އޭސީސީގެ އާ ރައީސް ޝިއުނާ އަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2019 - 17:08
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އާ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މަރިޔަމް ޝިއުނާ އަދި އާ ނައިބު ރައީސަކަށް ފާތިމަތު އަނޫލާ މިއަދު އިންތިޚާބުކޮށްފި އެވެ. އެ ދެ މަގާމަށް ޝިއުނާ އާއި އަނޫލާ އިންތިޚާބުކުރީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ.
އޭސީސީގައި މިހާރު ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމުން އެ ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަތަރު ބޭފުޅަކު މިއަދު އައްޔަންކުރައްވައިފަ އެވެ.
ކޮމިޝަންގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވުމުން، ކޮމިޝަންގެ މެމްބަރުކަމަށް މިދިޔަ މަހު އައްޔަން ކުރެއްވީ އިބްރާހިމް ޝަކީލް އެވެ. އެވެ.
- މަރިޔަމް ޝިއުނާ، ސ. ހިތަދޫ، ނެދުންގެ
- ފާތިމަތު އަނޫލާ, ގ. ވަޑިނޮޅުގެ
- އާއިޝަތު އަބްދުﷲ، ޅ. ހިންނަވަރު، ރޯލްގޯލްގެ
- އަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366
- އިބްރާހިމް ޝަކީލް
ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވި ޝިއުނާ ކުރިން މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށެވެ. އޭނާ އަންނަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވަމުންނެވެ.
އޭސީސީއަށް އަލަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި މަގާމުގެ މިއަދު ހުވާކުރައްވަނީ.- ފޮޓޯ: ރައީސް އޮފީސް
އަނޫލާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގަ އެވެ. އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
އާއިޝަތު އަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އޭނާ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
އަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އަންނަނީ ޔުނިވާސިޓީ އޮފް ވެސްޓާން އިންގްލެންޑުގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރު669
10 September 2019
ބޮޑެތި ކޮމިޝަންތަކަށް ފަސްޓް ޑިގްރީ ހަދާފަ ތިބި މީހުން؟ މިއަށް ވުރެ މޮޅަށް ކިޔަވާފަ ތިބި މީހުން ނުލިބެނީތަ ؟
އަސްލު ހަގީގަތް
10 September 2019
މަރުހަބާ މިސް އައިޝަތު ޢަބްދު ﷲ. އުންމީދުކުރަން މިސް އޭސީސީއޭއިން ދަސްކުރި ޕްރޮފެޝަނަލް އެތިކަލް ސްޓޭންޑާރޑްތައް ތިޔަ މަޤާމުގައި ހުރެގެން ދަމަހަށްޓާނެކަމަށް. މިސްއަށް ކާމިޔާބު ދުވަސްތަކަކަށް އެދެން.
ބަގުޑި
10 September 2019
އަންހެނުންނޭ ކިޔާ އަނގަހުޅުވާއިރު މިއަދާ އިއްޔެ އަންހެނުންގެ ދައުރާމެދު ވިސްނާލަންޖެހޭ. ކިޔަވައިދޭ ސުކޫލުތަކުގައިވެސް އެންމެ ހިތްވަރާއި ތެދުވެރި ކަމާއެކު ކިޔަވަނީ މިއަދު ޤައުމުގެ އަންހެންދަރިން. ޓީޗިންކޯސްތަކާއި ނާރސިން ކޯސްހަދަނީ ޤައުމުގެ އަންހެންދަރިން. އޮފީހެއްގައިނަމަ އެންމެތެދުވެރި ކަމާއެކު ބުރަކޮށް މަސައްކަތް ކުރަނީ އަންހެންދަރިން. މަޒީގަ މި ޤައުމަށް މިނިވަންކަން ހޯދަ
ށޭޒު
10 September 2019
ބުނަން ވާހަކައެއް. އަންހެނުންނަށް މަޤާމު ތަބަކަށް ލާފަ ދޭނަމަ އެއީ އެންމެ ފައިދާ ހުރިގޮތަކށް ނުވާނެ. ފިރިހެނުންނާ ވާދަކުރަން ހުރި ހުރަސް ނައްތައި އެކަނބަލުންނަށް ހަމަހަމަ ފުރުސަތު ދިނުމާއި ތަނބަކަށް ލާފައި ވެދުންކުރުމާއި މީ ދެކަމެއް. ކޮބާ ތިގޮތަށް ދިނީމަ ގެއްލޭ އެފިޝެންސީ. ކޮބާ ޓެކްސް ޕޭޔަރުގ ހައްޤު
ރިޔޯ
10 September 2019
ހުސް އަންހެނުން ދޯ ބޮޑެތި މަގާމުތަކަށް ލަނީ މިހާރު.. ސަޅި
ބޭރު
10 September 2019
އުވިދިޔަ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތައުލީމާ ތަޖުރިބާ އެނގުނީމާ އެއްޗެއް ބުނެވެނީ. އަޅާކިޔާލެވޭނީވެސް.
ތައުލީމް
10 September 2019
ލުތުފީ: މާސްޓަސް މުއައްވިޒު :ޑިގުރީ ޔަޒުމީދު: މާސްޓަސް މިންނަތު: މާސްޓަސް ސަފުވަތު:މާސްްްޓަސް
އޭނަ
10 September 2019
އަހަންނަށް އިނގޭ ހާވެސް އެއްޗަކީ އައިޝަތު ޢަބްދު ﷲ އަކީ އޭސީސީއޭ މެމްބަރެއްކަން. އަދި އޭސީސީއޭ ނިންމުމުން ލިބޭ ބައެއް ކޮލިފިކޭޝަންތައްވެސް ނިންމާފައި ސެޓްފިކެޓް ހޯދާފައިހުރި ބޭކަނބަލެއް އެއީ. ދެން ތިބި މީހުންގެ ހަގީގަތެއް ނޭނގޭ. އައިޝަތު ޢަބްދު ﷲ ޔާ ދިމާލަށް ނުކިޔަވާ ހުރި ގަމާރެކޭ ނުކިޔޭނެ.
ހެކިވެރި
10 September 2019
ތަނެއް ފަސާދަވަމުންދާ ކަމުގެ އެންމެ ވަރުގަދަ ދަލީލަކީ އަންހެނުން މިފަދަ މަގާމުތަކަށް އައްޔަނުކުރުން
ކެހިވެރި
10 September 2019
މުޖުތަމައުގެ %50 ކަމަށްވާ އަންހެނުން ނާއިނުލާ ގައުމު ތަރައްގީއެއް ނުކުރެވޭނެ. ފިތުނަ އާއި ފަސާދަ އުފައްދަނީ ތިކަހަލަ ތަނެއް ދޮރެއް ނުދަންނަ ނާތަހުޒީބު މީހުން.
ކކކކކ
10 September 2019
އަންހެނުން މަތިފަޑީގައި ގިނަ ގައުމުތަކުގައި ކަރަޕްޝަން މަދުކަމަށް ދިރާސާ ދައްކަނީ. އެތައް 100 ގައުމެއް ބަލައިގެން.
ޔުމްނާއާށް ވެދުން ސަލާން
10 September 2019
ރައީސް އޮފީހުންމިކަހަލަ ރަސްމިއްޔާތަށް ރަސްމީ ހެދުމަކީ ކޮބައިކަން ކަނޑައަޅާ. ޑްރެސް ކޯޑު ސަގާފަތާ ގައުމީއްޔަތާގުޅޭ! އެހާ ކޯޓު ލާހިއްވަންޏާ ދިގު ހެދުންމަތިންވެސް ލެވިދާނެ. އެކަމަކު އެއީ ރާއްޖޭގެ މާހައުލާ ގުޅޭ އެއްޗެއްވެސް ނޫން. އެހެން ގައުމުތަކުގައި ސަގާފަތް ދިރުވަން އުޅޭއިރު ރާއްޖެ ހީވަނީ މޮޔަވެގެން އުޅޭހެން ޔޫރަޕް ނުވެވިގެން. މިސަރަހައްދުގެ ހުރިހާ މީޙުންވެސް އޮފިޝަލް ޑްރެސް ބަލާބަލަ ބޭރުގައި ލާޥަރު. އެއުޅޭ މޮޑީވެސް. ނޭޕާލު، ބަންގާލު ޕާކިސްތާން.
ސަގާފަތް
10 September 2019
ދެން ފިރިހެނުންނޯ؟ ގަމީހާއި، ފަޓުލޫނާއި، ޓައި އަދި ސޫޓު ނުލާ މުންޑު ނޫނީ ފޭލި އަނދެފަ ހުރީމާ ހަމަހަމަ ވާނީ. ބަލަ ސަގާފަތަކީ ހަމަ އެކަނި އަންހެންނަށް އޮންނަން ޖެހޭ އެއްޗެއްބާ؟
ޔުމްނާއާށް ވެދުން ސަލާން
10 September 2019
ބައްޔެއްނު. މޮޑީއަކީ އަންހެނެއްތަ؟ ފިރިހެނުންވެސް ކުރީގައި ލަނީ ކޯޓާ ޓައިއެއްނޫން. މިސަރަހައްދާ ގުޅޭ މިސަރައްހަދުގެ މީހުން ލާ ޒާތުގެ ހެދުމެއް. ވަރަށް ރަސްމީވިމަ ތާކިހާ އަޅާލަނީ. ބަލާބަލަ މުހައްމަދު ފަރީދުމެން. ވަރަށް ރީތި އެހެދުންތައް.
އަފޫ
10 September 2019
ބައެއް މީހުން މޭމައްޗަށް ފިއްތާފަ ހުންނަ ދިގުހެދުން ލާން ކޮމްފޮޓަބަލް ނުވެދާނެ! ހުރިހާ ކަމަކާ ބެހެން ވެއްޖެނަމަ ނެތެއްނު ސަލާމަތެއް؟
ތރތރ
10 September 2019
މި މީހުން ދިގު ހެދުމެއް ލީމަ ކަތީބު ކަން ކަން ދަނީތަ؟ އެކަން ރަގަޅު ކުރޭ. ކޮންމެހެން ފަރަންޖީ ނުހެދި.
ޢަލީ85
10 September 2019
ކޮމިޝަނަށް ހޮވުނީ އެތައް ކެންޑީޑޭޓުންނަކާއި ވާދަކޮށް މަޖިލީހުގެ ވޯޓަކުން. ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް ހޮވަނީ ކޮމިޝަނުގެ 5މެމްބަރުންގެ ތެރޭގައި ނެގުނުވޯޓަކުން. އެހެންވީމާ، މި އަންހެނުންތައް ހޮވިފަ މިތިބީ އެމީހުންގެ ގާބިލުކަމުން ފިރެހެނުންނެކޭ އެއްސަފެއްގަ ފައިތިލަ ސާބިތުކޮށްގެން. މިއީ 21 ވަނަ ގަރުނު، އަންހެނުންލާ ހެދުމަށް ފާޑު ކިޔުމުގެބަދަލުގަ އެމީހުންގެ ގާބިލުކަމަށް ބަލާ އެމީހުންގެ މަސައްކަތަށާއި ސިޔާސަތައް ފާޑުކިޔާ!
ސިދުގީ
10 September 2019
އެލްބޯޑް ރައީސުމީހާގެ ކޮމިޝަންތަކުދައި ތިބެނީވެސް ހުސް އެލްބޯޑް އަޅުވައިން ތިބޭމީހުންދޯ،ކެކެކެކެކެ
ވޯލް
10 September 2019
ތިތާ އެންމެ ތަޖުރިބާ ހުރި މީހާ ރައީސްއަކަށް ހޮވިނަމަ.
ލޮކި
11 September 2019
އެއީ ކާކު?