ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ޗައިނާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ސެޕްޓެމްބަރ 2019 - 16:56
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު މި މަހު 19 އަށް ތާވަލްކޮށްފި އެވެ.
މިއީ ފޮރިން މިނިސްޓަރުގެ މަގާމާ ޝާހިދު މިދިޔަ ނޮވެމްބަރު މަހު ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީ ގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި ޗައިނާގެ ނައިބު ރައީސް މރ. ވަންގް ގީޝާން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު ޝާހިދު ބާއްވަވާ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތާ މެދު މަޝްވަރާކުރައްވާނެ އެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޗައިނާ އަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އިން ދަމަހައްޓަމުން އަންނަ "ވަން ޗައިނާ" ޕޮލިސީ ހިފަހައްޓާނެ ކަމަށާއި އެ ގައުމުގެ "ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް" ގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ވެސް ރަސްމީ ދަތުރެއްގައި ޝާހިދު ޗައިނާ އަށް ވަޑައިގަތުމަށް ތާވަލްކުރި އެވެ. މިދިޔަ ޖޫން މަހު އެ ގައުމަށް ވަޑައިގަންނަވަން ހަމަޖެއްސި ނަމަވެސް، ތަފާތު ސަބަބުތަކާ ގުޅިގެން އެ ދަތުރު ފަސްކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
12 September 2019
މި ވުޒާރާ ބޭނުންވެގެން ބޮޑު ދެގެރި ހާދަ ބައްދަޔޯ ކިޔާތީ އަޑުއިވޭ؟
ކަދުރޭ2
12 September 2019
އިންޑިޔާ ވަނީ ޗައިނާއިން 8ބިލިޔަންޑޮލަރނަގާފަ.
ބުއްޅަބޭ
12 September 2019
ބުނާތި އަހަރުމެންގެ ރޫހާނީ ލީޑަރދައްކާވާހަކައަށް އަޅާނުލާށޭ. އޭނާއަކީ ދުވާލަކުދެއިރުދެދޮގުހަދަންޖެހޭ މީހެކޭ.
އަހުމަދު އިބްރާހިމް
12 September 2019
މޯދީ ހުއްދަ ދިނީތަ ޗައިނާ އަށް ދާން؟ ލޮލް
ޢާދަމް މަނިކު
11 September 2019
ވައްކަމަކީ ކޮންމެ މީހަކު ކުރިއަސް ހަމަ ވައްކަން
ފުރަތަމަ ޤައުމު
11 September 2019
ނަޝީދު އުޅެނީ ޤައުމު އިންޑިޔާގެ ބާރުގެދަށަ ގެންދަން. މިކަމަ ދިވެހިން ފުރުސަތު ދީގެން ނުވާނެ.
ޝޮކްތެރަޕީ
11 September 2019
ޗައިނާޔާ ގުޅިގެން ރާއްޖެ ކުރިއަރާނީ. އިންޑިޔާ ހައިރާން ވާވަރައް ރައިސް ޔާމިންގެ ދައުރު ކުރިއަރާގެން ދިޔަ. މީދޮގެއްނުން.
އަލިބެއްޔާ، އެކުވެރިސުވައިދީބް
11 September 2019
މިސްރާބް ރަނގަޅު ކަމަށް ފެނޭ. ކުރިއަށް ވަޑައިގަންނަވާ
ބަނާނާ ސަރުކާރު
11 September 2019
އެއްކަލަ ކަމުނުދިޔަ ޗައިނާއަށް.. ޕިސްޕިސް.. އެކަމަކުވާ ފޮއްޓަށް އެއްޗެހި އެޅުމުގެކުރިން ހަދާނަށްގެނެސްބަލަ މިހުރިހާ ދުވަހު ޗައިނާއޭ ކިޔައިގެން ކީކޭތޯކިޔުނީ ދިވެހިވެސް އިގޭނެ ޗައިނާއަށް މޯދީއަށް އިގޭވަރަށް.. މަނަމަ ނުކެރޭނެ ޗައިނާމަތިންވެސް ދަތުރުކުރާކަށް.. މިސަރުކާރު މަސްތުރަ ކުރެވޭތޯ މަރިޔަންމަލެ ގެންނަންވާނެ.. ޗައިނާއަށް އެއްޗެހިކިޔަނީ ލޯނު ކުޑަކުރޭތޯޔޯ.. ހީހީހީ.. ބިރުދައްކައިގެން ބްލީކޮއްގެން ލޯނު ކުޑަކޮއްދޭތޯ ޔޯ. ހިނިނައިއްޔާ ދެރައެއްނުން
ހަސަދު
11 September 2019
ވަޒީރުކަމުގެ އިއްޒަތާއި އަރާމު ވަރަށް ރަނގަޅަށް ހޯއްދަވަމުން އެބަގެނަދަވާ.