ސައުދީ އަރަބިއާގެ އަބްގައިގުގައި ހުންނަ އަރާމްކޯގެ ޕްލާންޓަށް ދިން ޑްރޯން ހަމަލާގައި ދުން އަރަނީ. --ފޮޓޯ:އޭއެފްޕި
15 ސެޕްޓެމްބަރ 2019 - 13:37
ސައުދީ އަރަބިއްޔާގެ ދެ ސަރަހައްދެއްގައި ހިންގާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި އެވެ.
ސައުދީ އަށް ދިން ހަމަލާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މުހިއްމު އިންފްރާސްޓްރަކްޗާތަކަށް ދިން އެ ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ސަލާމަތަށް ނުރައްކާވުމުގެ އިތުރުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވާނެ ކަމަށެވެ. އަދި އެއީ ސަރަަހައްދީ ހަމަޖެހުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތަށް ހުރަސް އެޅޭނެ އަމަލެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
"ސަރަހައްދީ ހަމަނުޖެހުމަށް ހައްލެއް ހޯދަން ކަމާ ގުޅޭ ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖުތަައުން ކުރާ މަަސައްކަތްތަކަށް، އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭނެ، ޓެރަރިޒަމްގެ މިފަދަ އަމަލުތަކުގެ ސަބަބުން ނުބައި އަސަރެއް ކުރާނެ އެވެ،" ބަޔާނުގައި ވެ އެވެ.
ސައުދީގެ ތެޔޮސާފުކުރާ ކާރުޚާނާތަކަށް ދިން ހަމަލާތަކުގެ ސަބަބުން އެ ތަންތަނުގެ މަސައްކަތް ވަގުތީގޮތުން ހުއްޓައިލަން ޖެހުނެވެ.
ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާ އަށް ހަމަލާ ދެނީ ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ސައުދީން ބައިވެރިވާތީ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ، ޔަމަނުގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ އަށް އެހީވާން ސައުދީން ދިން ވައިގެ ހަމަލާތަކުގައި ޔަމަނުގެ ބޮޑުބައެއް ހަލާކުވެ، އެތައް ހާސްމީހުނެއް ވަނީ މަރުވެފަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔަމަނުގެ އެތައް މިލިޔަން މީހުންނެއް ބަނޑަށް ވެސް ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
16 September 2019
"ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާ އަށް ހަމަލާ ދެނީ ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ސައުދީން ބައިވެރިވާތީ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ، ޔަމަނުގެ ރައީސް އަބްދުއް ރައްބު މަންސޫރު ހާދީ އަށް އެހީވާން ސައުދީން ދިން ވައިގެ ހަމަލާތަކުގައި ޔަމަނުގެ ބޮޑުބައެއް ހަލާކުވެ، އެތައް ހާސްމީހުނެއް ވަނީ މަރުވެފަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔަމަނުގެ އެތައް މިލިޔަން މީހުންނެއް ބަނޑަށް ވެސް ޖެހުނެވެ"
ޢަލީ
16 September 2019
ސަޢޫދީން ޔަމަނަށް ހަނަލާދީ ކުޑަކޔދިންނާ އަންހެނުން ޝަހީދުކުރަމުން ދާއިރު އެ ކަން ދިވެހި ސަރުކާރުން ކުށްވެރި ނުކުރަނީ ކީއްވެ? ސަޢޫދީންގެ ހަމަލާއިން ޔަމަނުގެ އިންފްރާސްޓރަކްޗަރ ހަލާކޮށް ފުޑުފުޑުކުރާއިރު ބަހެއް ނުބުނަނީ ކީއްވެ? އަހަރެމެން އެންމެހާ މުސްލިމުންގެ ވެރިކަން ފޭރިގަނެގެން އުޅޭ ނަޖިދު ކަރައިގެ ސަޢުދުގެ ދަރިފަސްކޮޅުދެކެ ބިރު ގަންނަނީ ދޯ,? ބަލަ އަހަރެމެން ބިރުވެތި ވާން ޖެހެނީ ހަމަ އެކަނި މާތް ﷲ އަށް ކަން ނޭނގެނީތަ?
ނަސީދު
16 September 2019
މަށެއް ކުއްވެރިއެއް ނުކުރާނަން ސަބަބަކީ ސައުދޫ އަަޑީގައިނތިބެގެން މުޅި މިޑިލް އިސްތު ގެ ދުވަސް ދުއްވާލައިފި
ހަލާކު
15 September 2019
ސައުދީ އިން ޔަމަނަށް ހަމަލަ ދޭއިރު ކީއްވެ ކުއްވެރި ނުކުރަނީ.. އައެސް ފިކުރު ޤައުމެއް ތި ސައުދީ އަކީ. އުއްމަތުގެ ހަލާކު
ސުޕް
15 September 2019
ހުރިހާ ނުބައެއްގެ އަސްލު. ކާކަށް ނެއެނގެނީ؟
ބޯ ހަލާކު.
15 September 2019
ސައުދީ އިރާން އަދި އިޒްރޭލު ވެގެން މުޅި މެދުއިރުމަތި ފުޑާލާއިރު މައްސަލައެއް ނެތް ދޯ، ހަމަ ތެޔޮ ބޭބެއަށް ކަމެއް ވީމަ މި ގޯސްވަނީ
ބޯ ހަލާކުގެ ބަފާގެ ވައިފް
15 September 2019
އިރާނުން ކޮންކަމެއް ކުރީ؟ސައުދީ އަދި އިޒްރޭލުން ލައްކަ ކަންތައްކުރާކަން އަހަރެންވެސް އެއްބަސް.އިރާނުން ކުރި ކަމެއް ކަލެ ބުނެބަލަ.
ޕެނެޑޯލް
15 September 2019
އިރާނުން ވެސް މެދުއިރުމަތީ ހިނގާ "ޕްރޮކްސީ" ހަނގުރާމަތިކުގައި ބައިވެރިވޭ އަދި ސައުދީއިން އައިސިސް ކަހަލަ ގުރޫޕުތަކަށް ފައިސާއާއި ހަތިޔާރުދީގެން ޖަރީމާ ހިންގާހެން އިރާނުންވެސް ވަކިބަޔަކަށް ފައިސާއާއި ހަތިޔާރުދީގެން ޖަރީމާ ހިންގާ، ގަބޫލުކުރަން ދަތިވިޔަސް ހަގީގަތަކީ މުސްލިމުން މުސލިމުންނާއި ދެމެދު ހިނގާ ލޭއޮހޮރުވާލުންތަކުގެ ޒިންމާ ސައުދީ އާއި އިރާނުވެސް ނަގަންޖެހޭ.
ރަދީފް
15 September 2019
މިހަމަލާގެ ފަހަތުގަ އޮތީ އެމެރިކާގެ ''އަނދިރި ދައުލަތް''.އެމީހުންގެ ބޭނުމަކީ ކޮންމެގޮތެއް ހަދާފަވެސް އިރާނަށް އަރައިގަންނަން ބަހަނާއެއް ހޯދުން.ޔަމަނުގެ ނިކަމެތި ރައްޔަތުން ބޮލަށް ބޮންއަޅަން ކޯލިޝަން ހަދައިގެން އުޅޭއިރު މުސްލިމުންގެ ބައްޕަކަމަށް ދައުވާކުރާ ސައުދީ ލަދެއް ނުގަނޭތަ؟؟؟
ާސަހަރޯ
15 September 2019
ކޮންތާކު މި ޖެހެެނީ. ޔަހޫދީން މިކަމާ ވަރަށް އުފާވާނެ
ޔެނެނީ
15 September 2019
ސައުދީން ޔަމަނުގެ ކުޑަކުދިން ތިބި ސްކޫލު ބަހަކަށް ދިން ހަމަ ކުށްވެރި ނުކުރަންތަ؟ ސައުދީން ޔަމަނުގެ ހޮސްޕިޓަލުތަކަށް ދޭ ހަމަލަ ކުށްވެރި ނުކުރަންތަ؟ ސައުދީން ޔަމަނުގެ ޖަލަކަށް ބޮން އަޅާ އެތައް ސަތޭކަ ބަޔަކު މަރާލި ހަމަލާ ކުށްވެރި ނުކުރަންތަ؟ ސައުދީން ކަނޑާ ވައިގެ މަގުން ޔަމަނު ހިސާރުކޮއްގެން ކާބޯތަކެއްޗާ ބޭސް އެތެރެވިޔަ ނުދީ ޔަމަނު ބަނޑަށްޖައްސާ ހިންގާ އަމަލުތައް ކުށްވެރި ނުކުރަންތަ؟
ބަބުރަންޖީ ހާޖީ
15 September 2019
ހަކުރު ދެންޏާ ހަމަ ބޮޑުބެ.