ގަވައިދާ ހިލާފަށް ރާއްޖެއަށް މީހުން ރެކްރޫޓްކުރުމާއި ހުއްދަ ނުނަގައި ވިޔަފާރިކުރުމުގައި އުޅުނު ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް، 49، މީނާ މިހާރު ވަނީ ޑީޕޯޓްކޮށްލާފައި
13 ސެޕްޓެމްބަރ 2019 - 14:36
ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަނެތި ވިޔަފާރި ކުރުމުގައި އުޅުނު ބަންގްލަދޭޝް މީހަކު ރާއްޖޭން ޑީޕޯޓްކޮށްލައިފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާތީ އާއި ހުއްދަނެތި ވިޔަފާރި ކުރާތީ ޑީޕޯޓްކުރީ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް، 49، ކަމަށެވެ. ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ޝަފީގުލް އިސްލާމް ހައްޔަރުކޮށް ޑީޕޯޓްކޮށްލީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރަން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ގަވާއިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދައި، އެ ސަބަބުތައް މަދުކޮށް މިކަމުގައި ނަތީޖާއަކަށް ވާސިލްވުމަށް މަސައްކަތް ކުރުން،" ހަނަފީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
Mī qavāidhā khilāfah Rājjeyga ulhemundhā bidheysīn madhukurmah kuramundhā masakkathuge there-in hingunu hāssa operationeh. Alhugandumenge maqsadhaky qavāidhā khilāfuvumah medhuverivā sababuthah hōdhā, e-sababuthah madhukoh mikamugai nathījā-akah vāsil vumah masakkaiy kurun IA. https://t.co/Eg9uJJhqqJ
— Mohamed (Hanafy) (@hanafymv) September 13, 2019
ހަނަފީގެ ޓްވޯޓް
ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އިރު ރާއްޖެ އަށް މީހުން ރެކްރޫޓްކުރުމުގެ ތެރެއިން ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ އެތައް ކަމެއް ހިނގަ އެވެ. އެހެންވެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިން ވޮޗްލިސްޓްގައި ރާއްޖެއިން ހިމެނޭތާ އަހަރުތަކެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯދާ
14 September 2019
މާދަމާ ތިމީހާޗކޮންމެސް އެއްޗެކޭކިޔާފަ އަނެއްކާ ގެންނާނެ ދެން ކީއްކުރަން
އެމް.ޑީ އަޙްމަދު
14 September 2019
ޙުރަވީ ބިލްޑިން 3 ވަނަ ފްލޯގަ އުޅޭނެ ވަގު ބިދޭސީންނަށް ފީ ދައްކަދީ އެމީހުންގެ ވިސާ ޖަހައިދީ ގެން، އެމީހުން އަތުން ލާރި ނަގައިގެން ކައިގެން ބޮޮއިގެން އުޅޭ ދިވެހި އެޖެންޓުން ތަކެއް . މި މީހުންގެ ކަމަކީ އެމީހުންގެ ކަންކަން ކޮށްދިނުން. މި މީހުންގެ ދައުރު ވަރަށް ބޮޑު މި ކަމުގަ.
ދެނޯ
14 September 2019
މިހާތަނަށް އޭނަ ރެކްރޫޓްކުރި މީހުން މިގައުމުގައި ވީ ތަނެއް އެބަ އެނގޭތަ؟ އެކަމުގެ މައުލޫމާތެއްވެސް ސާފުކޮށްނުލާ ފޮނުވާލީތަ؟
ޖަވު
14 September 2019
. އިމިގްރޭސަން ކޮންޓުރޯލަރ އަށް އިންޒާރު ދިންހަބަރާއެކު.މީނަގެ ވަރުގަދަކަން މިހާރު އެގިއްޖެ މި މީހާ ގަވައިދާ ހިލާފައް ވިޔަފާރި ކުރާކަން ވެސް އެގިއްޖެ. ދެން އެވިޔަފާރި މޫނުމައްޗައް ރަޖިސްޓަރ ކޮއްފާވާ ދިވެހިމީހާ އައް އަދަބެއް ދޭންވާނެ. ފަހަރުގާ ގާނޫނީ ގޮތުން އަދަބެެއް ނުދެވިދާނެ. އެހެންކަމައްވަންޔާ ގާނޫނައް އިސްލާހެއް ގެނެސްގެންވެސް އެކަހަލަ ދިވެހިން ހުއްޓުވަންޖެހޭ.
ނަގިލި
14 September 2019
ކީއްކުރާނީ މިހުރިހާ ކަމެއް މިހެން ހުއްޓާ މީހަކު އެދިޔައީ 5 އަހަރު ވެރިކަންކޮށްފަ، ހައްޔަރުކޮށްފަ ސުވާލުކުރަން އެބަޖެހޭ މިކަމާއިދޭތެރޭ ކީއްތޯ ކުރީ.
އެނގުނަސް
14 September 2019
މިހާރު ކަމެއް ކުރެވިގެންތަ ތިއުޅެނީ. ތިއީވެސް ކޮންމެވެސް ދިވެއްސަކަށް ލިބެމުންދިޔަ ލާރިގަނޑުގެކޮންމެވެސް ކަމެއް ދިމާވެގެން ޖެހިގެން އުޅޭކަމެއް. ކަލޭމެން ހެޔޮ ނިޔަތަކާއެކު އުޅޭނަމަ ނިކަން މަގުމައްޗަށް ނުކުމެބަލަ. ފެންނަ 10 ބަންގާޅީންގެ ތެރެއިން 8 ބަންގާޅީންނަކީ ގަވައިދާ ޚިލާފަށް އުޅޭމީހުން. ނިކަން ފިޔަވަޅުއަޅާބަލަ. ރެކްރޫޓްގެ މަސައްކަތް ހިންގަންދެން ތިބޭކަށް ނުޖެހޭނެ ދޯ. ގަވައިދާ ޚިލާފުވަނީ ހަމައެކަނި ރެކްރޫޓާއި މަނީލޯންޑަރިންތަ؟
ދޮންބޭ
14 September 2019
މި މީހަ އިންނާނެ މަޖުލިސް ފަހަތުގަ ރާއްޖެ ޓީވީ ކައިރީ އިންނަ ފިހާރައެއްގަ. ބޮޑަަށް ހީވަނީ އޭނަ ހިންގާ ތަނެއްހެން. މި ބޭރު މީހުން ދިވެހިން ކުރާ ހުރިހާ މަސައްކަތެއް އަތުލައިފި
ހުތް އާދަނު
14 September 2019
ތިބުނަ މީހުން ސަގަރޭ ޕާކުގައި ދާއެޅިޔަސް ހިފޭލެއް ގިނަވާނެ.
ގައްޑާ
14 September 2019
މިއި މިގްރޭޝްން ކޮންޓްރޯލަރ އަކަށް ކަ މެއް ކުރާ މީހަކު ލީތީ ވ އުފާކުރަން!
މަނާލު
14 September 2019
ތިޔަ ފޮނުވާލެވުނީ ތިބުނާ ފަދަ ފަރާތެއްހެން ހީނުވެ މއްސަލަތަކުގެ އަސްލަށް ވާސިލުވުމަށް އިމިގުރޭސަނަނަށް ގޮވާލަން
ބަނާނާ
14 September 2019
ރަޖިސްޓްރީނުކޮށް ތިބަންގާޅީން ހިންގާ ޖެސްޓްހައުސްތަކާ ކުދިވިޔަފާރިތައް ނުފެންނަނީ ހަމައެކަނި ސަރުކާރަށް. ކުދިކުދިކޮޓަރި ކުއްޔަށްހިފައިގެންތިރީސް ސާޅީސްމީހުންއެނިންދަވާހާލިތައް ނުފެންނަނީ. މީކޮންވައްތަރުހުންނަނީ؟