އައްޑޫގައި ކަރަންޓު ނެތުމުން މަގުމަތީގައި ކުދިންނަށް ކާންދެނީ. -- ފޮޓޯ: ސޯޝަލް މީޑިއާ
08 ސެޕްޓެމްބަރ 2019 - 23:41
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިއަދު ހަވީރު ކަރަންޓު ދިޔަ ގޮތަށް އަދިވެސް ކަރަންޓު ނުލިބޭތީ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ހޫނުވެގެން ނުނިދޭތީ އޭނާގެ ދަރިފުޅު ނިންދެވީ މަގުމަތީގައި، އެނދެއް ބަހައްޓައިގެންނެވެ. އަދި ކައިރި ގެތަކުން ވެސް މީހުން ކުނާ ފަދަ އެއްޗެހި މަގުމަތީގައި އަތުރައިގެން ކުދިން ނިންދަވާފައިވާ ކަމަށް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގޭގޭގައި ރޭގަނޑު ކެއީ ވެސް މަގުމަތީގަ އެވެ.
"ވަރަށް ހާލުގައި މި ތިބީ. ހޫނުވެގެން ކުދިން ރޮނީ. ކަރަންޓު އަންނާނެ އިރެއް ބުނާކަށް ވެސް ނޭނގޭ،" އޭނާ ބުންޏެވެ.
އައްޑު އަށް ކަރަންޓު ދޭ ފެނަކައިން ބުނިގޮތުގައި ކަރަންޓު ދިޔައީ ޕަވާ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ހަވީރު 5:00 ހާއިރު ކަރަންޓު ކެނޑުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫ އެރި އެވެ. އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ރިންނާ ހަސަން ވިދާޅުވީ އެއާޕޯޓުގެ ބެކްއަޕް ޖެނެރޭޓަރުގެ އެހީގައި އެތަނުގެ ރަންވޭ އާއި ޓާމިނަލަށް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ. އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ކުރިން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވާ ކަމަށް މިދިޔަ ޖޫން މަހު ފެނަކަ އިން ބުނެފައިވެ އެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން 20 މެގަވޮޓްގެ ޕަވަ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުން އަންމަ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜޮށިތަށި
09 September 2019
ތީދެންއެވަރު ކަމެއްތަ މިތާކައިރި ގައުމުތައް ލަންކާ އިންޑިޔާގަވެސް ކަރަންޓްދޭ 2 ދުވަސް ފަހުންވެސް ކަރަންޓްދޭ އެމީހުން ނުނިކުމޭ ހޯބޯ ލަވަމުން
ކުނިރޮށި
09 September 2019
އެމީހުނަށް އެނގެއޭ އެއްދުވަހު ކަރަންޓު ދީފިއްޔާ އަނެއް ދެދުވަހު ނުދޭނެކަން. މިތާކު އެކަހަލަ ނިޒާމެއްވެސް ނޫނޭ މިއޮންނަނީ. ފުރިޖުފުރާ އެއްޗިހި އަޅާ ދޮންކޮށްލީމައޭ އެކަނޑާލަނީ.
ހޮޓްކިންގ
09 September 2019
ތީ ކަލޭމެން ވޯޓުދިން ޖަރީރާވަންތަ ދިރިއުޅުން. ތިގޮތަށް އުޅުން ރަނގަޅުވާނެ.
ޢަލީބެ
09 September 2019
ކަރަންޓް ނެތިގެން ކަންބޮޑުވާކަށް ނުޖެހޭނެ. މިއީ ޖަޒީރާ ރާއްޖެ. މިތާ އޮންނާނީ ޖަޒީރާވަންތަ ސިފަ. ފުޅިބައްތީގެ ޒަމާން އަހަރުމެން ހަނދާނެއް ނުނެތޭ. މިއަދުވެސް މާދަމާވެސް ފުޅިބައްތި އޯކޭވާނެ.
ހަބީބު
09 September 2019
ޢޭރުވެސް ބުނިން އައްޑޫއަކީ މީހުން ބާލަފަ ލ އަތޮޅުގެ ރައްތަކައް ބަހާލަންޖެހޭބައެކޭ މާދަމާ ކާނެ އެއްޗެއް ނުލިބުނަސް އައްޑޫގެ ބިމުން ދިވެހިން ކާނެބޯނެ ދަނޑު ކޮންމެސް ވަރަކައްލިބޭނީ އޭރުން ފުވައްމުލައް ރަނގަޅުވާނެ ބަކަރިހުއިހައްޕަން ތަދުމަޑުކަމެއް ޖެހޭދުވަހު ދަރިންނައް ނަންކިޔާއިރު ކަތިލާނެ ބަކަރި ލިބޭނެ މިގޮތުން ވީމާ ސަރުކާރު ހޭލާ ހދ މަކުނުދޫ އައްޑޫ ފުވައްމުލައް 3 ރަށުން މީހުންބާލަފަ މިގޮތައް އަމަލުކޮއްދެއްވާ
އައްޑޫ މީހާ
09 September 2019
އެއަށްވުރެން ކުރިން ހަބީބު ކަލޭ މި ފަސްގަނޑުން އަހަރުން ބޭރުކޮށްފާނަަން.
ރާވެރިބެ
09 September 2019
މީ ކޮންތަނަކުން ފައިބާފަހުރި ރޯނުއެދުރެއް
ޖޫލިއާން
09 September 2019
ޕޯޗުގީޒުން އޮތީ ރާއްޖޭގެ އެކިސަރަހައްދުތަކުގައި މަތީފަންތީގެ ސިޓީތައް ގާއިމުކޮށް ސީދާ ބާސެލޯނާއާއި ދެމެދު ޑެއިލީ ޝެޑިއުލް ދަތުރުތައް ފަށާގޮތަށް. އެކަން ކުރެވުނުނަމަ ކަރަންޓުވެސް އޮންނާނެ، ގައުމީޓީމުގަ ރޮނާލްޑޯމެންވެސް ފެންނާނެ. އެމަސައްކަތް ފަށަން ތައްޔާރުވިތަނުން އުތުރުބަޔަކު އެމީހުން މަރައިފި. މިހާރު އޭގެ ހިތި މިފެންނަނީ.
އައްޑޫ ޖަޒީރާކަލޭގެ
09 September 2019
ކުދިންނޭ މީތިކުދިން ގެނަ ޖަޒީރާރާއްޖެ އަދިކިރިޔާތިޔަފެށެނީ ހާސްނުވޭ އަހަރެމެން މިތިބީ ބަލައް ތިކުދިން އުޅޭލެއްއުފާ ވެރިކަމުން އައްޑޫޖަޒިރާވާތައް
ދައްސޫރަ
09 September 2019
ލޯބި .ލޯބި .ދަރިންތަށް. މަގުމަތީގަ. ފަނާވަނީ. .ސަރުކާރުން. ރަށްޔިތުން .ރީތިވާހަކަ.ދައްކާދީފަ . ކަންކަންކޮއްދޭކަމަށް. ބުނަނީ . އަމަލެއް. ނުކުރޭ
މާލޭމީހާ
09 September 2019
އައްޑޫކުދިންނޭ..މީ ތިކުދިންގެ ޖަޒީރާވަންތަ ސަރުކާރޭ..ފުޅިބައްތީގެ އަލީގަ އުޅެން ދަސްކޮށްބަލަ ޝަކުވާނުކޮށް.
ހަސީނާ
09 September 2019
ނަޝީދުގެ ފިތުނަ އިން ގައުމު ސަލާމަތް ކުރަންޖެހޭ!
ޖަމްބޭ
09 September 2019
ކޮބާ. 0-7 ވެއްޖެ އެއްނު.