕޯޓްގައި، އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.
އިމިގްރޭޝަނުން ވަނީ ޕާސްޕޯޓުގައިވާ ފޮޓޯ އާއި އަސްލު މީހާގެ ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފުވެގެން ޑީޕޯޓު ކުރުމުން، ޝަހުސު އޮޅުވާލައިގެން އެ މީހުން އެނބުރި ރާއްޖެ އާދެ އެވެ. އަދި ބައެއް މީހުން ރާއްޖެ އެތެރެވެ، ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ.
މިކަންކަން ހުއްޓުވުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރު ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތައް ފަށައިފަ އެވެ.
ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޒު
09 September 2019
މެޑިކަލް ޗެކްއަޕް އަށް މަކަރު ހަދައި ހެޕަޓައިޓިސް ފަދަ ފަސޭހައިން ފެތުރޭ ބަލިތައް ހުންނަ މީހުން ވެސް އެބަ އުޅޭ. ބިދޭސީން ތެރޭގައި. ޢަދި ޕަލްމޮނަރީ ޓީ.ބީ. ޕޮސިޓިވް މީހުންވެސް އެއުޅެނީ ފަރުވާ ނުކޮށް ކުދި ކޮށި ތަކުގައި އެތައް ސަތޭކަބަޔަކާ އެކު. ޕްލީޒް ޑޫ އަ ރީސާރޗް އޮން ދިސް.
މުހުސިން ހަމީދު
09 September 2019
"ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ" މިއީ ހާދަހާ ތާކުންތާކު ނުޖެހޭ ވަހަކައެކޭދޯ؟ ގަވައިދާއި ޚިލާފަށް، އަތުގަ އެއްވެސް ވެލިޑް އިޑެންޓިޓީއެއް ނެތިއްޔާ ކީއްވެ ޑީޕޯޓު ނުކުރެވެންވީ. ކަނދުފަތިގަނޑަކަށް އަރުވާފަވެސް ޑީޕޯޓު ކުރަންވީ. މިހާރު ތީ ބޮޑުވަބާއަކަށް ވެއްޖެ. ހެޔޮ......
ޖީއެސްއެމް
10 September 2019
ޑީޕޯރޓް ކުރަން ބޭނުންނުވާތީ ނުކުރަނީ! ސަރުކާރުން ކުރަންބޭނުންނަމް ޑީޕޯރޓް ކުރެވޭނެ.
ކަލޯގަޔާ
09 September 2019
ޓްރަމްޕް ބުނާ ގޮތަށް ފާރެއް އަޅަން ޖެހިފަ މިއޮތީ!.
ޝައިޚް.
09 September 2019
ތި ބަނގާޅިންގެ ކަންތަކެއް ދެން މިރާއްޖެއަކުން ނުފިލާނެ، ވާނީ ގިނަ، ތިކަމަކީ ސަރުކާރުގެ މަތީ މަގާމްތަކުގަ ތިބޭ މީހުން ފައިސާހޯދަން ހިންގާ ޖަރީމާއެއް،
ފަރީދާ
09 September 2019
ތިކަމަށް އޮތް ހައްލަކީ 5000 މީހުންގެ ޑިޓެންޝަން ސެންޓަރެއް ހަދައި އެތަނަން ލާފައި ބޭތިއްބުން. އޭރުން މަސައްކަތެއް ނުކުރެވޭނެ.، ލާރިއެއް ނުފޮނުވޭނެ. ދެން އެނބުރި ދިއުމަކީ ހަމައެކަނި އޮންނާނެ ގޮތް. އެކަހަލ ބިރުވެރިކަމެއް ނެތި އެމީހުންގެ އާބާދީ މިގައުމުގައި ބޮޑުވެ ފޮނުވާލެވޭނެގޮތެއް ނެތި އަހަރުމެންގެ ގައުމުގައި އަހަރުމެންނަށް ވުރެ އެމީހުން ގިނަވެދާނެ.
ޙަބީބު
09 September 2019
ބިދޭސީން މަދުކުރަން ސަރުކާރުން އެބަޖެހޭ ހަރުދަނާ ގޮތްތަކެއް ކަނޑައަޅަން ހަދާނިމި އޮޕަރޭޝަން ހިނގާ ރިސޯޓު ތަކުގެ މެނޭޖުމަންޓުން ބޮޑުފައިދާގެ ދަހިވެތިކަމުގަ މަގުމަތިން ހޮވާލާބަޔަކު ގެންގޮސް ކެޝުއަލުންގެ ގޮތުގަ މަސަތްކަތް ކުރުވާފަ މާލެޔައް އޮޑިޔެއް ބަރުކޮއްފަ ބިދޭސީން ފޮނުވާލަނީ ވީމާ ރިސޯޓު ތަކައްވެސް ޕާމިނެންޓް ކެޝުއަލުން ނައްނޫނީ މިކަން ނުކުރެވޭނެ ގޮތައް ހަދަންޖެހޭ
މުހައްމަދު ބ
09 September 2019
ތިމީހާވެސް ފަހުން ދޫކޮށްވެސް ލާފާނެ. ބޭނުންވާނީ 20 ސަކަށް ހާސް ރުފިޔާ
އައްޔުބް
09 September 2019
އާދޭހާ އެކު ވެރިކަމުގައި ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ދަންނަވަން، ރާއްޖޭ އަށް އެތެރެ ވެފައިވާ މީހުން އެމްޕްލޯޔަރ ގެ އިތުރަށް އެހެން އެއްވެސް މަސައްކަތެއް ކޮށްފިނަމަ ނޫނީ ވީޔާފާރިއެއްކޮށްފިނަމަ އެ މީހުން ވަގުތުން ޑީޕޯރޓް ކުރުމަށް ގޮވާލަން. ޓެކްސްޕާޔަރ މުސާރަ ތިބޭފުޅުންނަށް ދެނީ މި މަސައްކަތްކުރަން. އެކަން ތިމީއށް ނުކުރެވޭކަމަށް ޤަބޫލުކުރެވޭނަމަ މަޤާމުން އިސްތިއުފާ ދީ އެހެން މީހަކަށް މަޤާމް ދިނުމަށް މަޤާމްތައް ހުސްކޮށްލަދީ.
ޖަބަލު45
09 September 2019
ރާޖޭގެ ކުރި އެރުމަށް އޮތް ހުރަހެއް، ބިދޭސީންގެ ކަންކަން ރަނގަޅަށް މޯނީތާކުރަންޖެހޭ. ދިވެހިންނަށްވުރެ ދިވެހިބިމުގައި މާގިނަ ފައިދާ އެމީހުން ނަގާ. ގައިދާހިލާފަށް އެކަންކުރަނީވެސް.
ޑޯން
10 September 2019
ސޭޓްބުނީ ސިގިރޭޓް ވަކިންވިކުންމަނަލޯ.، އެހެންބުނިއިރު ސޭޓް އަކީ ބަންގާޅި އެއް.، ފުރަތަމަ ބިދޭސީން ކައުންޓަރ ގއިނުވެސްމަނާދޯ
ޛައިލަމް
09 September 2019
ތިކަން މިމަސް ނިމެންވާއިރަށް ހައްލު ނުކުރެވިޖެ ނަމަ ރައްުޔިތުން ނުކުމެ ވަޤުތުން ހުކުމެެއް ކޮށް ހުކުމް ތަފީޡުކޮށް އިންސާފު ޤާއިމް ކުރަންވީނު؟؟ ސަރުކާރުން ކުޅޭ ގޭމު މީ.