10 ސެޕްޓެމްބަރ 2019 - 22:22
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އަންގައިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަނިކޮށް ސިފައިން ވެސް ހަތިޔާރާ އެކު އޮޕަރޭޝަނެއް މިރޭ ފަށައިފި އެވެ.
ހަތިޔާރާ އެކު ސިފައިން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމުގެ އިތުރުން އެއްވެސް ތަފްސީލެއް އެމްއެންޑީއެފުން އަދި ނުދެ އެވެ.
ރިޔާސީ ކޮމިޝަންގެ އެންގުމަށް ފުލުހުން ގެންދަނީ މާލޭގެ ބައެއް ގެތަކާއި އައްޑޫ ސިޓީގެ ބައެއް ގެތައް ބަލައި ފާސް ކުރަމުންނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގުމަށް މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތައްޔާރު ކުރި ޑްރާފް ރިޕޯޓުގެ ބައެއް މައުލޫމާތުތައް ހާމަ ކުރަމުން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ އެ މައްސަލާގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ނަންތައް ހާމަ ކުރައްވާފަ އެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ރިލްވާން ވަނީ މަރާލާފައި ކަމަށާއި އެކަން ކުރީ އަލްގައިދާގެ ރާއްޖޭގެ ގޮފީގެ މީހުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުން ރާއްޖޭގައި ހަރަކާތްތެރިވާގޮތް ވެސް ސުއޫދު ވަނީ ހާމަ ކުރައްވާފަ އެވެ. އެމީހުންނާއި އެމީހުން ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޟީދު މޫޟާ
11 September 2019
ދިފާއީ ބާރު އަބަދވެސް ތިބެންޖެހޭނީ ޑިޔުޓީގަ ހަތިޔާރާއި އެއްކޮށް
ވޯލް
11 September 2019
ދީނަކީވެސް އެއްބަޔަކު ކާންބޯން ކުރާ ވިޔަފާރިއެއް. ފާޑުފާޑުގެ ޖަމާތްތަކާއި ގުޅުނީމަ ވިޔަފާރި ކުރަން ފުރުސަތު އެބަ ލިބޭ މާލީ އެހީ އެބަ ލިބޭ<
ސޮބުރީ
11 September 2019
ދެން އެވަރުކަމެއްތޭ.... މިހާރު ތިޔަ ހެޑުލައިން "ހަތިހާރާއެކު ސިފައިން" މިކަމަށް ސަމާލުކަން ގެންނާނެކަމެއްނެތް
ސީނާ
11 September 2019
ދެ ރައީސުން ތެޅޭތީ ފޭކް ޖައްސަން ސިފައިންނާއި ޕޮލިހުން ލައްވާ ކުޅުވާ ޑްރާމާއެއް ތީ... މިހާރު މި ދެ ރައީސުންނާއި މި ދެމީހުން ގެ ފެމިލީ އާއި ސަޕޯޓަރުން އޮތީ ބައިބައިވެފައި...
ހޮޓްކިންގ
11 September 2019
ދެއްކުންތެރިކަމަށް ކުރާކަންކަން އެހާ ރަނގަޅެއްނޫން. ހަގީގީ ނުރައްގާ ރައްޔިތުންނަށް ވިސްނާވެސް ނުލެވޭނެ. އޭގެ މޫތައް ވަރަށް ގަދަޔަށް އޮތީ މުޅި ރާއްޖޭގައި ދެމިފައި. ދެންވާނެ ގޮތެއް ނޭނގޭ އެކަކަށްވެސް.
ގިޓާ
11 September 2019
ސުއޫދަށް ނޭގެ އެކެއްޗެއްވެސް ތިޔައީ ގޮތްދެއްކުން
އުމަރުބެ
11 September 2019
ބަރާބަރު ކުރިއަށް ގެންދޭ، މުޅި ހުރިހައި ވަސީލަތް ބޭނުންކޮށްގެންވެސް ތިޔަ މަރުތަކުގެ މައިމޫތަށް ލުހެލަންވާނެ
މަޒިޔާން
11 September 2019
ތީ ހުސް ދައްކާ އާޓު އަދި ދަޅަ.. ތިޔަކަމަކުން ތަހުގީގަކައް ނުވަތަ ކޭސް އަކައް އެއްވެސް މޮޅެއް އެންމެފަހުން ލިބޭނެކަމުގައި ބަލާކައް ނެތީމު.. ތިޔާ ޒާތުގެ އާޓު އެކިފަހަރުމަތީން އަހަރެމެންގެ ސަލާމަތީ ބާރުތަކުން ދައްކާފައިވޭ.. އަދީބުގެ ކޭސްގަވެސް ތިޔާހެން ތެޅުނު..
ހަމިއްޓޭ
10 September 2019
ހަތިޔާރާއި އެކު ނުކުމެ އޮޮޕްރޭޝަން ހިންގާނީ ނުރައްކާތެރިކަންތައްތަކެއް އެކުލެވޭތީ ކުޑަމިނުން އެކަމުގެ ސަބަބުން އާންމުންނަށް އެއްވެސް ނުރައްކަލެއް އޮތްތޯ ނުވަތަ ނޫންތޯ ހާމަކޮއްލާފައި އިތުރު ތަފްސީލެއް ނުދެއްވިޔަސް އޯކޭ
ގަޓް ބްރޯ
11 September 2019
އެތައް ބަޔަކު ވަޅިޖަހާ މަރައި ދިރިތިއްބާ މީހުންގެއްލުވާލާ ދައުލަތުގެ މިލްކިއްޔާތު ކައި ރާއްޖޭގެ ރަށްތައް ވިއްކާފަ ލިބުނު ފައިސާ މީސްމީހުންގެ އަމިއްލަ އެކައުންޓް ތަކަށް އެޅިކަމަަށް މިއިވޭ އަޑުތަކަކީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ނުރައްކާތެރިކަންކުޑަ ކަންކަމެއްނޫން. ސިފައިން ހަތިޔާރާއެކު ނުކުންނަން މާލަސްވެސްވެއްޖެ.
ހޮނޑާއި ބޭ
10 September 2019
މި އޮޕަރޭޝަނުގައި ވަޔަށް ފަޒާ އަށް ބަޑި އެއް ނުޖަހާ