ޚަބަރު / އިމިގްރޭޝަން

ތަހުގީގު ނުކޮށް ޑީޕޯޓްކުރުން: ނުރައްކާތެރި މެސެޖެއް!

15 ސެޕްޓެމްބަރ 2019 - 11:37

43 comments

ބޮޑެތި ކުށްތަކުގައި ހިމެނޭ ބިދޭސީން އަތުލައިގަނެ މައްސަލަ ތަހުގީގު ނުކޮށް ޑިޕޯޓްކުރާތީ އިމިގްރޭޝަނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރާއްޖޭގައި 60،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ޚިލާފަށް އުޅެ، ބޮޑެތި ކުށްތަކަށް ދަނީ އަރައިގަންނަމުންނެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިން އާއި ހިއުމަން ޓްރެފިކް ފަދަ ބޮޑެތި މައްސަލަތައް ހިމެނެ އެވެ. މިކަމަށް ހައްލު ހޯދުމުގެ އޮޕަރޭޝަނެއް ފަށައި މިދިޔަ ހަފުތާގައި އިިމިގްރޭޝަނުން ވަނީ ދެ މީހަކު ޑިޕޯޓްކޮށްފަ އެވެ.

އޭގެތެރެއިން އެކަކީ ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރި ކުރުމުގައި އުޅުނު ބަންގްލަދޭޝް މީހެކެވެ. އަނެކަކުގެ ތުހުމަތަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަނީ ލޯންޑަރިން އާއި އެ ނޫން ވެސް ބޮޑެތި ކުށްތައް ކޮށްގެން މުއްސަނދިކަން ހޯދުމެވެ.

މި ދެ މީހުން ވެސް ހިމެނެނީ ޖަރީމާތައް ހިންގުމުގެ ބޮޑު ނެޓްވޯކެއްގައި ކަމަށް އިމިގްރޭޝަނުން އެއްބަސްވެ އެވެ. އެކަމަކު އެ މީހުން ކުރި ކުށަށް އަދަބު ނުދީ އަދި އެ މީހުންނާ ގުޅިފައި ތިބި މީހުން ވެސް ނުހޯދައި ފުރުވާލުމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

މަނީ ލޯންޑަރިންގެ ތުުމަތުގައި ރާއްޖެ އިން ޑިޕޯޓްކޮށްލި އަބޫ ހަނީފް:

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރު ހުސެއިން ޝަމީމް "މިހާރު" އަށް ވިދާޅުވީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ ބޮޑެތި ކުށްތަކުގައި ހިމެނޭ ބިދޭސީންގެ މައްސަލަ ތަހުގީގު ކުރުމަކާ ނުލައި ފޮނުވާލުމަކީ ދެވޭ ނުރައްކާތެރި މެސެޖެއް ކަމަށެވެ. ބިދޭސީންގެ މައްސަލަތަކުގައި ރާއްޖެ އިން އަމަލުކުރާ ލުއި އުސޫލަކީ ބިދޭސީން ކުށް ކުރަން ވެސް ލިބޭ ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކުށްކުރުމުގެ ރިސްކު ކުޑަވީ. މިގޮތަށް ޑިޕޯޓްކުރީމަ މިދެވޭ މެސެޖަކީ ރާއްޖޭގައި ކުށެއް ކުރަނިކޮށް ފަޅާއަރައިފިއްޔާ ބޮޑުވަރަކަށް ވެސް ފޮނުވައޭ ލާނީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބަދުއަޚުލާގީ އަމަލުތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ޖަލަށް ލައިގެން ދައުލަތުން ޚަރަދުކޮށްގެން ބެލެހެއްޓުމުގެ ބަދަލުގައި އެ މީހުން ފޮނުވާލަންވީ އެވެ. އެކަމަކު ބައިވަރު މީހުން ހިމެނޭ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ތަހުގީގަކާ ނުލައި ފޮނުވާލުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފިޔަވަޅު އެޅުމެއް ނެތި ބިދޭސީން ޑިޕޯޓްކުރާ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހެޅުއްވި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވެސް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޖިނާއީ ކުށްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނާ ދޭތެރޭ ފިޔަވަޅު އެޅުމެއް ނެތި ޑީޕޯޓްކުރުމަކީ އިމިގްރޭޝަނުން ހަދާ ގޯހެކެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހަވާލާ ދެއްވައި އުޝާމް ވިދާޅުވީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ކަމަށެވެ. މަނީ ލޯންޑަރިން އަކީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވާ ކުށަކަށްވާ އިރު، އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައްސަލަ ތަހުގީގުނުކޮށް ޑީޕޯޓްކުރުމުގެ ކަންބޮޑުވުން އުޝާމް ފާޅުކުރެއްވި އެވެ.

"އެއީ، އިމިގްރޭޝަނުން ރަނގަޅަށް ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިދޭސީންނާ ގުޅުން ހުރި މައްސަލަތަކެއް މިހާރު ވެސް އެބަ ބަލަ އެވެ. އޭގެތެރެއިން ވެސް ގިނަ ކަންބޮޑުވުންތަކެއް ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމިގްރޭޝަނުން އަމަލުކުރަމުންދާ ގޮތް ކޮމިޓީގެ ސަމާލުކަމަށް ގެނެސް ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށްގެން ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްދޭން ހުށަހަޅާފައި ވާނީ،" އުޝާމް ވިދާޅުވި އެވެ.

ފިޔަވަޅު ނާޅައި ބިދޭސީން ފޮނުވާލުމާ ގުޅޭ ގޮތުން އިމިގްރޭޝަނުން އަދި އެއްޗެއް ނުބުނެ އެވެ. އެކަމަކު އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ޔަގީންކަން ދެއްވާ ގޮތުގައި އެތަނުން ފެށި އޮޕަރޭޝަން މި ފަހަރު ކާމިޔާބު ކުރާނެ އެވެ. އެއްވެސް މީހަކު ދައްކާ ބިރަށް ބެއްލެވުމެއް ނެތި، ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ބުނެފަ އެވެ.

43 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެގުނުކަތީބު

16 September 2019

ނާޖާއިޒު މަންފާނެގި ދިވެހި ބޮޑުމީހާ ފިލާ ރައްކާވީ.

The name is already taken The name is available. Register?

ހޮޓްކިންގ

16 September 2019

ތަހުގީގު ކޮށްފިއްޔާ ގޮވާނީ އަތަށް. އެހެންވެ ތަހުގީގު ނުކޮށް ޑީޕޯރޓް ކުރަނީ. މިފަދަ ވިޔަފާރި ކުރަނީ ކޮންމެވެސް ބާރުގަދަ ދިވެއްސެއްގެ ނަމުގައި. އެވިޔަފާރި ކޮށްގެން ލިބޭފައިސާ ވަދޭ އިދާރާތަކުގެ ވެރިންގެ ޖީބަށްވެސް. އެހެންވެ ތަހުގީގު ކޮށްފިނަމަ މިހުރިހާއެއްޗެއް ބޭޒާރުވާނެ. ދެން އޮތީ ޑީޕޯރޓް ކުރާގޮތް. މިފަދަ މީހުން ޑީޕޯރޓް ކުރަނީ ޑީޕޯރޓް ކޮށްދިނުން އެދި ކޮންމެވެސްމީހަކު ވަރަށް ބޮޑު އަދަދެއްގެ ފައިސާ ކޮންޓްރޯލަރަށް ދިނުމުން. މިކަމާ ދެބަސް ނުވެވޭނެ.

The name is already taken The name is available. Register?

ބުރަކި

16 September 2019

ޚކޮންނުރައްކަލެއް އެއްވެސް ނުރައްކަލެއްނެއް..ތިވިސާނެތި ބަލާބޮޑުކޮށް ފިހާރަތަކުގަސޭޓންނައްތިބޭ..ހުރޮހާ ބައިގަނޑު ފޮނުވާލަންވީ..މީއެބަގަޕިކްނިކް އައިލޭންޑެއްގެގޮތުގައިބޭނުންކުރާތަނެއްތަ..ކޮބާތައިމިގްރޭސަންގެ..އެކިނަންނަންކިޔާފަބޮޑުމުސާރަނަގައިގެންތިބޭވެރޮން ...ތިކަންނިންމަބަލަ

The name is already taken The name is available. Register?

ފޮސްކަލޯ

15 September 2019

ކިހިނެއް ތަހުްޤީޤް ކުރާނީ؟ އޭރުން ސަރުކާރުގެ ބާރުގަދަ ފަރާތްތަކެއް ފަޅާ އަރާނެ

The name is already taken The name is available. Register?

އާރީ

15 September 2019

ގާނޫނުއަސާސީގަ ބޮނޑްއަކުރުން ލިޔެފަކާ ނޫންހޭ އޮންނަނީ ބިދޭސީންނަށް ކޭސިޔަރުކަން ނުކުރެވޭވާހަކަ. އެކަމް އެއްކަ ބިދޭސީ ސޭޓް އިންނަ ފިހާރައިން އިމިގްރޭސަން ކޮންޓުރޯލާވެސް ފޮލިސްކޮމިސަން ވެސް ވިޔަފާރި ކޮށްގެން ދަނީ.

The name is already taken The name is available. Register?

ހޯރަބޭ

15 September 2019

ހަނަފީ ވެސް މިހާރު ތިހުރީ ޑީފޯޓް ކޮށްލަށްވެފަ ގަވާއިދާ ހިލާފްވީމަ.

The name is already taken The name is available. Register?

ޖުނައިދު

15 September 2019

ކީއްކުރަން ތަހުގީގުކުރަންވީ ؟ތަހުގީގު ކޮށްފިއްޔާ ތިކަމުގެ އަޑީގައިތިބޭނީ ސަރުކާރުގެ ނުފޫޒުގަދަ ބަޔެއް.ތަންފީޒީ އިދާރާތަކުގެ އިސްވެރިން.ތިކަމުގައި އިމިގުރޭޝަންގެ އަތެއްވާނެ.

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

15 September 2019

ތަޙްޤީގުކޮށްފައިނޫނީ “މިފަދަ ބިދޭސިން ޑިޕޯޓްނުކުރުމަށް އަޑުއުފުލާ މީހުންގެތެރޭގައި މިކަމުގެބައިވެރިންވެސް ހިމެނޭ” ކަން ފާހަގަކުރެވޭ. * ބިދޭސިމީހާއަށް ވޯކްވީސާދިންމަޤުސަދާއި އޭނާހިލާފްވެއްޖެކަން ނިންމުމާއި އެކަމަށްދޭންޖެހޭއަދަބު ދިނުމަކީ ޤާނޫނީގޮތުން ކޮންޓްރޯލާއަށްލިބޭ ބާރެއް. * ޑިޕޯޓްކޮށްލި އަބޫ ހަނީފްއާއި Humans Trafficking ހިންގި ޝަފީގުލް އިސްލާމްގެ މައްސަލަ ތަޙްޤީގުކޮށް ބޭރުކުރާންއުޅުނުނަމަ އެމީހުން ދުވަހަކުވެސް މިޤައުމުންބޭރުނުކުރެވޭނެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

15 September 2019

ދިވެހި ވަންތަ ސިފަގެއްލެމުން މިދަނީ ބިދޭސިންނާހެދި.

The name is already taken The name is available. Register?

ދެރަކަމެއް

15 September 2019

ތަޙުޤީޤު ކުރަންޖެހޭނެ . ޢެހާ ލުއި ގޮތަކަށް ދޫކޮށްލައިގެން ނުވާނެ. ސަމާލުވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454