އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮަށް ހިންގާ ޕޭޖު، ފޭސްބުކުން ނަގާފައި.
25 ސެޕްޓެމްބަރ 2019 - 21:49
އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ހިންގަމުންދާ ދިވެހި ޕޭޖް، ފޭސްބުކުން މިރޭ ނަގައިފި އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "މިހާރު" އަށް ވިދާޅުވީ ދިވެއްސަކު ހިންގާ އެ ޕޭޖު ފޭސްބުކް އިން ނެގުމަށް މިނިސްޓްރީންނާއި ކަމާ ގުޅޭ އިދާރާތަކުން ގިނަ މަސައްކަތެއް ކުރި ކަމަށާއި އެގޮތުން ފޭސްބުކް އަށް މައްސަލަ ހުށަހަޅައިގެން އެ ޕޭޖު މިހާރު ނަގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕޭޖު ނެގި ނަމަވެސް އެފަދަ އެހެން ޕޭޖުތަކާއި ވެބްސައިޓުތައް އަލުން އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ، އެކަން ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ ތަރަހައިގެ ތެރެއިން ބޭނުން ކުރުން. އިސްލާމްދީނަށާއި ރަސޫލާ އަށް އެއްޗެހި ކިޔުން އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ'' މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕޭޖު ހިންގާ މީހުން ހޯދި ދާނެ ކަމަށާއި އެކަމަކު އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޖުހާ"ގެ ނަމުގައި ހިންގި އެ ޕޭޖު ފޭސްބުކްއިން ނެގި ނަމަވެސް އެ ފަދަ އެހެން ޕޭޖެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
26 September 2019
ޝުކުރިއްޔާ ސަރުކާރު....
ހަޤީޤަތަކީ
26 September 2019
އެކަން އެކުރާމީހުން ހޯދާފަ އެމީހަކަށް ހައްގުވާ އަދަބުދީބަލަ، އެއީރުން އޭނަ އިތުރު ޕޭޖެއް ހެދުމުގެ ފުރުސަތު ކުޑަ ދޯ.... އެމީހަކު ނޫނީ އެބަޔަކު ހޯދުމަކީ މިހާރު މާބޮޑުކަމެއްނޫން...
ސައީދުބެ
26 September 2019
ތިޔަ ޕޭޖް ހަދާ މީހުންގެ މަގްސަދަކީ މީހުން ރުޅިއެރުވުން. ތިޔެއް ފެނިގެން މުއުމިނަކު މަގު ފުރެދޭނެ ގޮތެއް ވެސް ނޯންނާނެ. އެހެންވީމަ އެމީހުނަށް ދެވޭނެ އެންމެ ރަނގަޅު ރައްދަކީ އެއީ އޮތް އެއްޗެއް ކަން ވެސް ނުދެނެހެރި ކަމަށް ހެދުން. ﷲ އެމީހުންގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ.
އަލީނޫރައްދީން
26 September 2019
އިންޓަނެޓުން އެއްޗިސް ސެންސަރު ކުރަން އުޅުމަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ކަމެއް، އަހަރުމެންގެ ވަގުތު މި ނޫން ފައިދާ ހުރި ކަމެއް ކުރަން ބޭނުން ކުރުން ބުއްދިވެރި ... މިސާލަކަށް ތައުބާވެ، ދުއާކޮށް، ޤުރުއާން ކިޔަވާ، ދީނަށް ދައުވާދީ، ސޮދަގާތްކޮށް މިފަދަ މިފަދަ ހެޔޮކަންތައްތް.
އަލީީީ
26 September 2019
މުސްލިމުންނަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާ ބައެއް. ނުބައިކަންތައްތައް މަނާ ނުކުރާނަމަ ޢާއްމު ވެގެންވާ ކޯފާއެއް އަތުވެދާނެ.
އަލިފު!
26 September 2019
ޝުުކްރަން! ހަމަކަށަވަރުންވެސް ނިޔަތުގެ މައްޗަށް ޖަޒާދެއްވާނެ!
ދިވެހިމީހާގެ މީހާ
26 September 2019
ހަމަ ތިގޮތައް ބަރަހަނާ ސައިޓްތައްވެސް ބަންދުކުރެވިދާނެތޯ، ސަބަބަކީ އެކަމަކަމީ ޑްރަގައްވުރެންވެސް ވަކިކުޑަވަބާ އަކައްނުވާތީ،،،،،،
ޖޮނީ ސިންސް
26 September 2019
ނޫން!!!!!!!!!!!!!!!!!
ދޮންބެއްޔާ
26 September 2019
ﷲ އަށާއި ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ޙަޖޫޖަހާ ދިވެހި ފަރާތްތައް ހޯދައި، މާތްވެގެންވާ އިސްލާމްދީނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައި ގޮތަށް، އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލަން.
އިހޫ
26 September 2019
ޕޭޖު ބްލޮކް ކުރުމާއި ނުކުރުން އިހަށް ބާއްވާފަ، އަމިއްލަ ނަމުގަ ކާކުކަން އެނގޭ ގޮތަށް ދީނަށް ފުރައްސާރަކުރާ ކިތަންމެ ބަޔަކު އުޅޭއިރު، އެމީހުން ޕޮލިހަށް ގެންގޮސް ސުވާލުކޮށްލެވޭ ވަރުވެސް މި ސަރުކާރަށް ނުވޭ. އަހަރުމެން ގިނަ މީހުންނަކީ ރައީސް ޔާމީނުގެ ކިބައިން ސަލާމަތްވެ މި ސަރުކާރު ގެންނަން ގަދައަށް މަސައްކަތްކުރި މީހުން. އެކަމަކުވެސް ބުނަންޖެހެނީ ސަރުކާރު ބަދަލުވުމާއި އެކު ލާދީނީ އޮއިވަރު ފަރުދީ ފެންވަރުގައި ހަމަ ދަނީ ކުރިއަށޭ!
ގުއިއްޒު
26 September 2019
އެއީ ކޮންކަހަލަ ޕޭޖެއްކަން އެނގުނީމަ ބްލޮކް ނުކުރަންވީ ކީއްވެ؟
ހަރުފާގެ ބޯ
26 September 2019
ކުރަން އުޅޭ އަސްލު ވެރިކަމަކީ އެއީ ވިއްޔާ އެވެ. އެޒާތުގެ ޕޭޖް ގިނަވަނީ އެހެން ވެގެން ނެވެ