ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މެލޭޝިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
30 މެއި 2016 - 00:29
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މެލޭޝިޔާ އަށް ކުރައްވާ ދަތުރުފުޅެއްގައި ދާދި ދެންމެއަކު ފުރާވަޑައިގެންފި އެވެ.
މިއީ، އަންނަ އަންގާރަދުވަހުން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށްް މެލޭޝިޔާގައި ބާއްވާ "ޕަމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މެލޭޝިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދައުވަތަކަށް، ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެން "ގައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތަޢުލީމް"، މި މައުލޫ އަށް ތަގްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މެލޭޝިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ޖަލްސާއަކީ، ކުޑަކުދިންގެ ތަރައްގީ އާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ގައުމުތަކުގެ މާހިރުން އެއްތަންވެ ޚިޔާލު ފާޅު ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާ
30 May 2016
އޯ!
އަލީ ނަގަފައިޒަރު
30 May 2016
ބުނަންތަ ރަނގަޅު ވާހަކައެއް! އެން؟ ބުނަންވީތަ؟ އުހުން ނުބުނާނަން. އަޅުގަނޑަކަށް ނުކެރޭނެ ބުނާކަށް އަނެއްކަ 13 އަހަރު ޖަހާފާނެ ):
ގގ
30 May 2016
ސީކުރެޓް ހުމާމަށް މާފުކޮށް ދިނުމަށް ޑރ އަފުރާޝީމުގެ އާއިލާގައި އެދެންތޯ ތިދިޔައީ!
ވިސްނާލީމާ
30 May 2016
މިއަދުގެ ކުޑަކުދިންނަށް މާދަމާއަށްޓަކާ ކަމެއްކޮށްދެއްވާށެވެ! ބޭރަށް ވަޑައިގަންނަވާ ހަމަ ހުރިހާ ފަހަރަކުވެސް ބޮޑެތި އެހީތައް ހޯއްދަވާށެވެ! މިއަދުގެ ކުޑަކުދިންގެ މާދަމާއަށްޓަކައެވެ! -އިބްރާހީމް-